ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަން ތިޔާގިވުމުގެ ކުރިން 800 ޓަނު މަސް ގަނެވޭނެ ގޮތް ހަމަޖައްސަނީ!

ފިޝަރީޒް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޫއްޑު އަށް ދުވާލަކު 800 ޓަނުގެ މަސް ގަނެވޭނެ ވަރަށް، މަސްވެރިކަމުގެ މޫސުން ފެށުމުގެ ކުރިން އެ ތަނުގެ ގާބިލްކަން އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މަސްވެރިކަން ރަނގަޅުވާ ކޮންމެ ފަހަރު މަސް ކިރުވުމަށް ދަތިވެ ގިނަ އުނދަގޫތަކެއް ކުރިމަތިވެ އެވެ. ދާދި ފަހުން ވެސް އެ މައްސަލަ ބޮޑުވެ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަސްވެރިކަމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ހުސައިން ވިދާޅުވީ، މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މަސް ކިރުވުމުގައި މިހާރު ދިމާވަމުންދާ މައްސަލަތައް ހައްލު ކުރުމަށް ކުރު މުއްދަތާއި ދިގު މުއްދަތަށް ވިސްނައިގެން ހައްލުތަކެއް ގެންނަން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އަންދާޒާ ކުރެވޭ ގޮތުގައި މަސްވެރިކަން އެންމެ ރަނގަޅު ދުވަސްވަރު، ކޫއްޑޫ އަށް ދުވާލެއްގެ މައްޗަށް 800-1000 ޓަނުގެ މަސް ކިރާނެއެވެ.

ކޫއްޑޫގައި މިވަގުތު ހުރި ފްރީޒިންގ ކެޕޭސިޓީ އަކީ ދުވާލަކު 248 ޓަނެވެ. ކޫއްޑޫގައި މިހާރު ބޭނުން ކުރަމުންދާ މަހާކަލަމިންޖާ ބޯޓުގެ އެހީގައި ދުވާލަކު ގަނެވޭނީ 400 ޓަނު މަހެވެ.

“ކުރިޔަށް އޮތް މަސްވެރިކަމުގެ މޫސުމުގައި މަދުވެގެން 800 ޓަނު ކޫއްޑޫ އަށް ގެންނާނެ ކަމަށް ބަލައިރު ޝޯޓް ޓާމް ހައްލެއްގެ ގޮތުން މަދުވެގެން އިތުރު 400 ޓަނު ގަނެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭ،” ހުސެއިން ރަޝީދު ހަސަން

މަސްވެރިކަމުގެ މޫސުން އައުމުގެ ކުރިން ކުރިޔަށް އޮތް ތިން މަސް ދުވަސް ތެރޭގައި ކޫއްޑޫގެ ގާބިލްކަން އިތުރު ކުރެވޭނެ ހަމައެކަނި ގޮތަކީ ޑރ. ހުސައިން ވިދާޅުވިގޮތުގައި މަސް ފިނިކޮށް، ގަނޑު ކުރާ ފްރީޒާ ވެސަލްތަކެއް ގަތުމެވެ. އަދި މަދުވެގެން ތިން ބޯޓު ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ރައީސް އޮފީހުގައި މިއަދު ވެސް ބައްދަލުވުމެއް އޮތް ކަމަށް ޑރ. ހުސައިން ވިދާޅުވި އެވެ. އަދި ފައިސާ ހަމަޖެހިއްޖެ ނަމަ ތިން މަސް ތެރޭގައި އެކަން ކުރެވޭނެ ކަމަށާއި އެހާ ހިސާބުން ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން މަސްވެރި އުޅަނދުފަހަރުގައި ރެފްރިޖެރޭޓެޑް ސީ ވޯޓަރ ސިސްޓަމްސް، ބޭރުގެ އެހީދޭ ފަރާތްތަކުގެ އެހީގައި ގާއިމްކޮށް މަސްތައް ތާޒާ ކަންމަތީ މަސް ގަންނަ ސެންޓަރަކާއި ހަމައަށް ގެންދެވެންދެން ބަހައްޓާ ގޮތަށް ހަމަޖެހިފައިވާ ކަމުގައި ޑރ ހުސެއިން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: