ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދާލަތު ޕާޓީއަށް ވުރެ ނުބައި، ޖައްބާރު ޕާޓީއެއް ނެތް: ރައީސް ޔާމިން

އިދިކޮޅުން ޕާޓީ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އަދާލަތު ޕާޓީއަކީ ދީނީ ޝުހުރަތު ނަގާ ކޮނޑަށް ލައިގެން ދީންވެރިކަމުގެ މަންޒަރުތަކެއް ރައްޔިތުންނަށް ދައްކުމަށްފަހު އެންމެ ހަރާންކޯރުކޮށް ކަންކަން ކުރާ މީހުންކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން ބޭއްވި ޖަލްސާގައި، ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ، ސަރުކާރަށް ތާއީދު ކުރިކަމަށް ފާހަގަކުރެވިފައިވާ ބައި ބޮޑު ނޫން ޕާޓީތައް މިހާރު، “ޑޮމިނޯތަކެއް” ވެއްޓިދާ ފަދައިން ސަރުކާރާއި ދުރުހެލިވަމުންދާކަން ފާހަގަކުރަމުން ރައީސް ޔާމިން ވިދާޅުވީ، އެ ޕާޓީތަކުގެ ތެރެއިން އެންމެ ފައްކާ ބަޔަކީ އަދާލަތު ޕާޓީކަމަށެވެ. އަދި އެމްޑީޕީ އަކީ “ލާދީނީ” ޕާޓީއެއްކަމަށް ދޭހަވާ މޭރުމަކުން ރައީސް ޔާމިން ވިދާޅުވީ، ދީނީ ޝުހުރަތު ނަގާ ކޮންޑަށް ލައިގެން ރައްޔިތުންނަށް ހަރާންކޯރުކޮށް އަމަލުކޮށް އެންމެ އިސް ސަފުގައި ތިބެ ލާދީނީ މަންހަޖެއް ގެންގުޅޭ ބަޔަކު ދިވެހި ރާއްޖޭގެ ވެރިކަމަށް ގެނައުމަށް އެންމެ އިސް ސަފުގައި ތިބީ އަދާލަތު ޕާޓީކަމަަށެވެ.

އަދާލަތު ޕާޓީއާއި މެދު އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ، އެ ޕާޓީއަށްވުރެން ޖައްބާރު އަދި “ޖާހިލު” ބައެއް ނެތްކަމަށެވެ. އަދި އަދާލަތު ޕާޓީއާއި އެއްވަރަށް ރައްޔިތުންނަށް އޮޅުވާލުމުގައި ކުރިއަރާފައިވާ ބަޔަކު ނެތްކަމަށް ފާހަގަކުރައްވާ ރައީސް ޔާމިން ވިދާޅުވީ، އެއްގޮތަކަށްވެސް އެ ޕާޓީގެ މަގުސަދަކީ ދީނީ ދަރުސްތަކެއްދިނުމާއި ދީނުގެ ކަންކަން ރައްޔިތުންނަށް އޮޅުން ފިލުވައިދީ އުނގެނުން ނޫންކަމަށެވެ. އެހެންކަމުން އަދާލަތު ޕާޓީއިން ކުރަމުންދާ މަސައްކަތަކީ “ސިޔާސީ ކުރިބޯއްޓެއް” ހާސިލުކުރުމުގެ މަސައްކަމަށް ރައީސް ޔާމިން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ޖަލްސާގައި އަދާލަތު ޕާޓީ އާއި މެދު ވާހަކަދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ، އިދިކޮޅުން ހިންގަމުންދާ “އިންޑިއާ އައުޓް” ހަރަކާތް ފަށައި ސިޔާސީ އެކި ޕާޓީތަކާއި ވެރިންނަށް އެކަމާއި ގުޅިގެން ސިޓީ ފޮނުވާފައިވާނެކަމަށެވެ. އަދި އަދާލަތު ޕާޓީއިން އެ ސިޓީއަށް ދިން ޖަވާބުގައި، އިންޑިއާ ސިފައިން ދިވެރާއްޖޭގައި ތިބިކަން ސާބިތުވެއްޖެ ހާލަތެއްގައި، ޕީޕީއެމްއަށް ވުރެން ކުރިން ނުކުމެ އެކަމާއި ދެކޮޅަށް ވަކާލާތުކޮށް “ޖިހާދު” ކުރާނެކަމަށް ބުނިކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އިދިކޮޅުން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަކީ، ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ކަނޑައަޅުއްވައި ރައީސުލްޖުމްހޫރިއްޔާ ގަރާރެއް ނެރުއްވާފައި ވަނީ، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަރަކާތް ހުއްޓުވަން ފުލުހުން ނިކުނަން ގޮވާލައްވާފައި ވަނިކޮށެވެ.

ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން ބޭއްވި ބައެއް ނޫސްވެރިންގެ ބައްދަލުވުންތަކުގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށް ކުރެވޭ ތުހުމަތުތަކަށް ކުރި ސުވާލުގެ ޖަވާބުގައި ވިދާޅުވީ މިއީ އިދިކޮޅުން ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް ކުރިޔަށް ގެންދާ ސިޔާސީ ހަރަކާތެއް ކަމަށާއި، ރާއްޖޭގައި އިންޑިއާގެ ނުފޫޒު އޮވެ ގައުމުގެ މިނިވަންކަމަށް ބުރޫ އަރާފަދަ އެއްވެސް ހާލަތެއް އޮތްކަމަށް ގަބޫލެއް ނުކުރާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: