ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯލިޝަނަކުން ނޫންގޮތަކަށް އިންތިހާބު ކާމިޔާބު ނުވާނެކަން ރައީސް ސޯލިހު ގަބޫލު ކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިިހާބުގައި ކޯލިޝަންއަކާއި އެކު ނޫންގޮތަކަށް ކާމިޔާބު ނުކުރެވޭނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަބޫލު ކުރައްވައިފި އެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ގިނަ ކެނޑިޑޭޓުން ވާދަކުރާނެކަމަށް ބެލެވޭއިރު، ވެރިކަން ކުރާ އެމްޑީޕީގެ އެތެރޭގައި އޮތީ ވަރަށް ބޮޑެތި ހިޔާލުތަފާތުވުން އުފެދިފަ އެވެ. ހާއްސަކޮށް އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ރައީސް މުހައްމަދު ނަޝީދަށް އެ ފުރުސަތު ނުލިބޭނެކަމަށް ދޭހަވާ މޭރުމަކުން ޕާޓީގެ އެތެރޭގައި ވާހަކަތައް ދެކެވޭއިރު ރައީސް ސޯލިހު ވަކީން ނިކުމެ އިންތިހާބު ކާމިޔާބު ކުރަން އުނދަގޫވާނެ އެވެ.

ވެރިކަމަށް ހަތަރު އަހަރުވާން ގާތްވެރިވާއިރު، ކޯލިޝަން ދަމަހައްޓައި ޕާޓީތަކުން ލޮބީ ކުރާ ކަންކަން ސަރުކާރުން ކުރައްވަނީ މި ސަބަބާއި ހުރެކަމަށް ބެލެވެ އެވެ. އަދި ރައީސް ސޯލިހާއި، އެމަނިކުފާނާއި އަރިސް މެމްބަރުން ކޯލިޝަނުގެ ވަޒީރުން ވަރަށް ބޮޑަށް ދިފާއު ވެސް ކުރައްވަ އެވެ.

ޕްރެސް އެއް ނުބާއްވާތާ ނުވަ މަސް ފަހުން މިއަދު މީޑިއާތަކާއި އެކު އޮތް ބައްދަލުވުމުގައި، ނޫސްވެރިއެއްގެ ސުވާލަށް ރައީސް ވިދާޅުވީ އެންމެ މުހިންމީ އެމްޑީޕީ އިތުރު ދައުރަކަށް ހޮވި، ވެރިކަމަށް އައުން ކަމަށެވެ. އަދި ހިނގަމުންދާ މަޝްރޫއުތަކަށް އެއްވެސް މަޑުޖެހުމެއް ނައިސް ކުރިޔަށް ދިއުމުގެ ފުރުސަތު ދޭން ޖެހޭކަމަށް އިޝާރާތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، އެއްވެސް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެކަން ކަމަށާއި ގިނަ ޕާޓީތަކެއް އެކުވެގެން ނޫނީ ވެރިކަމަށް ނާދެވޭނެކަމަށެވެ.

“އަޅުގަނޑު ދޭނެ ޔަގީން ކަމަކީ… ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތްކަމުގެ ވާހަކަ 2023 ގެ ރިޔާސީ އިންތިހާބުގައި” ރައީސް

ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީ އިސްވެ އޮވެ ކޯލިޝަނަކާއިއެކު ނުކުމެވަޑައިގެން އެ މަނިކުފާނަށް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

އެމްޑީޕީއިން އެކަނި ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް ނިންމާނީ ޕާޓީގެ ކޮންގްރެސްއިންކަމަށެވެ. އަދި 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ޗޮއިސްއަކީ އެމަނިކުފާނުކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: