ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖަށް ގެންދިއުމުގެ ހުއްދަ ތިން ކުންފުންޏަކަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ހައްޖުވެރިން ހައްޖަށް ގެންދިއުމުގެ ހުއްދަ މިއަހަރު ތިން ކުންފުންޏަކަށް ދީފިއެވެ.

މިއަހަރު ހައްޖަށް ގެންދިއުމުގެ ހުއްދަ ދިން ތިން ކުންފުންޏަކީ:

އަލް ހަރަމައިން ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް އާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ކޮމްޕެނީ އާއި އަލްމަނާސިކް ޕްރައިވެޓް  ލިމިޓެޑްއެވެ.

މިތިން ކުންފުންޏަށްވެސް ދީފައިވަނީ 90 ކޯޓާއެވެ. އަދި މި ކުންފުނިތަކަށް ހައްޖަށް ގެންދިއުމަށް ހުއްދަ ދީފައިވާ އަގުތަކަކީ

އަލް ހަރަމައިން ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް  75250 ރުފިޔާ

ސިސިލްފަރު ހައްޖު އެންޑް އުމްރާ ކޮމްޕެނީ 75465 ރުފިޔާ

އަލްމަނާސިކް ޕްރައިވެޓް  ލިމިޓެޑް 75000 ރުފިޔާ

ހައްޖަށް މީހުން ގެންދިއުމުގައި އިސްލާމިކް މިނިސްޓްރީން ހުއްދަދިން އަގުތަކަށް ވުރެ ބޮޑު އަގު ނުނެގުމަށާއި ހުއްދަ ދީފައިވާ ކޯޓާއަށްވުރެ އިތުރަށް ހައްޖަށް ގެންދިއުމަށް އެއްވެސް ފަރާތަކުން ފައިސާ ނެގުމަކީ މަނާ ކަމެކެވެ.

ހައްޖަަށް މީހުން ގެންދިއުމަށް މިހާތަނަށް ހުއްދަ ދީފައިވާ ތިން ކުންފުންޏާ އެކު ޖުމްލަ 270 ކޯޓާ ހައްޖަށް މީހުން ގެންދިއުމަށް ވަނީ ދީފައެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ލިބިފައިވަނީ 1000 ކޯޓާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: