ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ވެސް މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތް!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް ކުރާނެ މާބޮޑު މަސައްކަތެއް ނެތުމާއެކު ޖަލްސާ މިއަދު ވެސް ނިންމާލައިފި އެވެ.

ތިން ހަފްތާގެ ޗުއްޓީއަށް ފަހު، މިދިޔަ ހަފްތާގައި ޖަލްސާތައް ފެށި ނަމަވެސް މިދިޔަ ހަފްތާގައި ވެސް ބައެއް ޖަލްސާތައް ކުރިޔަށް ގެންދިޔައީ އެންމެ ގަޑިއިރަކަށެވެ.

މަސައްކަތެއް ނެތުމުގެ ސަބަބުން މަޖިލީހުގެ ޖަލްސާތައް ނިންމާލި އިރު، ގިނަ ބިލުތަކެއްގެ މަސައްކަތްތައް ވީ ކޮމިޓީ މަރުހަލާގަ އެވެ. އަދި މި ދައުރަށް ވެސް ގިނަ ބިލުތަކެއް ހުށަހަޅާނެކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހާމަ ކުރި ނަމަވެސް މިދިޔަ ދައުރަށް ހުށަހަޅާނެކަމަށް ބުނި ގިނަ ބިލުތައް ވެސް ތަޅުމަށް ހުށަހަޅާފައި ނުވެ އެވެ.

މިދިޔަ ދައުރުގެ ޖަލްސާތައް ނިންމާލުމުގެ ކުރިން ރައީސް ނަޝީދު ވެސް ވަނީ، ކޮމިޓީގެ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމައިދޭން އެދިވަޑައިގެންފަ އެވެ.

ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާތައް އަވަހަށް ނިންމާލުން އެއީ އާއްމު ކަމެކެވެ. އަދި ދައުރު ނިމެން ހަފްތާއަކަށް ވުމުން، ވަގުތު އިތުރުކޮށް ނުވަތަ ދައުރު ދަންމާލައި އިތުރު ޖަލްސާތައް ބާއްވައިގެން ބައެއް ބިލުތައް ފާސް ކުރެ އެވެ. އާއްމު ގޮތެއްގައި މެމްބަރުން ޗުއްޓީއަށް ދަނީ ރޭގަނޑު ޖަލްސާތަކެއް ބާއްވައި ބިލުތައް ފާސް ކުރުމަށް ފަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: