ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުލައި މަސް ނިމޭއިރު އަސާސީ ބޭނުންތަކުގެ ފައިސާ ރިޒާވްގައި ހުންނާނެ މިންވަރު ހޯދަނީ!

ރައްޔިތުން މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރުދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ---- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުލައި މަސް ނިމިގެންދާ އިރު، ސަރުކާރަށް ބޭނުންކުރެވޭނެ ފަދައިން ދައުލަތުގެ ރިޒާވްގައި ކާޑު، ތެލުގެ، އަދި ބޭހަށް ބޭނުންވާނެ ފައިސާ ހުންނާނެތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހުށަހަޅުއްވައިފި އެވެ.

ދިވެހި ރާއްޖޭގެ ވަޒީރުންނާ ސުވާލު ކުރުމަށް އޮންނަ ނޯޓިސް ފޮނުވައި އީވާ ވިދާޅުވީ 2022 ވަނަ އަހަރުގެ ޖޫން މަސް ފެށިގެންދިޔަ އިރު، ދިވެހިރާއްޖޭގެ ބޭރު ފައިސާ ރިޒާވްގެ ތެރެއިން ސަރުކާރަށް ބޭނުންކުރެވޭނެ ކަމަށް ކަނޑައެޅިފައި ވަނީ 317 މިލިއަން ޑޮލަރުކަމަށްވާއިރު، ޖޫން މަހާއި ޖުލައި މަހުގެ ތެރޭގައި މި ފައިސާއިން 130 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދަރަނިތައް އަނބުރާ ދެއްކުމަށް ހޭދަކުރަން ޖޭއިރު، މިދެމަހު ބަޖެޓްކޮށްފައިވާ ޑެފިސިޓަކީ 150 މިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެއް ކަމަށެވެ. އަދި ދިވެހި ރާއްޖޭގެ މާލީ ކަންކަން މިފަދައިން އޮތް ދަނޑިވަޅެއްގައި، ކުރިއަށް އޮތް ޖުލައި މަސް ނިމިގެންދާއިރު، ސަރުކާރަށް ބޭނުންކުރެވޭނެ ފަދައިން ކާޑު، ތެޔޮ އަދި ބޭސް ފަރުވާގެ ސާމާނު ފަދަ ޒަރޫރީ އާލާތްތައް ހޯދާނެ ކިހާ ފައިސާއެއް ހުންނާނެތޯ ސާފުކޮށް ދިނުމަށް އީވާ ހުށަހެޅުއްވި އެވެ.

 

ދައުލަތުގެ ރިޒާވާއި މެދު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ސުވަލު ކުރުމަށް އީވާ ހުށަހެޅުއްވިއިރު، ދާދި ފަހުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ، ގައުމުގެ ދަރަނިތައް އިތުރުވަމުން ދިއުމާއި ގުޅިގެން ވާހަކަދައްކަވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހި މާލިއްޔާތަށް އަދި ދުނިޔޭގެ މަޝްރަހަށާއި އިގްތިސޯދަށް އަންނަ ބަދަލުތަކުގެ އިތުރުން އަވައްޓެރި ސްރީލަންކާއަށް ދަރަނީގެ ސަބަބުން ދިމާވެފައިވާ ހާލަތަށް ވިސްނައި، ރާއްޖޭގެ ތަރައްގީއަށް ސަރުކާރުން ހިންގަމުންދާ ބޮޑެތި މަޝްރޫއުތައް މި ދަނޑިވަޅުގައި މަޑުޖައްސާލުމަށް އެ މަނިކުފާނަށް ފެނިވަޑައިގަންނަކަމަށެވެ. އަދި ބްރިޖު އެޅުން ފަދަ މަސައްކަތްތަކަށް އިޝާރާތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، މި ދަނޑިވަޅަކީ ކޮންކްރީޓްގެ މަސައްކްތައް ކުރިއަށްގެންދަން އެންމެ މުނާސަބު ވަގުތު ކަމަށް ދެކިވަޑައިނުގަންނަކަމަށެވެ.

ރާއްޖޭ ބަނގުރޫޓުވާ ހާލަތަށް ގޮސްދާނެކަމަށް ބުނެ ދެކެވޭ ވާހަަކަތައް ދޮގުކޮށް އަމީރު ވިދާޅުވީ، އިގްތިސާދީ ހާލަތު ދަށްވެ، ރާއްޖޭގެ ދަރަނީގެ ނިސްބަތް އިތުރުވެފައި ވީ ނަމަވެސް އެ އަނބުރާ ދެއްކުމުގައި އެއްވެސް ގޮންޖެހުންތަކެއް ނެތްކަމަށެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓާގެ ތަފާސްހިސާބު ރިޕޯޓު ދައްކާގޮތުގައި، ރާއްޖޭގެ ދަރަނި ހަތަރު މަހުގެ ތެރޭގައި 4 ބިލިއަން އިތުރުވި އެވެ. މިއާއި އެކު ރާއްޖޭގެ ޖުމްލަ އަދަދު 98 ބިލިއަނަށް އަރާކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: