ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާޖަޕަކްސާއަށް ސޮނެވާއިން ވިލާއެއް ވިއްކަން މަސައްކަތެއް ނުކުރަން: ސޯނޫ

މަހިންދަ ރާޖަޕަކްސާ އަދި ރައީސް ނަޝީދު: ފޮޓޯ/ ޑެއިލީ މިރާރ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަމަނުޖެހުންތައް ބޮޑުވެ ދާދިފަހުން ސްރީލަންކާގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވި މަހިންދަ ރާޖަޕަކްސާގެ އާއިލާއަށް ރާއްޖޭގައި ސޮނޭވާއިން ހިންގަމުންދާ ރިސޯޓަކުން ވިލާއެއް ވިއްކުމަށް ހަމަޖެހިފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ސޮނޭވާގެ ސީއީއޯ ސޯނޫ ޝިވްދާ ސަނީ ދޮގުކޮށްފި އެވެ.

މަހިންދަ ރާޖަޕަކްސާއާއި އާއިލާއަށް ވިލާއެއް ވިއްކަން މަސައްކަތް ކުރާކަމަށް ދެ ގައުމުގެ ވެސް ބައެއް މީޑީއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށް މި ތުހުމަތުތައް ދޮގު ކުރައްވާ ސޮނެވާގެ ސީއީއޯ ސޯނޫ ޝިވަދާސަނީ ވިދާޅުވީ ސޮނޭވާގެ ރިސޯޓަކުން ކުރީގެ ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާއަށް ވިލާއެއް ވިއްކުމަށް އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާކަމަށެވެ. އަދި ރާޖަޕަކްސާ އާއިލާއަށް ނިސްބަތްވާ ބޭފުޅަކުވެސް ސޮނޭވާއާއިއެކު އެފަދަ އެއްވެސް މަޝްވަރާއެއް ކުރިއަށްގެންގޮސްފައި ނުވާކަމަށް ސޯނޫ ވިދާޅުވި އެވެ.
ސޮނޭވާގެ ސީއީއޯ ސޯނޫ މިފަދައިން ވިދާޅުވެފައިވަނީ، “ދަ މޯލްޑިވްސް ޖާނަލް” ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ގުޅޭގޮތުން ޝާއިއު ކުރެވިފައިވާ ރިޕޯޓެއްގައި ބަޔާން ކުރެވިފައިވާ
ވާހަކަތަކަކާއި ގުޅިގެންނެވެ.

މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ މި ރިޕޯޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ބުނީ ސްރީލަންކާގައި ރައީސް ނަޝީދު ކުރަށްވާ ހަމައެކަނި މަސައްކަތްފުޅަކީ އެ ގައުމަށް ބޭނުންވާ ބޭރުގެ އެހީ ހޯއްދަވައިދިނުމެވެ. އަދި އިތުރު އެއްވެސް މަސައްކަތެއް އެމަނިކުފާނު ނުކުރަށްވާ ކަމަށާއި، ސްރީލަންކާއަށް އެހީ ހޯއްދަވައިދިނުމުގެ މަސައްކަތުގައި ރައީސް ނަޝީދު ދެމިހުންނަވާނެ ކަމަށް ބުންޏެވެ.

ސްރީލަންކާގެ ހާލަތު ދަށަށް ގޮސް އެގައުމުގެ ރައްޔިތުން މަގުތައް މައްޗަށް ނުކުމެ ރައީސް ރާޖަޕަކްސާ އަދި ސަރުކާރުގެ އިސްވެރިން ގޮތުގައި ތިއްބަވާ ބޭފުޅުންގެ އިސްތިއުފާއަށް ގޮވައި އަޑުއުފުލާތާ އެތައް ދުވަހަކަށްފަހު އެ މުޒާހަރާތައްވަނީ ބޮޑެތި ހަމަނުޖެހުންތަކަށް ބަދަލުވެފައިއެވެ. އެހެންކަމުން އެ ހަމަނުޖެހުންތައް ހުއްޓުވުމުގެ އުންމީދުގައި މަހިންދަ އިސްތިއުފާ ދެއްވާފައިވީނަމަވެސް އެތައް ބަޔަކުވަނީ ކުރީގެ ބޮޑުވަޒީރު މަހިންދަ ދިރިއުޅުއްވި ގެކޮޅަށްވަދެ އެނާއަށް ހަމަލަ ދިނުމަށް މަސަތްކަތްކޮށްފައިކަންވެސް ފާހަގަކޮށްލެވެއެވެ.

އެނާ ގެކޮޅުގައި ތާށިވުމުގެ ސަބަބުން ހަމަލާދިނުމަށް ވަތް ރައްޔިތުންގެ ކިބައިން ސަލާމަތްކުރުމަށް ބަރުހަތިޔާރު އެޅި ސިފައިންވަނީ އެ ސަރަހައްދަށް ގޮސް އެނާ އަދި އާއިލާ ރައްކައުތެރިކަމާއި އެކު ހާމަކޮށްފައިނުވާ ސަރަހައްދަކަށް ގެންގޮސްފައިއެވެ. ތުންތުން މަތިން ދެކެވެމުންދާ ވާހަކަތަކުން ނަމަ އެނާ މިވަގުތު ހުންނެވީ ސްރީލަންކާގެ އަސްކަރީ މަރުކަޒެއްގައި އެ މުއައްސަސާގެ ހިމާޔަތުގެ ދަށުގައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: