ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޒިމާއަށް ސުޕްރީމް ކޯޓުން ވެސް ނާކާމިޔާބު!

ކްރިމިނަލް ކޯޓުގެ މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް ބުނެ އާޒިމާ ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އަޑުއެހުމުގެ ތެރެއިން/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހިޔާނާތުގެ ފައިސާއިން މަނީ ލޯންޑާރ ކުރުމަށް އެހީތެރިވެދިންކަމުގެ ތުހުމަތަށް، އެމަނިކުފާނުގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މައްޗަށް އުފުލާފައިވާ ދައުވާ ކުރިޔަށް ގެންދެވޭނެކަމަށް ދަށު ކޯޓު ކޯޓުގެ ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފި އެވެ.

އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ވެރިކަމުގައި ހުންނަވައިގެން މަނީލޯޑާރ ކުރެއްވި ކަމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އާޒިމާ ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނާ މައްސަލައިގައެވެ. މި މައްސަލައިގައި ރައީސް ޔާމީނަށް އިއްވި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރުމުން، އިތުރަށް ދައުވާ ކުރިޔަށް ނުގެންދެވޭނެކަމަށް އާޒިމާގެ ފަރާތުން ކޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކޮށް، އެ ފައިސާ އަސްލު އޮޅުވާލަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށެވެ.

މި މައްސަލަ ކުރިޔަށް ނުގެންދެވޭނެކަން ފާހަގަކޮށް އާޒިމާ ހައިކޯޓަށް އެންމެ ފުރަތަމަ ހުށަހެޅި މައްސަލަ ވެސް ނިމުނީ އޭނާއާއި ދެކޮޅަށެވެ. ގިނަ ނުކުތާތަކެއް ފާހަގަކޮށް ހުށަހެޅި މައްސަލައިގައި އާޒިމާ ވިދާޅުވީ، އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ރައީސް ޔާމީނާއި ގުޅުވައި ކުރާ ދައުވާއަކަށްވާއިރު ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލުކޮށްފައިވާ ކަމަށެވެ. އެހެން ކަމުން މި ދައުވާތައް ކުރިޔަށް ގެންދަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވި އެވެ.

ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގައި އެ ކޯޓުން ނިންމީ މަދަނީ މިންގަނޑުން މައްސަލަ ކުރިޔަށް ގެންދެވޭތޯ ބަލާއިރު ދައުލަތުން ހުށަހެޅި ހެކިތަކުގެ އެންމެ ފުނަށް ދާން ނުޖެހޭ ކަމަށެވެ. އެހެން ކަމުން މިހާރު ހުށަހަޅާފައިވާ ހެކިތަކުން ޝަރީއަތް ކުރިޔަށް ގެންދެވޭނެކެމަށް ހައިކޯޓުގެ ނިންމުމުގައި ވެއެވެ. އެ ނިންމުން އާޒިމާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ނިންމުމުގައި ވަނީ ދައުވާއެއް ކުރިއަށް ގެންދަން ނިންމާ ނިންމުންތައް އިސްތިއުނާފް ކުރުމުގެ ފުރުސަތު ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން މިހާރު ނެތް ކަމަށެވެ. 

 

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު ހުސްނުއް ސުއޫދުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. ފަނޑިޔާރު ހުސްނުސުއްދޫ ލިޔުއްވައި، އެހެން ފަނޑިޔާރުން އެ ރައުޔަށް ތާއީދު ކުރެއްވި ހުކުމުގައި ވަނީ އާޒިމާގެ ފަރާރުން ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ އެ ކޯޓުގައި ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: