ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދޭންނުޖެހޭ އިސްލާހެއް މަޖިލީހަށް!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ހުއްޓާލަން ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޫކުރެވޭ ފައިސާ އަކީ ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 ޕަސަންޓާއި 0.2 ޕަސަންޓާ ދެމެދުގެ އަދަދެކެވެ. ކޮންމެ 10،000 މެންބަރުން ހަމަވާ ޕާޓީއަކަށް ބަޖެޓުން ފައިސާ ލިބެނީ ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ހިނގަމުންދާ އަހަރު ފާސްކުރާ ދުވަހުގެ ކުރިން މި އަދަދަށް މެންބަރުން ހަމަވެފައިވާނަމައެވެ.

ސިޔާސީ ޕާޓީތަކަށް ރައްޔިތުންނަށް ނޭގި ރަޖިސްޓްރީކުރުމުގެ އިތުރުން ރަޖިސްޓްރީ ކޮށްފައިވާ މީހުން އެހެން ޕާޓީތަކަށް ބަދަލުކުރުމުގެ މައްސަލަ ވަނީ އަނެއްކާވެސް ފެންމަތިވެފައެވެ. އަދި ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ކޮމިޝަންކަމުގައިވާ އިލެކްޝަނަށް ކޮމިޝަނަށް މިކަމަށް ސަރުކާރުން ނުފޫޒު ފޯރުވަކަމުގެ ވާހަކަތައްވެސް ދަނީ ދެކެވެމުންނެވެ. އަދި ދާދި ފަހުން މިފަދަ ކަންތައްތަކާއިމެދު ކަންބޮޑުވުން ފާޅުކޮށް މަޖިލީހަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށައެޅުއްވި ބިލު ވަނީ ތަޅުމުން ބޭރުކޮށްލާފައިކަންވެސް ފާހަގަކޮށްލެވެއެވެ. މިކަމަށް އިޝާރާތްކޮށް (އެމްއެންޕީ) ގެ ނާއިބު ލީޑަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދަޅުވީ ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ޕާޓީތަކުގެ ދަފްތަރަށް ބަލައިގެން ފައިސާދޭހާ ދުވަހަކު އެކަން އެގޮތަށް ހިނގާނެ ކަމަށެވެ.

މިކަމާއި ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއުވެސް ވަނީ ވާހަކަ ދައްކަވައި މިކަމާއިމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޝުޖާއު ވިދާޅުވީ އިލެކްޝަަންސް ކޮމިޝަނަކީ ވެސް ސަރުކާރުން ބޮޑެތި ނުފޫޒުތަކެއް ފޯރުވަމުންދާ އެއް މުވައްސަސާ ކަމަށެވެ. ކޮމިޝަނުގެ އޭރުގެ މެމްބަރުން އިސްވެ ތިބެ 2018 ގެ ރިޔާސީ އިންތިހާބު ވެސް ވަގަށް ނެގީ އެމްޑީޕީއަށް އެހީވުމަށްކަމަށް ކުރާ ތުހުމަތުތައް ތަކުރާރުކޮށް ޝުޖާއު ވިދާޅުވީ އީސީން ގައުމަށް ޣައްދާރުވި ކަމަށެވެ.

10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާއިރު، ފައިސާ ދޫކުރާ މުއްދަތުގައި ބައެއް ޕާޓީތަކަށް ކުއްލިއަކަށް މެމްބަރުން ހަމަވާ ގޮތާއި މެދު ޝުޖާއު ސުވާލު އުފެއްދި އެވެ. އަދަލަތު ޕާޓީ އާއި، ޖުމްހޫރީ ޕާޓީގެ މެމްބާޝިޕަށް ކުއްލިއަކަށް އެހާ ބޮޑު ބަދަލެއް ގެންނަނީ ސަރުކާރުން އެދިގެންކަމަށް ޝުޖާއު ތުހުމަތު ކުރިއެވެ. ޝުޖާއު ވިދާޅުވީ ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދޫކުރާއިރު، މެމްބަރުން ހަމަކޮށް ދީ އެ ފައިސާ ދިނުން އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޯލިޝަނުގެ ލީޑަރުންނަށް ވެފައިވާ ވައުދެއްކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ ބަޖެޓުން މިއަހަރު ފައިސާ ލިބިފައިވަނީ އެމްޑީޕީ އަދި ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އަށްކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: