ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތް އަހަރުގެ ތެރޭގައި ތިލަފުށީގައި ވޭސްޓް އެނާޖީ ޕްލާންޓްއެއް އެޅުމުގެ އަމަލީ މަސައްކަތް ފަށާނެ: ޝައުނާ

އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް އަހަރުގެ ތެރޭގައި ތިލަފުށީގައި ވޭސްޓް އެނާޖީ ޕްލާންޓްއެއް އެޅުމުގެ އަމަލީ މަސައްކަތް ފަށާނެކަމަށް އެންވަޔަރުމެންޓް އެންޑް ޓެކޮނޮލޮޖީ އެންޑް ކްލައިމެޓް ޗޭންޖް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓްރީން ބޭއްވި ޕްރެސްއެއްގައި ވާހަކަދައްކަވަމުން ޝައުނާ ވިދާޅުވީ ރާއްޖޭގައި އުފެދެމުން އައި އެކި ޒާތް ޒާތުގެ ކުނި އަޅަމުން އައީ ތިލަފުއްޓަށްކަމަށާއި އެހެން ނަމަވެސް މި ފަރުބަަދައިން އަރަމުން އައި ދުންތައް ހުއްޓުވާލެވި ޒަމާނާއި އެއްގޮތަށް މި ފެސިލިޓީ މެނޭޖްކުރުމަށް މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ.

ކޮންސްޓްރަކްޝަން ކުނިއާއި ބަދިގެ ކުންޏާއި އަދި ޕްލާސްޓިކް ކުނީގެ އިތުރުން އަދިވެސް މި ނޫން ބާވަތްތަކުގެ ކުނި ހަމައެކަނި މާލެ ސަރަހައްދުން ދުވާލެއްގެ މައްޗަށް 1200 ޓަނާއި ގާތައް އުފައްދާކަމަށާއި މި ރޭޓުގައި ކުނި އުފައްދަމުން ދަނީނަމަ ކުރިއަށް އޮތް ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅި ތިލަފުށި ފުރިގެންދާނެކަމަށް ޝައުނާ ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރުން ރާއްޖެއަށް އެހީދޭ އެކި އެކި ފަރާތްތަކާއިއެކު ކުރައްވާ މަސައްކަތުގެ އެންމެ ބޮޑު ބޭނުމަކީ މިފަދަ މައްސަލަތަކަށް ހައްލު ހޯދުންކަމުގައި މިނިސްޓާ ވިދާޅުވިއެވެ.

އެގޮިތުން މިހާތަނަށް ކުރެވުނު އެނމެ މުހިންމު މަސައްކަތަކީ ތިލަފުށިން ގާތް ގާތްގަނޑަކަށް ވިއްސައްކައް އަހަރު ދުވަހު އަރަމުން އައި ބޯ ދުންގަނޑު ހުއްޓާލެވުންކަމުގައި ފާހަގަ ކުރައްވާ ޝައުނާ ވިދާޅުވީ ތިލަފުށީގެ ފޭސް އެކެއްގެ އިންފްރާސްޓްރަކްޗާ މަސައްކަތްތަށް ނިމި އޮޕަރޭޝަންގެ މަސައްކަތްތަށް މިހާރު ތިލަފުށީގައި ވަނީ ފެށިފައިކަމަށެވެ.

މި މަޝްރޫއު އެކުގައި ނިމިގެން އަންނައިރު ތަފާތު އެކި ބާވަތުގެ ކުނި ވަކިކޮށް ސެގްރިގޭޓް ކޮށްފައި ބެހެއްޓޭނެ ވަސީލަތްތަށްވެސް ތިލަފުށީގައި ގާއިމް ކުރެވިގެންދާނެކަމުގައި ޝައުނާ ވިދާޅުވިއެވެ. ވޭސްތް އެނާޖީ ޕްލާންތްގެ އަމަލީ މަސައްކަތް ފެށި މި ހިދުމަތް ދެވެން ފެށުމުނ ގާތްގަނޑަކަށްް 8 މެގަވޯޓާއި 10 މެގަވޯޓުގެ ކަރަންޓުވެސް މި ވަސީލަތްތަކުން އުފެދޭނެކަމަށް ޝައުނާ ފާހަގަކުރެއްވިއެވެ.

މި މަޝްރޫއުގެ ތެރެއިން ހަމައެކަނި ކުރެވިގެން ދާނީ ތިލަފުއްތާއި މާލޭގެ މަސައްކަތްތަށް ނޫންކަމަށާއި ކ އަތޮޅާއި ވ އަތޮޅު އަދި އއ އަތޮޅުގެ އިތުރުން އދ އަތޮޅުގެ ހުރިހާ ރަށެއްގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް އިތުރަށް ތަރައްގީ ކުރެވިގެންދާނެކަމުގައި މިނިސްޓާ ވިދާޅުވިއެވެ. އަދި މިފަދަ ވަސީލަތްތަށް ނެތް ރަށްރަށުގައި މުޅިން އައު ވޭސްތް މެނޭޖްމަންޓް ސެންޓާވެސް ގައިމް ކުރެވިގެންދާނެކަމުގައި ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: