ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ފަރާތުން 22 ބިލެއް މަޖިލީހަށް ހުށައަޅަންޖެހޭ، ލިބުނީ ދެ ބިލު: ރައީސް ނަޝީދު

ކުރީގެ ރައީސްއަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރަށް ސަރުކާރުގެ ފަރާތުން ޖުމްލަ 22 ބިލެއް ހުށައެޅުމަށް ނިންމާފައިވީ ނަމަވެސް އަދި މިހާތަނަށް މަޖިލީހަށް ހުށައަޅާފައިވަނީ  އެންމެ ދެބިލު ކަމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ހިނގަމުންދާ ދައުރަށް ސަރުކާރުން ހުށައަޅަން ނިންމާފައިވާ ބިލްތަކުގެ ތެރެއިން މިހާތަނަށް މަޖިލީހަށް ފޮނުވާފައިވަނީ ކުނި ނައްތާލުމާއި މެނޭޖް ކުރުމުގެ ބިލާއި މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އެކަނި ކަމަށެވެ. އޭގެ ތެރެއިން ދައުލަތުގެ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިއުން ނިމިފައިވަނީ 17 މެއި ގައެވެ. އަދި ކުނި ނައްތާލުމާއި މެނޭޖް ކުރުމުގެ ބިލުގެ ފުރަތަމަ ކިއުން އިއްވިފައިވަނީ 16 މެއި ގައެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ނުލިބި 20 ބިލު ބާކީ އެބައޮތް ކަމަށާއި އޭގެ ތެރޭގައި ފާހަގަ ކުރެވޭ ހާއްސަ ބިލް އެބަހުރި ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ދިވެހި ރާއްޖޭގެ ކޯޓް ތަކަށް އިސްލާހު ގެނައުމުގެ ބިލާއި ދިވެހި ރާއްޖޭގެ ފަނޑިޔާރުންނަށް އިސްލާހު ގެނައުމުގެ ބިލާއި ޖުޑިޝަލް ސާވިސަސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދިވެހި ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެއެވެ.

ރައީސް ނަޝީދު ވިދާޅުވިގޮތުގައި އެ ހަތަރު ބިލާއި އެކު ޝަރުއީ ނިޒާމަށް ދިމާވެފައިވާ  ކަންކަމާއި ގުޅޭގޮތުން ބަހުސް ކުރެވި މުތާލިއާ ކުރެވި އިސްލާހު ހުށައެޅި ކަންކަން ރަނގަޅު ކުރުމަށް މި ދައުރުގައި ބޮޑު މަސައްކަތެއް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މީގެ އިތުރުން ޖިނާއީ އިޖުރާތަށް އިސްލާހު ގެނައުމުގެ ބިލާއި ޖިނާއީ އިޖުރާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ބަދަލު ކުރުމުގެ ބިލާއި މަސްތުވާ ތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ގޭންގް ކުށްތައް މަނާ ކުރުމާއި ބެހޭ ބިލަކީ މުހިއްމު ބިލްތަކެއް ކަމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: