ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންޕްރޮފެޝަނަލް އެޓިޓިއުޑެއް ފެންނަނީ ސަރުކާރުން، އަތް އުރާލައިގެން ނުތިބޭނަން: މުއިއްޒު

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންޕްރޮފެޝަނަލް އެޓިޓިއުޑް ފެންނަނީ ސަރުކާރުގެ ފުށުންކަމަށާއި ނަމަވެސް އަތް އުރާލައިގެން ނުތިބޭނަންކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އިދިކޮޅަށް ނިސްބަތްވީތީ ސަރުކާރާއި އެކީ ގުޅިގެން ކައުންސިލުން މަސައްކަތް ނުކުރާކަމަށް ނުވަތަ އެ ގާބިލުކަން ނެތްކަން ދޭހަވާ އެއްވެސް ސަބަބެއް ދެއްކިފައި ނުވާ ކަމަށެވެ.

ކައުންސިލުގެ މަސައްކަތްތަކަށާއި، އަދި އެ ނޫން ވެސް ބޭނުންތަކަށް ކޮންމެ މުވައްސަސާއަކާއި ބައްދަލުކޮށް ވާހަކަ ދައްކަން ޖެހުނަސް އެކަން ވެސް ކުރިޔަށް ގެންދާކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަސް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވެސް ބައްދަލު ކުރި ކަމަށެވެ. އެހެން ކަމުން ސަރުކާރަށް ކައުންސިލުން ޖެއްސުމެއް ނުވަތަ އުނދަގޫ ކުރާކަމަށް ބުނެ ދެއްކޭނެ ވާހަކައެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ވެރިކަމުގައި އެހެން ޕާޓީއެއް އޮތުން އެއީ، ޕީޕީއެމަށް ނިސްބަތ ްވީތީ ފަހަތަށް ޖެހި ގުޅިގެން މަސައްކުރަން ދެކޮޅު ހަދަން ޖެހޭ ސަބަބެއް ނޫނެވެ. އަދި އޭނާއަކީ އެފަދަ ސިފަތައް ހުރި މީހެއް ނޫންކަން ރައްޔިތުންނަށް ވަރަށް ރަނގަޅަށް ސާފުވާނެކަމަށް ވިދާޅުވި އެވެ.

އެއް ސަފެއްގަ މަސައްކަތް ކުރަން ސަރުކާރުގެ ކިބައިން ރައްޔިތުންނަށް ކަމެއް ހޯދައިދިނުމަށްޓަކައި، ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގައި ގެންދަވަނީ މަސައްކަތް ކުރަމުންކަމުގައި ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ، މިގޮތަށް މަސައްކަތް ކުރައްވަމުންގެންދަވާއިރު ސަރުކާރުގެ ތެރެއިން ބައެއް ދިމަ ދިމާލުން އަންޕްރޮފެޝަނަލް އެޓިޓިއުޑެއް ފެންނަކަމަށެވެ. އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާ ނުވާނެ ފަދައިން މާލެ ސިޓީ ކައުންސިލް ފަހަތައް ޖެއްސުމަށްޓަކައި ނުވަތަ އެބޭފުޅުން ސޮލޯ ޑައުންކޮށް ލަސްކޮށްލުމަށްޓަކައި މަސައްކަތްކުރަނީ ވެސް ސަރުކާރުންކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިއީ އަންނާނެކަމުގައި ގަބޫލުކުރި ކަންތައްތަކެއްކަމުގައި މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް އަތް އުރާލައިގެން ނުތިބޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް މުއިއްޒު ދެއްވިއެވެ. ކަންކަން ހުއްޓުމަށް މަސައްކަތް ކުރެއްވި ނަމަވެސް އެހެން އޮޕްޝަންތައްވެސް ބަލާނެކަމުގައި ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންގެ އަމާޒްތައް ނޭނުންވާ ދިމާލަށް ގެންދިއުމުގަ ކައުންސިލް ވަރުބަކިކަމެއްނެތި މަސައްކަތް ކުރައްވާނެކަމުގައެވެ. އަދި ވިދާޅުވީ ފާއިތުވެދިޔަ އެއް އަހަރުވެސް ދިޔައީ މި ނަތީޖާ ނެރުމަށް މަސައްކަތްތަކެއް ކުރެވިގެންކަމުގައެވެ. ކުރިއަށް އޮތް އަހަރުތަކުގައި މާ ރަނގަޅަށް މަސައްކަތް ކުރައްވާނެކަމުގައި މުއިއްޒު ވިދާޅުވިއެވެ. އެބޭފުޅުން އިސްކުރައްވަނީ އިހްލާސްތެރިކަމާއި ތެދުވެރިކަންކަމުގައި މުއިއްޒު ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ނަތީޖާއަށް ލިބޭނެ ކާމިޔާބު ކުރިއަށް އޮތީކަމުގައި ފާހަގަކުރެއްވިއެވެ.

އެބޭފުޅުން ފަހަތައް ޖައްސާ ކަންތައްތައްކުރުމަށް މަގު ބަންދު ކުރަމުން ދިޔުމަކީ މަސައްކަތްތަށް ހުއްޓުވާ ހިފެހެއްޓޭނެ ސަބަބެއް ނޫންކަމުގައި މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީގެ މަސައްކަތްތަށް ހުރީ ރައްޔިތުން އުއްމީދު ކުރި ގޮތަށްކަމުގައި ފާހަގަ ކުރައްވާ މުއިއްޒު އަލި އަޅުއްވާލެއްވީ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށެވެ. މިކަމަށް އެކަށީގެންވާ ހައްލެއް ގެނައުމަށް މަސައްކަތް ކުރެވިފައި އެބަހުރިތޯ ސުވާލު ކުރެއްވުމުން މުއިއްޒު ވިދާޅުވީ އެބޭފުޅުން އެންމެ ބޮޑު މައްސަލައެއްކަމުގައި ބަލައިގަތީ ގެދޮރުގެ މައްސަލަކަމަށެވެ. އަދި ފުރަތަމަ ދުވަހުން ފެށިގެން އެގެންދަވަނީ ހައުސިންއާ ގުޅޭ އެކިއެކި މައްސަލަތަކުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ހިސާބުން ފަށައިގެން ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުގެ ވެރިންނާއިއެކ،ު އެފަރާތްތަކުގެ ގާތުގައި ދަންނަވައިގެން މިކަންކަން ރައްޔިތުންގެ އެކްސްޕެކްޓޭޝަންއާއި ހަމައަށް ނުވަތަ ރައްޔިތުންގެ ނިކަމެތި ހާލަތަށް އެޑްރެސްކޮށް ކައުންސިލް ލެވެލްގައި ކުރެވޭނެ މަސައްކަތްތަށް ކުރަމުންކަމުގައި މުއިއްޒު ވިދާޅުވިއެވެ.

ގުޅީފަޅަކީ މާލެ ސިޓީގެ އިހްތިސޯސް ތެރޭގައި ހިމެނިފައިވާތަނެއް ނޫން ނަމަވެސް މާލޭގެ ރައްޔިތުންގެ އުދާސްތަކާއި އެންމެ ބޮޑަށް ގުޅިފައިވާ ފަޅަކީ ގުޅީފަޅުކަމުގައި ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ، ގެދޮރުގެ މައްސަލަ ހައްލުކުރުމަށްޓަކައި ގޯއްޗާއި ފްލެޓާއި ގެދޮރު ދީ މައްސަލަ ހައްލުކުރުމަށްޓަކައި ހިއްކަން އެންމެ ކައިރީގައި އޮތް ފަޅަކީ އެއީކަމުގައެވެ. އަދި ކުލީފަޅަކީ ޕޮޓެއް އެޅުމަށް ހިއްކާތަނަކަށް ވެއްޖެކަމުގައި ވަނީނަމަ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ނުޖެހޭނެކަމުގައި މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން ޕޯޓު އެޅުމަށް އެހެން ފަޅެއް ހަމަޖައްސާ ގުޅީފަލޫން ގެދޮރު މައްސަލަ ހައްލުކޮށްދޭން އެދުނިންކަމުގައި މުއިއްޒު ހާމަކުރެއްވިއެވެ. މިއީ ސަރުކާރަށް ކޯށްދެވޭނެކަމެއްކަމަށާއި ނަމަވެސް މާލެ ސިތީ ކައުންސިލާއި ހަވާލު ކޯށްފިކަމުގައި ވަނީނަމަ އިންވެސްޓަރުން ހޯދައިގެން އެކަންތައް ކުރައްވާނަންކަމުގައި މުއިއްޒު ވިދާޅުވިއެވެ. އެކަމަކު ސަރުކާރުން އަދާއި ހަމައަށް އައިރުވެސް މިކަމަށް އެއްވެސް އަލި މަގެއް ނުދައްކަވާކަމުގައި ވިދާޅުވެ މިކަމާއިމެދު ހިތާމަ ފާޅުކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: