ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެންބަރަކު ޕާޓީން ވަކިވުމަށް އެދިއްޖެ ނަމަ 14 ދުވަހުގެ ތެރޭގައި ވަކިކޮށްދޭންޖެހޭ އިސްލާހެއް!

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީއެއްގެ މެންބަރަކު ޕާޓީން ވަކިވުމަށް އެދިއްޖެނަމަ، ލަސްވެގެން 14 ދުވަހުގެ ތެރޭގައި އެ މީހަކު ޕާޓީން ވަކިކޮށްދޭންޖެހޭ އިސްލާހެއް ސިޔާސީ ޕާޓީގެ ގަވާއިދަށް ގެނެސްފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި މި އުސޫލު ހިމަނާފައިވަނީ އެ ގަވާއިދަށް ގެނައި ދެވަނަ އިސްލާހުގައެވެ.

މީގެ ކުރީގައި މެންބަރަކު ޕާޓީ އިން ވަކިވާން އެދުނު ނަމަވެސް، ވަކި މުއްދަތެއްގެ ތެރޭގައި ވަކި ކުރުމަށް ބަޔާންކޮށްފައި ނޯވެއެވެ.

އަލަށް ބަޔާންކުރި މި އުސޫލު ކަނޑައެޅުމަށް އިސްލާހު ގެނެސްފައިވަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ގެނައި އިސްލާހުގައެވެ.

ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) އަށް ގެނައި އިސްލާހުގައި ވާގޮތުން ޕާޓީގެ މެންބަރަކު ޕާޓީން ވަކިވުމަށް އެދިއްޖެނަމަ، ލަސްވެގެން 14 ދުވަހުގެ ތެރޭގައި ޕާޓީން ވަކިކޮށްދޭންޖެހޭނެއެވެ. އަދި ވަކިކޮށްނުދީފިނަމަ، އެކަން ބަޔާންކޮށް، އެ ގަވާއިދުގެ ޖަދުވަލު 6 ގައިވާ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އޭނާގެ ނަން ޕާޓީގެ ދަފުތަރުން އުނިކޮށްދޭންޖެހޭނެކަމަށެވެ.

މި ގާނޫނުގެ 19 ވަނަ މާއްދާގެ (ށ) އަށް ގެނައި އިސްލާހުގައި ވަނީ ކުރިން ހުރި ޕާޓީއަށް ނޭނގި އެހެން ޕާޓީއަކަށް ބަދަލުކޮށްފައި ވާތީ، ކުރީގައި އޮތް ޕާޓީއަށް ބަދަލުވުމަށް، މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން، ނޭނގި ރަޖިސްޓަރީ ކޮށްފައި އޮތް ޕާޓީން ވަގުތުން ވަކިކޮށް، ކުރިން އޮތް ސިޔާސީ ޕާޓީއަށް ރުޖޫޢަ ކޮށްދޭންވާނެކަމަށެވެ.

މި އިސްލާހު ގެނެސްފައިވާއިރު، ސިޔާސީ ޕާޓީތަކުގެ ދަފްތަރު އޮޅުވާލައި، ރަޖިސްޓްރީވާ ޕާޓީ ނޫން އެހެން ޕާޓީތަކުގައި ނަން އޮންނަ މައްސަލަ ވަނީ އާންމުވެފައެވެ. އަދި އެ ޕާޓީން ވަކިކޮށްދިނުމަށް ނުވަތަ ކުރީގައި ރަޖިސްޓްރީ ކުރި ޕާޓީއަށް ބަދަލުވުމުގެ މަރުހަލާ އުދަގޫކަމުގެ ޝަކުވާ އާންމުން އަންނަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: