ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ޗެއާޕާސަންކަމާއި ފައްޔާޒް ރަސްމީކޮށް ހަވާލުވެއްޖެ

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ޗެއާޕާސަންކަމުގެ މަގާމު 8000 އެއްހާ ވޯޓުގެ ތަފާތުން ކާމިޔާބު ކުރެއްވި އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލް ރަސްމީކޮށް މަގާމާއި ހަވާލުވެއްޖެއެވެ.

ވާދަވެރި ދިގު ކެމްޕެއިންތަކެއް ކުރި މި އިންތިހާބު ބޭއްވިގެން ދިޔައީ މި ހިގާ މެއި މަހުގެ 14 ވަނަ ދުވަހުއެވެ. އިންތިހާބުގައި ޗެއާޕާސަންކަމުގެ މަގާމުގެ އިތުރުން ޒުވާނުންގެ ހިއްވަރާއި އަންހެނުންގެ ރޫހުގެ މަގާމުތަކުގައިވެސް ވާދަ ކުރެއްވިއެވެ.

ޗެއާޕާސަންކަމުގެ މަގާމުގައި މިނިސްޓާ ފައްޔާޒާއިއެކު ވާދަ ކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. ފައްޔާޒް އިންތިގެ މައްޗަށް ކުރި ހޯއްދެވީ 28،000 އަށްވުރެ ގިނަ ވޯޓާއިއެކުގައެވެ.

އިންތިހާބު ބޭއްވުމަށް ފުރަތަމަ ހަމަޖެހިގެން ދިޔައީ ރަމަޟާން މަހުގެ ތެރޭގައި ނަމަވެސްއެމްޑީޕީގެ ގައުމީ މަޖިލީހުގެ މެޖޯރިޓީ ވޯޓާއިއެކު އިންތިހާބު މެއި 14 ވަނަ ދުވަހަށް ބަދަލުކުރެވިގެން ދިޔައީވެސް ފައްޔާޒް އިސްމާއީލާއި އެބޭފުޅާއަށް ތާއީދު ކުރައްވާ ފަރާތަކުގެ އެދިލެއްވުމަށެވެ. މިފަދަ ކަންތައްތަކަކާއި ގުޅިގެން ފައްޔާޒަށް ވަނީ ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުކުރެވިފައެވެ.

މީގެ އިތުރަށް ބޮޑެތި ސީރިއަސް ތުހުމަތުތަށްވެސް ވަނީ ފައްޔާޒް އިސްމާއީލްގެ ބޮލުގައި އެޅުވިފައެވެ. ކެމްޕެއިންގެ ވާހަކަތަކުގައި ކުރެއްވި ތުހުމަތުތަކުގެ އިތުރުން އިންތިހާބު ކުރިއަށްދަނިކޮށްވެސް އިންތިގެ ގާނޫނީ ޓީމުން ވަނީ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވޯޓަށް ނުފޫޒު ފޯރުވަނީކަމަށް ބުނެ ގިނަ ތުހުމަތަކެއް ފައްޔާޒްގެ މައްޗަށް ކޮށްފައެވެ. އަދި އިންތިގެ ކެމްޕެއިން ޓީމުގެ ފަރާތުން ވަނީ އިންތިހާބު ކުރިއަށްދަނީ އުސޫލާއި ހިލާފަށްކަމަށް ބުނެ މުޅި އިންތިހާބު އެއްކޮށް ހުއްޓާލުމަށްވެސް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: