ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އިންޑިއާ އައުޓް” ގެ ބޭނުމަކީ ރައީސް ޔާމިންގެ އަނިޔާވެރިކަން ރައްޔިތުންގެ ހަނދާނުން ފޮހެލުން: ހަސަން ލަތީފް

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ހަސަން ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އައުޓް ކެމްޕެއިނަކީ ރައީސް ޔާމިން ވެރިކަމުގައި ހުންނަވައިގެން ކުރެއްވި އެތަކެއް ގާނޫނާއި ހިލާފު އަމަލުތަކާއި ދީފައިވާ އަނިޔާތައް ރައްޔިތުންގެ ހަނދާނުން ފޮހެލުމަށް ގެންގުޅުއްވާ އުކުޅެއް ކަމަށް ކުރީގެ އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާ ކަމަށް ތުހުމަތުކޮށް އިންޑިއާ ސިފައިން ދިވެހި ފަސްގަނޑުގައި ތިބުމާއި ދެކޮޅަށް ރައީސް ޔާމިން އިސްކޮށް ހުންނަވައިގެން އިދިކޮޅު ކޯލިޝަންގެ ފަރާތުން ހިންގަމުންދާ އިންޑިއާ އައުޓް ކެމްޕެއިނާއި މެދު ޓްވީޓް ކުރަށްވާ ހަސަަން ލަތީފްވަނީ، ރައީސް ޔާމިންގެ ވެރިކަމުގައި ދިވެހި ރައްޔިތުންނަށް އެތަކެއް އަނިޔާތަކެއް ދެއްވާފައިވާކަމަށާއި އެތަކެއް ގާނޫނާއި ހިލާފު އަމަލުތަކެއް ހިންގާފައިވާކަމަށް އިޝާރާތްކުރަށްވާ ހަސަން ވިދާޅުވީ، އިންޑިކާ އާއި ދެކޮޅަށް ހިންގަމުންދާ ކެމްޕެއިންގެ މަގުސަދަކީ ރައީސް ޔާމިންގެ ވެރިކަމުގައި ކުރެށްވި ކަންކަމުގެ މަތިން ރައްޔިތުންގެ ހަނދާން ނައްތުވާލުން ކަމަށެވެ. އަދި އެ ހަރަކާތަކީ އެއްވެސް ޒާތެއްގެ އޮއްޓަރެއްނެތް ސަކަރާތެއްކަން ދިވެހި ރައްޔިތުންނަށް މިހާރު ސަފުވެގެންގޮސްފައިވާކަމަށްވެސް ހަސަންވަނީ ވިދާޅުވެފައިއެވެ.

ހަސަން މިފަދައިން ވިދާޅުވެފައިވާ އިރު، އެމްޑީޕީއިން އިސްނަގައިން ޓްވިޓާރގައި ހިންގަމުންދާ “ބާކީނުވޭ” ކެމްޕެއިނާއި އިދިކޮޅުން ހިންގާ “ދަށުނުވޭ” ކެމްޕެއިން އަޅާކިޔާއިރު އިދިކޮޅުގެ ކެމްޕެއިން ވަނީ ޓްވީޓާރގެ ޓްރެންޑިންގެ ކުރީގައިކަން ފާހަގަކޮށްލެވެއެވެ.

އެއްވަނައިގައި “ދަށުނުވޭ” ކެމްޕެއިން ވާ އިރު، ދެވަނައިގައި ވަނީ “އިންޑިއާ އައުޓް” ކެމްޕެއިންކަން ފާހަގަކޮށްލެވެއެވެ. އަދި އިންޑިއާ ގެ ދިފާއުގައި ހިންގަމުންދާ “ބާކީނުވޭ” ކެމްޕެއިންވަނީ ތިންވަނައިގައިކަންވެސް ފާހަގަކޮށްލެވެއެވެ.

އިދކޮޅުން ހިންގަމުންދާ “އިންޑައާ އައުޓް” ކެމްޕެއިނަކީ ގައުމީ ސަލާމަތައް ހުރި ނުރަކަލެއް ކަމަށް ވިދާޅުވެ ރައީސް ސޯލިހުވަނީ ދާދިފަހުން އެފަދަ އަމަލުތައް ގާނޫނީ ގޮތުން މަނާ ކޮށް ގަރާރެއްގައި ސޮއިކޮށް ނެރުއްވާފައިއެވެ. އެ ގަރާރުގެ ދަށުން ރާއްޖެއާއި އެކު ގާތްކޮށް މަސައްކަތްކުރާ ގައުމުތަކާއި ދޭތެރޭގައި އޮންނަ ގުޅުމަށް ހީނަރުކަން އަންނަ އަމަލުތައް ވަނީ ދިވެހި ފަސްގަނޑުގައި ހިންގުން މަނާކުރެވިފައިއެވެ. އެހެންކަމުން “އިންޑިއާ އައުޓް” ކެމްޕެއިންގެ ދަށުން ހިންގަމުންދާ މުޒާހަރާތަކާއި އެފަދަ ޝިޔާރުތައް ލިޔެފައިވާ ބެނާތައް ހަރުކުރުން ހުއްޓުވުމަށަޓަކައި ފުލުހުންގެ މުއައްސަސާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

އިދިކޮޅުން ހިންގަމުންދާ މުޒާހަރާތަކުގެ ބައިވެރިންގެ ތެރެއަށް ފުލުހުން ޕެޕާރ ސްޕްރޭ ޖަހާފައިވާ އިރު، އެފަދަ ޓީޝާޓު ލައިގެން ތިބޭ ފަރާތްތައްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާކަންވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: