ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީން ފޯމްތައް ޕްރޮސެސް ކުރުން ލަސްކުރާކަމަށް ބުނެ އެމްއާރުއެމްގެ ކަންބޮޑުވުން!

ރައީސް މައުމޫނާއި ފާރިސް މައުމޫން.. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި، މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އަށް ސޮއި ކުރި މީހުންގެ ފޯމުތައް ޕްރޮސެސް ކުރުން ލަސްވާކަމަށް ބުނެ އެ ޕާޓީން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރާއްޖޭގައި މިވަގުތު ރެޖިސްޓްރީކޮށް ހިންގަމުން ދާ 11 ސިޔާސީ ޕާޓީއެއްގެ ތެރެއިން 3،000 މެމްބަރުން ހަމަ ނުވާ ޕާޓީތަކަށް ދިން މުއްދަތު ހަމަވާތީ އެ ޕާޓީތައް އުވާލާނެކަމަށް އަންގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޓީ ފޮނުވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިސްލާހީ ހަރަކާތްތަކުގެ ދަށުން ރައީސް މައުމޫން އުފެއްދެވި އެމްއާރުއެމްއާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް އެވެ.

އީސީން ޕާޓީތަކަށް ނޯޓިސް ފޮނުވިއިރު މިއީ، އާއްމުންނަށް ނޭނގި ވަގަށް އެ މީހުން ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެކެވެ. އައި ބައެއް ޕާޓީތަކުން މެމްބަރުން ހަމަކޮށް، ގާނޫނުގައި ބުނާ އަދަދުގެ ދަށުން ދައުލަތުން ދޫކުރާ ފައިސާ ހޯދަނީ ވަގު ފޯމުތައް ހުށަހަޅައިގެންކަމަށް އެއް ޕާޓީން އަނެއް ޕާޓީއަށް ދަނީ ތުހުމަތު ކުރަމުންނެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރު ދައްކާ ގޮތުގައި، 10،000 މެމްބަރުން ހަމަވެ ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކުގެ ތެރޭގައި އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރަށް އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ ހިމެނެ އެވެ. މި ދެ ޕާޓީން މެމްބަރުން ހަމަ ކުރި ގޮތަކާއި މެދު އިދިކޮޅުން ސުވާލުތަކެއް އުފައްދާފައިވާއިރު މަސައްކަތްތެރިންގެ ހައްގުގައިކަމަށް ބުނެ އުފައްދާފައިވާ އެމްއެލްއެސްޑީ އަދި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް އުފައްދަވައިގެން އުޅުއްވާ ޕާޓީގައި 8،000 އަށް ވުރެ ގިނަ މެމްބަރުން ތިބި ގޮތާއި މެދު ބަހުސްތަކެއް ކުރެވުނެވެ.

ވަގު ފޯމުތައް ހުށަހަޅާނަމަ، އެ ޕާޓީއެއް ޖޫރިމަނާ ކުރުމަށް ނިންމައި އީސީން ވަނީ އެކަން ހާމަކޮށްފަ އެވެ. އެކަމަށް ބައެއް ޕާޓީން ދެކޮޅު ހަދާފައިވާކަން ފާހަގަ ކުރެވެ އެވެ.

ޕާޓީތަކާއި ގުޅުން ހުރި ގިނަ މަސައްކަތްތަކެއް އީސީން ކުރަމުންދާއިރު، އެމްއާރުއެމްއިން ބުނީ ޕާޓީގެ ގިނަ ފޯމުތައް ހުރީ ޕްރޮސެސް ނުކޮށް ކަމަށެވެ. މިހާތަނަށް 1،400 އަށް ވުރެ ގިނަ ފޯމް ހުށަހެޅިއިރު، 1،200 އަށް ވުރެ ގިނަ ފޯމް ޕްރޮސެސްނުވާ ކަމަށް ޕާޓީން ބުނެ އެވެ.

އެމްއާރުއެމްއިން ބުނީ މިދިޔަ މާޗް މަހު އެކަނި ވެސް، 700 ފޯމް ހުށަހަޅާފައިވާކަމަށާއި، ޕާޓީގައި 3،000 މެމްބަރުން ހަމަވާނެ އެވެ. އެކަމަކު ގިނަ ދުވަސްވެފައިވާ ފޯމްތައް ވެސް ހިމެނޭ ގޮތުން، ބައެއް ފޯމްތައް ޕްރޮސެސް ކުރުން ލަސްވާތީ އެކަން ކޮމިޝަންގެ މެމްބަރުންގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށް ބަޔާނުގައިވެ އެވެ.

އެހެންވެ ޕާޓީން އެދުނީ މި މަހުގެ 07 ގައި ފޯމުތައް ޕްރޮސެސް ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: