ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ ރިޒާވް ހުސްވެ ދިވެހި ރާއްޖެއިން ދަރަނިތައް އަދާ ނުކުރެވިދާނެ: ޖޭޕީ މޯގަން

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ފިނޭންސް މިނިސްޜް އަހުމަދު އަމީރު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝީޔާ ޔޫކްރެއިން ހަންގުރާމަ ފަދަ ކަންކަމުގެ ސަބަބުން ލޯނު ހޯދުމުގެ ދަތިކަން ބޮޑުވެފައިވާ ދަނޑިވަޅުގައި، ރިޒާވް ހުސްވެ ލޯނުތައް އަންބުރާ ނުދެއްކިދާނެ ކަމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނޭ ކަމަށް އެމެރިކާގެ އިސް އިންވެސްޓްމެންޓް ބޭންކެއް ކަމަށްވާ ޖޭޕީ މޯރްގަން އިން ބުނެފިއެވެ.

ރަޝިޔާއާއި ޔޫކްރެއިން ދޭތެރޭގައި ހިނގަމުންދާ ހަންގުރާމައިގެ ސަބަބުން ދުނިޔޭގެ މަޝްރަހުތަކަށް ކުރަމުންދާ އަސަރުތަކާއި އައިސްފައިވާ ބަދަލުތަކަށް ޖޭޕީ މޯރގަންއިން ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުން، ކުރިއަރާފައިވާ ގައުމުތަކުގެ އިގްތިސޯދީ މަޝްރަހަށް ބޮޑެތި އަސަރުތަކެއް ކުރާނެއެވެ. އަދި ނަގާފައިވާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓުތައް އިތުރުވެ، މި ގައުމުތަކުން ނަގާފައިވާ ދަރަނިތައް އަދާކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެގެންދާނެއެވެ. އަދި މިފަދައިން ނޭދެވޭ އަސަރުތަކެއް އެންމެ ބޮޑަށް ފާހަގަވެގެންދާނީ، މިވަގުތުވެސް ނަގާފައިވާ ލޯނުތަކުގެ އަދަދު ބޮޑު ގައުމުތަކަށް ކަމަށް ޖޭޕީ މޯރގަންއިން ފާހަގަކޮށްފައިވެއެވެ.

ޖޭޕީ މޯރގަންއިން ބުނެފައިވާ ގޮތުން ސްރީލަންކާއަށް ކުރިމަތިވެފައިވާ ފަދައިން ދެން އެންމެ ކައިރި މުސްތަގުބަލެއްގައި ލޯނު ޑީފޯލްޓަކަށް ދާނެ ކަމަށް ލަފާ ކުރެވިފައިވަނީ ލުބްނާން، ސުރިނާމް، ވެނެޒުއޭލާއާއި ޒެމްބިއާއެވެ. އަދި ރަޝިއާއާއި ޔޫކްރެއިންއަށްވެސް މި ހާލަތު ކުރިމަތިވެދާނެކަމަށް ޖޭޕީ މޯރްގަންއިން ވަނީ އިޝާރާތްކޮށްފައިއެވެ.

އެމެރިކާގެ އެންމެ އިސްކޮށް އެއް އިންވެޓްމެންޓް ބޭންކް ކަމަށްވާ ޖޭޕީ މޯރގަންއިން ކޮށްފައިވާ ދިރާސާތަކާއި މެދު ވާހަކަދައްކަވަމުން އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރ އަދި އިމާޖިންގް މާރްކެޓް ސްޓްރެޓެޖިސްޓް ޓްރެނގް ނުގއެން ވިދާޅުވީ، ދިރާސާތައް ހެދިފައިވާ ގައުމުތަކުގެ 50 އިންސައްތަ ގައުމުތަކުގައި ވަނީ ދަރަނި ބޮޑުވެ އަނބުރާ ނުދެއްކިދާނެ ބިރުހީވެފައިވާކަމަށެވެ. އަދި އެ ގައުމުތަކުގެ ތެރެއިން އަށް ގައުމަކަށް އެއްގޮތަކަށްވެސް ލޯނު ނުދެއްކި ޑީފޮލްޓްވުމުގެ ބިރުހީފައިވާކަމަށް އިޝާރާތް ކުރަށްވާ، ދިވެހި ރާއްޖެވެސް އެ ގައުމުތަކުގެ ތެރޭގައި ހިމެނޭކަމަށް އެނާ ވަނީ ވިދާޅުވެފައިއެވެ.

މީގެ އިތުރުން ޖޭޕީ މޯރގަންއިން ބުނެފައިވަނީ އިންފްލޭޝަން އިންތިހާއަށް އިތުރުވުމުގެ ސަބަބުން ދުނިޔޭގެ ލޯނު އިންޓްރެސްޓް ރޭޓުތައް އުފުލިފައިވާ ކަމަށެވެ. އަދި ދިރާސާތަކުން ދައްކާގޮތުން ބޮޑެތި ލޯނުތައް ނެގުމުގެ ސަބުބުން ދަރަނި އަދާކުރަމުންދާ ގައުމުތަކުގެ 10 އިންސައްތަ މިއަހަރު ޑީފޯލްޓް ވެދާނެކަމަށް ބެލެވޭކަމަށްވެސް ޖޭޕީ މޯރގަންއިން ބުނެފައިވެއެވެ. މި އިންވެސްޓްމެންޓް ބޭންކްގެ އިތުރުން އިންޓަރނޭޝަނަލް މޮނެޓަރީ ފަންޑް( އައިއެމްއެފް) އިން ބުނެފައިވާގޮތުން އާމްދަނީ މަދުންލިބޭ ގައުމުތަކުގެ 60 އިންސައްތަ ގައުމުތައް ވަނީ ދަރަނި ތަކުގެ ސަބަބުން ދަތިތައް ކުރިމަތިވުމާއި ގާތުގައި ކަމަށްކަންވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: