ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް ގެނައި ސަސްޕެންޝަން އުވާލަން ހުށަހަޅަނީ!

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދަައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު ގެ 32 ވަނަ މާއްދާގެ (ހ)،(ރ) އަދި (ބ) އަށް އަމަލުކުރުން ސަރުކާރަށް އިސްތިސްނާވެވޭނެ ފަަދައިން ރައްޔިތުންގެ މަޖިލީހުން ހުއްދަ ދީފައިވުން ނިމުމަކަށް ގެނައުމަށް ގޮވާލައި އިދިކޮޅުން ބިލެއް ހުށައަޅައިފިއެވެ.

އިދިކޮޅުގެ ފަރާތުން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ހުށައެޅި ބިލުގައި ވާގޮތުން އިސްވެ ބަޔާންކޮށްފައިވާ ގާނޫނުގެ މާއްދާތަކަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވަނީ، ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ކަމަށްވީނަމަވެސް މިހާރު ރާއްޖޭގެ ހާލަތު އާންމު ހާލަތަކަށް ބަދަލުކޮށް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފައިވާތީ މިހާރު އެ މާއްދާތައް ސަސްޕެންޑްކޮށްފައި އޮތުމަކީ ބޭނުންތެރި ކަމެއްގެ ގޮތަށް ނުފެންނަކަމަށެވެ. އަދި އެ މާއްދާތައް ހިފަހައްޓާފައި އޮތުމުގެ ސަބަބުން  ފިނޭންސް މިނިސްޓްރީއިން ކުރަމުންދާ މަސައްކަތްތައް މޮނީޓަރ ކުރުމުގެ ފުރުސަތު ތިންވަނަ ފަރާތަކަށް ލިގެންނުދާކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ތިންވަނަ ފަރާތަކަށް މިނިސްޓްރީ އޮފް ފިނޭންސްއިން ކުރަމުންދާ މަސައްކަތްތައް ސާފުނުވާކަން ފާހަގަކޮށް އިދިކޮޅުން ހުށައަޅާފައިވާ ބިލުގުއިވާގޮތުން، ކަން މިފަދައިން އޮތުމުގެ ސަބަބުން، ކޮރަޕްޝަންގެ އަމަލުތަކަށް މަގުފަހިވެގެންދެއެވެ. އަދި ސަރުކާރުން ބޭނުންވާ އުސޫލުތަކެއްގެ މަތިން ރައްޔިތުންގެ ބަހެއް ނެތި ބޮޑެތި ލޯނުތައް ނަގައި، އެ ލޯނުތަައް ދެއްކުމަށް ލޯނު ނަގައި، އިގްތިސޯދަށް ބޮޑެތި ނުރައްކާތައް ކުރިމަތިވާނެ ފަދަކަންކަން ކުރުމުގެ ފުރުސަތު އޮތްކަމައްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި މިފަދަ އަމަލުތަކެއްގެ ސަބަބުން ދިވެހި ރާއްޖެއަށް އިއާދަ ނުކުރެވޭނެފަދަ ބޮޑެތި ގެއްލުންތަކެއް ލިބިގެންގޮސްދާނެކަމުގެ ބިރުހީވެފައި އޮތުމުން، ކޮވިޑްގެ ހާލަތާއި ގުޅުވައި ހިފެހެއްޓިފައިވާ ގާނޫނީ މާއްދާތަކަށް އަލުން އަމަލު ކުރަން ފެށުމަށްވެސް އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

ސައީދު ހުށައެޅި ގަރާރުގައި މިފަދައިން ފާހަގަކޮށްފައިވާ އިރު، އެކި ފަރާތްތަކުންދަނީ ދިވެހި ރާއްޖޭގެ މާލީ ހާލަތު ގޯސްވެފައިވާކަމުގެ އިޝާރާތްތައް ކުރަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ، އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއެޕް ގުރޫޕުގައި މާލީ ރިޒާވް ހުސްވެދާނެކަމުގެ އިންޒާރެއް ދީފައިކަން ފާހަގަކޮށްލެވެއެވެ. އަދި ދިވެހި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރ، ދިވެހި ރާއްޖޭގެ ދަރަނިތައް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައިވާއިރު، ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވަނީ، ހަރަދުތައް ކުޑަކުރުމަށް ރައްޔިތުންނަށް އިލްތިމާޒް ކުރައްވާފައިކަންވެސް ފާހަގަކޮއްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: