ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްގެ 5 ސުވާލެއް އީސީއަށް!

އިދިކޮޅުން ޕީޕީއެމް ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ނުފޫޒު ފޯރުވައިގެން ޕީ.ޕީ.އެމް ބަދުނާމުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދައްކަމުން ގެންދާ ވާހަކަތައް ކުށްވެރިކޮށް 2021 އޮކްޓޯބަރ 1 އިން ފެށިގެން ޕީ.ޕީ.އެމް ގެ 5000 އަށް ވުރެ ގިނަ މެންބަރުން ވަގަށް ނަގާ އެހެން ޕާޓީތަކަށް ބަދަލުކޮށްފައިވާ މައްސަލަ އިލެކްޝަންސް ކޮމިޝަނާއި ރައްޔިތުންގެ ސަމާލުކަމަށް ގެނެސް އެކަމުގައި އިންސާފު ހޯދުމަށް ޕީޕީއެމް ޕީއެންސީގެ ކޯލިޝަނުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އަޅާ، އެވާހަކައިގެ މިސްރާބު އެހެން ދިމާއަކަށް އަނބުރާލުމަށް ސަރުކާރުން އަންގައިގެން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދާކަމަށް ބުނެ ޕީޕީއެމްގެ ފަރާތުން 5 ސުވާލެއް އިލެކްޝަސްކޮމިޝަނަށް އަމާޒުކޮށްފިއެވެ.

  1. 2018 އިން 2022 އާއި ދެމެދު 391 ވަގު ފޯމު ޕީ.ޕީ.އެމް ގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ވައްދާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނަމުން ގެންދަނީ ކިހާވަރަކަށް ބައްލަވާފަތޯ؟
  2. އެއީ ކޮން އަސާސެއްގެ މައްޗަށް ބުރަވެ ދައްކާ ވާހަކައެއްތޯ؟
  3. އަދި އެއީ 2018 އިން 2022 އަށް ހުށަހަޅާފައިވާ ފޯމުތަކުން ނަގާފައިވާ ޢަދަދުތަކެއްތޯ؟
  4. މި ޢަދަދު ހާމަކޮށްފައި އެވަނީ އެކަމުގެ ޖިނާޢީ ތަޙުޤީޤެއް ހިންގުމަށް ފަހުތޯ؟
  5. ނުވަތަ އެފަރާތްތަކުގެ ފިނގަރޕްރިންޓް ވެރިފައި ކުރުމަށްފަހުތޯ؟

 ބަޔާނުގައި ވަނީ މި މަޢުލޫމާތުތައް ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފައެވެ. އަދި ހަމަ އެއާއެކު 2018 އިން 2022 އަށް ޕީ.ޕީ.އެމް އިން 391 ވަގު ފޯމު ހުށަހަޅާފައިވާކަމަށް އިލެކްޝަންސް އިން ބުނާއިރު، އެ ފަރާތްތަކުގެ މަޢުލޫމާތާއި އެމީހުން ހުށަހަޅާފައިވާ ޝަކުވާތައް ޕީ.ޕީއެމް އަށް ފޮނުވާދިނުމަށްވެސް ވަނީ ގޮވާލާފައެވެ.

ޕާޓީތަކުގެ މެންބަރުން ވަގަށް އެހެން ޕާޓީތަކަށް ވައްދާކަން އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް ގެނެސް އެކަން ޙައްލު ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އެއްބާރުލުން ދީ އެންމެ ބޮޑު މަސައްކަތެއް ކުރާ ޕާޓީ އާއި މެދު ޒާތީވެ ބަދުނާމު ކުރަން ފަށާފައި މިވަނީ މިކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން އަންގައިގެން ކަމަށް ޕީޕީއެމްއިން ބުނެފައިވެއެވެ. އަދި އެއީ 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ސަރުކާރާއި ސަރުކާރާ ވާގިވެރިވާ ފަރާތްތައް ރުއްސުމުގެ ޢަމަލެއް ކަމުގައިވެސް ބެލެވޭކަމަށްވެއެވެ.

މީގެ އިތުރުން ޕީޕީއެމް ގެ މެންބަރުން ވަގަށް ނަގާފައިވާ މައްސަލައިގެ ޖިނާޢީ ތަޙުޤީޤެއް ހިންގައި، ވަގަށް ނަގާފައިވާ ޕީ.ޕީ.އެމް ގެ މެންބަރުން އިތުރު ފޯމެއް ފުރުމެއް ނެތި، އަނބުރާ ޕީ.ޕީ.އެމްގެ ދަފްތަރުގައި ހިމަނައިދިނުމަށް އިލެކްޝަނސް ކޮމިޝަންގައި މިކޯލިޝަނުގައި ޕީޕީއެމްގެ ފަރާތުން އަންނަނީ އެދެމުންނެވެ. އަދި ބަޔާނުގައި ވަނީ މި އެދުން ތަކުރާރު ކުރާކަމަށެެވެ..

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: