ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީތަކުން ސައްހަ ނޫން ފޯމުތައް ހުށަހަޅާނަމަ ޖޫރިމަނާ ކުރަނީ!

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއި އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯޅ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކާއި ގުޅޭ މެމްބަރުންގެ ފޯމުތައް ހުށައަޅާއިރު ފޯމެއް ސައްހަ ނޫންކަމަށް ސާބިތުވެއްޖެ ނަމަ އެ ޕާޓީއެއް ޖޫރިމަނާ ކުރަން އިލެކްޝަންސް ކޮމިޝަނުން ކޮމިޝަނުން ނިންމައިފިއެވެ.

ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭޕްރިލް މަހުން ފެށިގެން ސިޔާސީ ޕާޓީތަކުން ހުށައަޅާ ފޯމުތައް ސައްހަ ނޫންކަމަށްވާ ނަމަ، ހުށައެޅިފައިވާ ކޮންމެ ފޯމަކަށް އެ ޕާޓީއެއް 10،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި ފޯމު ހުށަހަޅާ ޕާޓީގެ ރަޖިސްޓްރާއެއް ވެސް ޖޫރިމަނާ ކުރުމަށް ނިންމާފައިވާކަމަށް ހަބީބު ވިދާޅުވި އެވެ.

އެގޮތުން ފުރަތަމަ ފަހަރަކަށް ރަޖިސްޓްރާއިންނަށް 5،000 ރުފިޔާގެ ޖޫރިމަނާއެއް ކުރަން ނިންމާފައިވާ އިރު، އޭގެ ފަހުން މައްސަަލަ ފާހަގަ ކުރެވޭ ކޮންމެ ފަހަރަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެކަމަށް ހަބީބު ވިދާޅުވި އެވެ.

މީގެ އިރުރުން ހަބީބް ވިދާޅުވީ، ސައްހަ ނޫންގޮތަކަށް އަލަށް ގުޅޭ މެމްބަރުންގެ ނަމުގައި ފޯމުތައް ހުށައެޅުން ހުއްޓުވަމަކަށް ގެނައުމަށް ކޮމިޝަނުން ގެނައި ބަދަލުން އެކަށީގެންވާ ހައްލެއް ނުފެންނަ ނަމަ، އަންނަ އޮކްޓޯބަރު މަހުން ފެށިގެން އެފަދަ ފޯމުތަކުގައި ސޮއިކޮށްފައިވާ ހެކިވެރިންވެސް ވަކި ވަކިން 5،000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ހަބީބު މިފަދައިން ވިދާޅުވެފައިވާ އިރު، މިފަހަކަށް އައިސް އާއްމުނަށް ނޭނގި އައިޑީކާޑުގައިވާ މައުލޫމާތުތައް ބޭނުންކޮށް އެކި ޕާޓީތަކުގެ ދަށުން ރަޖިސްޓްރީ ކުރަމުންދާކަމުގެ ގިނަ މައްސަލަތައް ފެންމަތިވެފައިވާކަން ފާހަގަ ކުރެވެ އެވެ.

ދާދިފަހުން މަޖިލީހުގައި މި މައުޟޫއަށް ބަހުސްކޮށް ބައެއް މެމްބަރުން ވަނީ، ހައްޖަށް ދިއުމަށް ފައިސާ ދައްކައި ފޯމު ހުށަހަޅާފައިވާ ގިނަ ބައެއް އަދާލަތުގައި ރެޖިސްޓްރީ ކުރި މައްސަލައެއް ފާހަގަކޮށްފަ އެވެ.

ރާއްޖޭގައި މިވަގުތު 11 ސިޔާސީ ޕާޓީއެއް ހިންގާއިރު، ގިނައީ 3000 މެމްބަރުން ހަމަނުވާ ޕާޓީތަކެވެ. އަދި ބައެއް ޕާޓީތަކުގައި ކުއްލި ގޮތަކަށް އަދަދު އިތުރުވި ގޮތާއި މެދު ބައެއް ބޭފުޅުން ސުވާލު އުފައްދާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: