ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖަށް މީހުން ގެންދަން ރާއްޖެއަށް މިއަހަރު ލިބުނު 453 ކޯޓާވެސް ހައްޖު ކޯޕަރޭޝަނަނަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ހައްޖަށް މީހުން ގެންދިއުމަށް މިއަހަރު ރާއްޖެއަށް ލިބުނު 453 ކޯޓާވެސް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

އެކަން ހާމަ ކުރައްވައި އިސްލާމިކް މިނިސްޓްރީ އިން ބުނީ މިއަހަރު ރާއްޖެއަށް ލިބުނު ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނަނަށް ދިނުމަށް ނިންމީ ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ޖަމާއަތްތަކަށް ހުޅުވާލައިގެން ޕްރޮޕޯސަލް ހުށައަޅައި އިވެލުއޭޓް ކުުރުމަށް އެކަށީގެންވާ މުއްދަތެއް ނެތުމުން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނިގޮތުގައި، ރާއްޖެއަށް ލިބުނު 453 ކޯޓާގެ ތެރެއިން 100 ކޯޓާ އާއްމުންނަށް ހުޅުވާލައިގެން ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނާއި ހަވާލު ކޮށްފައިވާ 100 ކޯޓާ އަށް މިއާރު ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ކިޔުގައި ތިބި ފަރާތްތަކަށްވެސް މިއަހަރު ހައްޖަށް ގެންދިއުމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އާންމުންނަށް ހުޅުވާލައިގެން ހައްޖަށް ގެންދިއުމަށް ހާއްސަކޮށްފައިވާ 100 ކޯޓާގެ ތެރެއިން ހައްޖަށް ދިއުމަށް އެސި ހުށައެޅުމުގައި އަމަލުކުރާނެ އުސޫލެއް ހައްޖު ކޯޕަރޭޝަނުން އާއްމު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާއެކު ރާއްޖެއަށް އިތުރު ކޯޓާ ހޯދުމާ ގުޅޭ ގޮތުން އަދިވެސް ދިވެހި ސަރުކާރާ އެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: