ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖުގެ ފުރަތަމަ ގްރޫޕް މި މަހުގެ 26 ގައި ފުރުމަށް ހަމަޖެހިއްޖެ

ހައްޖު ކޯޕަރޭޝަނާ އެކު ބަޔަކު ހައްޖަށް ފުރަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު ހައްޖުވުމަށްޓަަކައި ފުރަތަމަ ރާއްޖެއިން ފުރުމަށް ކަނޑައެޅިފައިވާ ގުރޫޕު މިމަހުގެ 26 ވަނަ ދުވަހު ފުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ހައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިމަހުގެ 26 ވަނަ ދުވަހު ފުރާ ފުރަތަމަ ގުރޫޕްގައި 157 މީހުން ހައްޖަށް ފުރާނެ ކަމަށެވެ.

ސައުދީ ސަރުކާރުން ރާއްޖެއަށް މި އަހަރު 453 ކޯޓާ ދީފައިވާއިރު، މި ކޯޓާތައް ހާއްސަ ކުރެވިފައި ވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށެވެ. ނަމަވެސް ހައްޖު ކޯޕަރޭޝަނަށް ލިބިފައިވާ ޖުމްލަ ކޯޓާގެ ތެރެއިން 352 ޖާގައަށް ހައްޖަށް ގެންދަނީ އެ ކޯޕަރޭޝަނަށް ކުރިން ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން ކިއު ތަރުތީބުންކަމުގައިވާއިރު، ބާކީވާ ޖާގަތަކަށް މީހުން ގެންދަން ނިންމާފައިވަނީ އެ ޖާގަތަކަށް އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލާ މީހުން ގުރުއަތުން ނަގައިގެންނެވެ.

ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ކުރިއަށް އޮތް ހޯމަ ދުވަހުގެ މެންދުރުފަހު 2:30 އިން ހަވީރު 5:30 އަށެވެ. ގުރުއަތުން ހޮވުނުކަން އަންގާތާ ތިން ދުވަސް ތެރޭގައި ފައިސާ ދައްކަންޖެހެ އެވެ.

ހައްޖު ކޯޕަރޭޝަނުން އާންމުކޮށް ހުޅުވާލައިގެން ގުރުއަތުން ހޮވޭ ޖާގަތަކުގައި ހައްޖަށްދާ މީހުން 76،960 ރުފިޔާ ދައްކަންޖެހެ އެވެ. މިއީ މީގެ ކުރިން ނަގަމުން އައި އަދާއި ބަލައި ބޮޑު އަދަދެކެވެ.

ކޮވިޑް 19 އާއި ގުޅިގެން އައު އުސޫލުތަކެއް ވަނީ ކަނޑައެޅިފައެވެ. މި އުސޫލުގެ ދަށުން މިއަހަރު ހައްޖުވުމުގެ ފުރުސަތު ލިބޭނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ އުމުރުން 65 އަހަރުން ދަށުގެ މީހުންނަށް އެކަނިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: