ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިން ނިކަމެތިވެ ބާކީވާނެ ކަންކަން ނުކުރަން ސިޔާސީ ވެރިން ވިސްނަންވާނެ: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ބޭނުންތަކަށް ދިވެހިން ނިކަމެތިވެ ބާކީވެދާނެފަދަ އަމަލުތައް ނުހިންގުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިލްތިމާޒް ކުރަށްވައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާ ސިފައިން ދިވެހި ރާއްޖޭގައި ތިބުމާއި ދެކޮޅަށް އިދިކޮޅުން ހިންގަމުންދާ “އިންޑިއާ އައުޓް” ކެމްޕެއިނަކީ ދިވެހި ރައްޔިތުން ތާއީދުކުރާ ހަރަކާތެއް ނޫންކަން، އެ މަސައްކަތުގައި ބައިވެރިވާ މީހުންގެ އަދަދު މަދުވުމުން ފެނިގެންދާކަމަށެވެ. އަދި ސިޔާސީ ވެރިންގެ އަމިއްލަ ބޭނުމަކަމަށް ދިވެހިން ނިކަމެތިވެ ބާކީ ވެދާނެ ފަދަ އަމަލުތައް ނުހިންގުމަށް ރައީސް ނަޝީދުވަނީ އިލްތިމާޒް ކުރަށްވާފައިއެވެ.

ރައީސް ނަޝީދު މިފަފައިން ވިދާޅުވެފައިވާ އިރު، ދިވެހި ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަވަށްޓެރި ގައުމުތަކާއި ދެމެދު އޮންނަ ގުޅުމަށް ހީނަރުކަން ގެނުވާފަދަ އަމަލުތަކަކީ ގައުމީ ސަލާމަތައް ހުރި ނުރައްކަލެއްގޮތުގައި ސިފަ ކުރަށްވާ އެފަދަ އަމަލުތަކަކީ ގާނޫނީ ގޮތުން މަނާ ކަމެއް ގޮތަށް ކަނޑައަޅުއްވައި ގަރާރެއްގައި ސޮއިކޮށް ނެރުއްވާފައިއެވެ.

ރައީސް ސޯލިހު ނެރުއްވި ގަރާރަކީ ގާނޫނީ އެއްވެސް ބާރެއް ލިބިގެންވާ ގަރާރެއް ނޫންކަމަށާއި އިންޑިއާ އާއި ދެކޮޅަށް އުފުލަމުންދާ އަޑުތައް އަދި ހިންގަމުންދާ ހަރަކާތްތައް ނުހުއްޓުވޭނެކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެފައިވާ އިރު، ދިވެހި ރާއްޖޭގެ ފުލުހުންގެ މުއައްސަސާ އާއި ދިފާއީ ބާރު ގުޅިގެން ދަނީ “އިންޑިއާ އައުޓް” ކެމްޕެއިންގެ ތެރެއިން ހަރުކުރެވިގެންދާ ޝިޔާރުތައް ލިޔެފައިވާ ބެނާތައް ނެގުން އަދި އެފަދަ ޓީޝާޓު ލައިގެން ތިބޭ ފަރާތްތައް ހައްޔަރުކުރަމުންކަން ފާހަގަކޮށްލެވެއެވެ. އަދި އިދިކޮޅުން އިސްނަގައިގެން މި ކެމްޕެއިންގެ ދަށުން ހިނގަމުންދާ މުޒާހަރާތަކުގެ ބައިވެރިންނާއި ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކޮށް ޕެޕާރ ސްޕްރޭ ޖަހާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ދިވެހި ރާއްޖެއާއި ގާތް ގުޅުމެއް ބާއްވާ ގައުމުތަކާއި ދޭތެރޭގައި އޮންނަ ގުޅުމަށް ބުރޫއަރާފަދަ އަމަލުތައް ހިންގުން ރައީސް ސޯލިހު ނެރުއްވާފައިވާ ގަރާރުގެ ދަށުން މަނާ ކުރެވިފައިވާ އިރު، ދާދި ފަހުން ރައީސް ނަޝީދު އިންޑިއާއަށް ކުރެށްވި ރަސްމީ ދަތުރެއްގައި އެގައުމުގެ ސަރުކާރަށް ނިސްބަތްވާ ނޫސް ޗެނަލްއަކަށް ދެއްވި އިންޓަރވިއުއެއްގައިވަނީ، ޗައިނާއަށް އެތައް ފާޑުކިޔުންތަކެއް އަމާޒު ކުރަށްވާފައިއެވެ.

އެހެންކަމުން ޗައިނާ އިން މަސައްކަތްކުރަމުންދަނީ ދިވެހި ރާއްޖޭގެ ބިން ފޭރިގަންނަން ކަމަށާއި، ދިވެހި ރާއްޖެއިން ޑިމޮކްރެސީ ނައްތާލައި، ހުދުމުހުތާރު އުސޫލުތަކެއް ފަތުރަން މަސައްކަތްކުރާކަމަށްވެސް ރައީސް ނަޝީދުވަނީ ތުހުމަތު ކުރަށްވާފައިކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: