ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާޖަޕަކްސާ އާއިލާއަށް ރާއްޖެއިން ވިލާއެއް ހޯދައިދޭން އުޅޭ ވާހަކައަކީ ދޮގެއް: ރައީސް ނަޝީދު

ރައީސް ނަޝީދު ލަންކާއަށް ކުރެއްވި ދަތުރުގެ ތެރެއިން/ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ގުޅުވައި “ދަ މޯލްޑިވްސް ޖާނަލް” ގައި ޝާއިއުކޮށްފައިވާ ވާހަކަތައް އެ މަނިކުފާނު ދޮގުކުރަށްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ އަދި އާއިލީ ބޭފުޅުންނަށް އެ މަނިކުފާނުގެ ގާތްބޭފުޅެއްކަމަށްވާ ސޯނޫ ޝިވްދާސަނީ ސީއީއޯ ގޮތުގައި ހުންނަވާ ސޮނޭވާގެ ރިސޯޓަކުން ވިލާއެއް ގަތުމަށް ހޯއްދަވައިދެއްވަން މަސައްކަތްކުރަށްވަމުން ދާކަމަށް ބުނެ “ދަ މޯލްޑިވްސް ޖާނަލް”ގައި ޝާއިއު ކޮށްފައިވާ ލިއުމަކާއިމެދު ޓވީޓެއް ކުރަށްވާ ރައީސް ނަޝީދު ވިދާޅުވީ، އެ އާޓިކަލްގައިވާ ވާހަކަތަކަކީ ހަދަހަދައިގެން ލިޔެފައިވާ ދޮގެއް ކަމަށެވެ. އަދި އެފަދަ ދޮގުތަކެއް ހަދައި އެ ލިޔުން ޝާއިއުކޮށްފައިވާ ފަރާތްތަކުގެ ސަބަބުން ނޫސްވެރިކަމުގެ ދާއިރާއަށް ބޮޑެތިގެއްލުންތަކެއް ދެވިފައިވާކަމަށްވެސް ރައީސް ނަޝީދުވަނީ ވިދާޅުވެފައިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާ އިރު ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ރައީސް ނަޝީދާއި މެދު އެ އާޓިކަލްގައި ދެކެވިފައިވާ ވާހަތައް ދޮގޮކޮށް ޓްވީޓެއް ކޮށްފައިއެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ޓްވީޓުގައި ވާގޮތުން ރައީސް ނަޝީދު ސްރީލަންކާގައި ކުރަށްވަމުންދާ ހަމައެކަނި މަސައްކަތްފުޅަކީ އެ ގައުމަށް ބޭރުގައުމުތަކުގެ މާލީ އެހީ ހޯއްދަވައިދެއްވުމުގެ މަސައްކަތެވެ. އަދި އިތުރު އެއްވެސް މަސައްކަތެއް ރައީސް ނަޝީދު ނުކުރަށްވާ ކަމަށާއި އަވައްޓެރި ސްރީލަންކާއަށް ބޭނުންވާ އެހީ ދެއްވުމަށް އެ މަނިކުފާނު ކުރަށްވަމުންދާ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށްވެސް ރައްޔިތުންގެ މަޖިލީހުންވަނީ ބުނެފައިއެވެ.

ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ، ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެގައުމުގެ “އިކޮނޮމިކް ކްރައިސިސް އެޑްވައިޒަރ” ގެ މަގާމަށް އައްޔަނު ކުރެއްވި އިރު، އެ މަނިކުފާނު އެ މަގާމަށް ވަޑައިގެންފައިވަނީ އަމިއްލަ ފުޅައް އެދިވަޑައިގެންކަން ފާހަގަކޮށްލެވެއެވެ.

ސްރީލަންކާގެ މާލީހާލަތު ދަށަށް ގޮސް އިގްތިސޯދަށް ބޮޑެތި ހީނަރުކަމެއް އައުމުގެ ސަބަބުން އެ ގައުމުގެ އިޖްތިމާއީ ހާލަތުވެސްވަނީ އިންތިހާއަށް ދަށަށްގޮސްފައިއެވެ. ސްރީލަންކާގެ ހާލަތު ދަށަށް ދިއުމުގެ ސަބަބުން އެ ގައުމު ރައްޔިތުންވަނީ މަގުތައް މައްޗަށް ނުކުމެ ހާލަތު ރަންގަޅުކުރަން ގޮވާލައިފައިއެވެ. އަދި ބަދަލެއް ނައުމުގެ ސަބަބުން މުޒާހަރާތަކުގެ ތެރެއިން އުފުލިގެން ދިއަ އަޑުތައްވަނީ އެ ގައުމު ރައީސް އަދި ސަރުކާރުގެ އިސް ބޭފުޅުންގެ އިސްތިއުފާއަށް ބަދަލުވެގޮސްފައިއެވެ. އަދި އެ އަޑުތައް ރުޅިވެރިކަމަށް ބަދަލުވެ ހިންގަމުންދިއަ މުޒާހަރާތައް ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެ ސްރީލަންކާގެ ފުލުހުންނާއި ސަރުކާރަށް ތާއިދުކުރާ މީހުންނާ، މުޒާހަރާގެ ބައިވެރިންގެ ދެމެދު ހަމަލާތަކެއް ވަނީ ބަދަލު ކުރެވިފައިއެވެ. މި ހަމަނުޖެހުންތަކުގެ ތެރެއިން ސަރުކާރަށް ނިސްބަތްވާ ބޭފުޅުންގެ މުދަލަށް އެތައް ގެއްލުމެއް ދީފައިވާ އިރު، ހަމަ ނުޖެހުންތައް ހުއްޓުވުމަކަށް ގެނައުމަށްޓަކައި އެގައުމުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި މަހިންދަ ރާޖަޕަކްސާވަނީ އިސްތިއުފާދެއްވާފައިއެވެ. ނަމެސް ރުޅިގަދަވެފައިވާ މުޒާހަރާގެ ބައިވެރިންތަކެއްވަނީ މަހިންދަ ދިރިއުޅުއްވާ ގެކޮޅަށް ވަދެ، އެނާ އަދި އާއިލާއަށް ހަމަލާ ދިނުމަށް މަސައްކަތްތަކެއް ކޮށްފައިއެވެ. އެހެންކަމުން ބަރު ހަތިޔާރު އެޅި ސިފައިންވަނީ އެ ސަރަހައްދަށް ގޮސް މަހިންދަ އަދި އާއިލާ ބޭފުލުން ރައްކައުތެރިކަމާއިއެކު ހާމަނުވާ ތަނަކަށް ގެންގޮސްފައިކަން ފާހަގަކޮށްލެވެއެވެ. މި ހަމަނުޖެހުންތަކުގެ ތެރެއިން މުޒާހަރާގެ ބައިވެރިން މަރުވެފައިވާ އިރު، ފުލުންވެސް މަރުވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އަދި ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ އިސް ބޭފުޅަކުވެސް މި ހަމަނުޖެހުމުގެ ތެރޭގައި މަރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: