ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެއިން ލައިސަންސް ތިއަރީ ޓެސްޓް ހެދޭނެގޮތް ހަމަޖެއްސުމަށް މަޝްވަރާ ކުރަައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ރައްޔިތުން މާލެ ނައިސް ޑްރައިވިންގ ލައިސަންސް ތިއަރީ ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖައްސަަވައިދެއްވުމަށް އެދި ދާއިރާގެ ކައުންސިލަރު އިބްރާޙިމް ޝުޖާއު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުވުމަށް ފަހު ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލެ ރައްޔިތުންނާއި ޒުވާނުންގެ ފަރާތުން ހުޅުމާލޭގެ ރައްޔިތުންނަށް މާލެ ނައިސް ތިއަރީ ޓެސްޓް ހެދޭޏެ ގްތް މާލެ ސިޓީ ކައުންސިލާއި ގުޅިގެން އިންތިޒާމް ކޮށްދެއްވުމަށް އެދިފައިވާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ ލަސްތަކެއް ނުވެ އެކަން ހުޅުމާލޭގެ ޑްރައިވިންގ ޓްރެކް ހުޅުމާލޭގައި ޤާއިމްކޮށް ނިންމައި ދުއްވުމުގެ ޓެސްޓް ޓްރެކް ހުޅުމާލޭގައި ހަދަންފަށާފައިވާ ކަން ފާހަގަ ކުރައްވަމުން ޝުޖާއު ވިދާޅުވީ ހުޅުމާލެ ރައްޔިތުންނަށް މާލެނައިސް ޑްރައިވިންގ ލައިސަންސް ހެއްދޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކޮށްދިނުމަށް ކެމްޕޭނު ތެރޭގައި ހުޅުމާލޭގެ ރައްޔިތުން އެދިފައިވާ ކަމަށެވެ.

 

އެއާއެކު ޝުޖާއު ވިދާޅުވީ އެދުމަކީ ވީއެންމެ އަވަސް ފުރުސަތެއްގައި ޓްރާންސްޕޯޓް މިނިސްޓްރީ އިން އެ މަސައްކަތް ފައްޓަވައިދެއްވުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: