ރިސޯޓުތަކުގެ ހިއްސާ ރައްޔިތުންނަށްވެސް ގަނެވޭނެ ފަދައިން އުސޫލުތައް ކަނޑައެޅުމަށް، ޓޫރިޒަމް ގާނޫނަށް ގެނައުމަށް ހަމަޖެހިފައިވާ އިސްލާހުގެ ތެރެއަށް އިތުރުކުރުމަށް ހުށައަޅާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބޮމްބޭ ސްޓޮކް އެކްސްޗޭންޖް (ބީއެސްއީ) ގެ އިސް ބޭފުޅުން ދިވެހި ރިސޯޓުތަކުގެ ހިއްސާ ގަނެ ވިއްކާ އުސޫލުތައް ބަދަލުކުރުމަށް ފެންނަކަމަށް އެ ގައުމަށް ޒިއާރަތް ކުރި ނޫސްވެރިންގެ ގާތުގައި ބުނުމާއި ގުޅުވައި ޓްވީޓެއް ކުރައްވައި އިބްރާހިމް ރަޝީދު ވިދާޅުވީ، ރިސޯޓުތަކުގެ ހިއްސާގައި ނުވަތައް ރާއްޖޭގެ ހިއްސާގެ ބާޒާރުގައި އާންމުން ބައިވެރިވެ ހިއްސާތައް އިތުރުކުރަން އެކަމާއި ބެހޭ ވުޒާރާ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ވެސް ތަކުރާރުކޮށް ރައްޔިތުންގެ މަޖިލީހަށް ލަފާ އަރުވަމުންދާކަމަށެވެ. އަދި ޓޫރިޒަމްގެ ގާނޫނަށް ގެނައުމަށް ކަނޑައެޅިފައިވާ އިސްލާހުތަކުގެ ތެރޭގައި އެކަންވެސް ހިމެނުމަށް ހުށައަޅާނެކަމަށްވެސް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
ރިސޯޓު ހިއްސާގައި ނުވަތަ ހިއްސާގެ ބާޒާރުގައި ރައްޔިތުންގެ ހިއްސާ އިތުރުކުރަން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ( ސީއެމްޑީއޭ) އިން ވެސް ތަކުރާރުކޮށް މަޖިލީހަށް ދަނީ ލަފާދެމުން. ޓޫރިޒަމް ގާނޫނަށް މިފަހަރު ގެންނަ އިސްލާހުގައި މި ފުރުސަތު އިތުރުކުރަން ހުށަހަޅާނަން . https://t.co/1gtjWZMTt6
— Ibrahim Rasheed (@BondeM4) June 4, 2022
ދިވެހި ނޫސްވެރިން މިދިޔަ ހަފްތާގައި އިންޑިއާއަށް ކުރި ދަތުރުގެ ތެރެއިން ބޮމްބޭ ސްޓޮކް އެކްސްޗޭންޖް އަށް ޒިޔާރާތް ކުރުމުން އެތަނުގެ އިސް ބޭފުޅުންނަށް އެންމެ ބޮޑު ހައިރާންކަމެއް ގެނުވި ކަމަށްވެގެންދިއައީ، ރާއްޖޭގައި ބިލިއަން ޑޮލަރުގެ ޓުރިޒަމް އިންޑަސްޓްރީއެއް އޮތް ނަމަވެސް ހިއްސާގެ ބާޒާރު ފުޅާވެފައިނެތްކަމުގެ ވާހަކަތައް އިވިދިއުމުންނެވެ. އަދި ދުނިޔޭގެ ބޮޑެތި އެތައް ކުންފުންޔަކުން ދިވެހި ރާއްޖެއަށް އިންވެސްޓްކޮށްގެން ތިބި ކަމަށްވާއިރު، އެފަދައިން ދިމާވެފައި ވަނީ ކީއްވެގެންތޯވެސް އެ ބޭފުޅުންގެ ތެރޭގައި ސުވާލުތައް އުފެދިގެންދިއައެވެ.
ދިވެހި ނޫސްވެރިންނާއި މި ވާހަކަތަކުގައި ހިއްސާވެފައިވަނީ، ބީއެސްއީގެ ޗީފް ފައިނޭންޝަލް އޮފިސަރު ސްރީ ނަޔާން މެހުތާ، އަދި އެނާ ވަނީ، ދިވެހި ރާއްޖޭގެ ހިއްސާގެ ބާޒާރު އާ ހަރުފަތަކަށް ގެންދެވޭނެ ގޮތްތައް އެނާގެ ތަޖުރިބާގެ އަލީގައި ހިއްސާކޮށްފައި އެވެ. އެހެންކަމުން ނަޔާން ވިދާޅުވީ، އެނާއަށް ފެންނަަ ގޮތަށް ނަމަ، ދިވެހި ރާއްޖޭގެ ހިއްސާގެ ބާޒާރު ވަރުގަދަ ކުރެވިގެން ދާނީ، ފަތުރުވެރިކަމުގެ ސިނާއަތުގެ މައްޗަށް ބިނާކޮށެވެ. ހާއްސަ ގޮތަކަށް އެނާ ފާހަގަކޮށްފައި ވަނީ، ރިސޯޓުތައް ތަރައްގީކޮށްގެން ހިންގަމުންދާ ކުންފުނިތަކުގެ ހިއްސާތައް ވަކި މިންވަރަކަށް އާންމުންނަށް ވިއްކައިގެންކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިކަމަށް ގާނޫނީ ގޮތުން މަޖުބޫރު ކުރުވަން އެނާ ވަނީ ލަފާތަކެއް ދީފައިއެވެ.
ރިސޯޓުތަކުން ހިއްސާތަކެއް ވިއްކަން އެއްބަސް ކުރުވުމަކީ އުންދަގޫކަމެއްކަން އިންގިލައްވާކަމަށްވީ ނަމަވެސް އެނާ ވިދާޅުވީ، އެކަން ކުރެވިެއްޖެނަމަ، އާންމުންގެ ބައިވެރިވުން ފަތުރުވެރިކަމުގެ ސިނާއަތުގައި ބޮޑުވެ އެކަމުގެ ފައިދާ ޝަމިލުވާ އެންމެހާ ފަރާތްތަކަށްވެސް ލިބިގެންދާނެކަމަށެވެ.

