ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

28 އަހަރަށްފަހު ހިތާދޫގައި އައު އިންޖީނުގެއެއް ހުޅުވައިިފި

ބ ހިތާދޫ އައު އިންޖީނުގެ
ޝެއާރކޮށްލާ ކަހަލަދޯ؟

28 އަހަރު ފަހުން ބ އަތޮޅު ހިތާދޫގެ އައު އިންޖީނުގެ ހުޅުވައިފިއެވެ.

މި އިންޖީނުގެއަކީ ކުރީގައި ހުރި އިންޖީނުގެއަށް ވުރެ ޖާގަ ތަނަވަސް އަދި ޒަމާނީ އިންޖީނުގެއެކެވެ. އެގޮތުން މިހާރުގެ އިންޖީނުގޭގެ ބޮޑުމިނުގައި 181.16 މީޓަރު ސްކޮޔަރ ފީޓް ހުރެއެވެ. އަދި އިންޖީނުގޭގެ އޮފީސް އިމާރާތުގައި 104.56 ސްކޮޔަރ މީޓަރު ހުރެއެވެ،

ކުރީގެ އޮފީސް އިމާރާތުގެ ބޮޑުމިނުގައި ހުންނަނީ 120 މީޓަރު ސްކޮޔަރ ފީޓެވެ.

ޖުމްލަ 28 މުވައްޒިފުން އެކުލެވޭ މި އިންޖީނުގޭގައި ޑެގްރޫމަކާއި ، ކޮންޓްރޯލް ރޫމާއި. ވޯކްޝޮޕްގެ އިތުރުން ސްޓޯރަކާއި ޕޭންޓްރީ ގެ އިތުރުން އިދާރީ ބަޔާއި ރިޝެޕްޝަން އޭރިއާ ހިމެނެއެވެ.

އިންޖީނުގޭގައި މިވަގުތު ހިދުމަތް ދިނުމަށް ގާއިމް ކުރެވިފައިވަނީ 400 ކިލޯ ވޮޓްގެ 2 ޖަނަރޭޓަރާއި 160 ކިލޯ ވޮޓްގެ ޖަނަރޭޓަރެކެވެ.

މީގެ ކުރިން އެ އިމާރާތް ހުރީ ރަށުގެ ރަށްދެބައި މަގުގައި ނަމަވެސް އައު އިމާރާތް ބިނާކޮށްފައިވަނީ ރަށަށް އަރާ އާންމުންނަށްވެސް ހިދުމަތް ހޯދަން ފަސޭހަ ވާނެފަދައިން ބަނދަރު ސަރަހައްދުގައި ކުލީބިނުގެ 09 އަކާއި ދިމާ މަގެގްގެ ދެކުނުން 80 ނަމްބަރު ކޮށީގައެވެ.

މިއީ މިއިންޖީނުގެ ބަދަލުކުރެވޭ 45 ވަނަ ފަހަރެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: