ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭގައި ތުއްތު ކުއްޖަކަށް ދޭން ނެގި ވެކްސިން މުއްދަތު ހަމަވެފައި ހުރި މައްސަލަ ބަލަނީ!

ވެކްސިނުގެ މުއްދަތު ހަމަވެފައި ވަނީ މިދިޔަ ޖެނުއަރީ މަހު/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގެ ހޮސްޕިޓަލުގައި ތުއްތު ކުއްޖަކަށް މުއްދަތު ހަމަވެފައި ހުރި ވެކްސިނެއް ދިން މައްސަލަ ބަލަމުންދާކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

މި އަހަރުގެ ކުރީކޮޅު މުއްދަތު ހަމަވީ ވެކްސިނެއް ތުއްތު ކުއްޖަކަށް ދޭން އުޅުނުކަމުގެ ތުހުމަތުކޮށް، އެ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތި ކުރީ އެ ދާއިރާގެ ކައުންސިލް މެމްބަރު ފާތިމަތު ނާޒިމާ އެވެ. ޓްވީޓެއްކޮށް ނާޒިމާ ބުނީ ވެކްސިނުގެ މުއްދަތު ހަމަވެފައިވާކަން ފާހަގަ ކުރެވުނީ ކުއްޖާގެ ބައްޕައަށް ކަމަށެވެ. އަދި ހުޅުމާލެ ހޮސްޕިޓަލަށް އެ މައްސަލަ ރިޕޯޓު ކުރިކަަމަށް ބުންޏެވެ.

ވިލިމާލެ ހޮސްޕިޓަލުގެ އިހުމާލުގެ އެއްވެސް މައްސަލައެއް ހުށަހެޅިފައި ވޭތޯ ސުވާލު ކުރުމުން ހެލްތް މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރ ވިދާޅުވީ އެފަދަ ޝަކުވާއެއް ހުށަހެޅިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލު ދެވެން ނެތްކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ނާޒިމާ އާއްމު ކުރި ފޮޓޯގައި ވާ ގޮތުން، ވެކްސިނުގެ މުއްދަތު ހަމަވެފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. ސިއްހީ ދާއިރާގެ ގިނަ ފަރާތްތަކުން ދަނީ މިއީ ސީރިއަސް މައްސަލައެއްކަން ފާހަގަ ކުރުމުންނެވެ. އަދި ހޮސްޕިޓާތަކުގައި މިފަދަ މުއްދަތު ހަމަވެފައިވާ ބޭސްތައް ހުރުމާއި، ވެކްސިން ހުރިތޯ ކަމާއި ބެހޭ އިދާރާތްތަކަށް އާއްމުން ވަނީ ގޮވާލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: