ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

‘އެއްކޮޅުން ބުނަނީ ބޮޑު ތަދު އެބަ އާދެޔޭ، އަނެއްކޮޅުން ބުނަނީ ހޯހޯއޭ ހާސް ނުވާށޭ’

ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންވުމުން އެމަނިކުފާނަށް މަރުހަބާ ކިއުމަށް ކާނިވާގައި ބޭއްވި ޖަލްސާގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްކޮޅުން ބޮޑު ތަދު އަންނަން އުޅޭކަމަށް ވިދާޅުވާއިރުވެސް އަނެއްކޮޅުން ބުނަނީ ހާސްނުވަންކަމަށާއި މިހެންކަމުން ރައްޔިތުން ތިބީ އޮޅުވާލުމެއްގެ ތެރޭގައިކަމަށް އިދިކޮޅުގެ ލީޑާ ކުރީގެ ރައީސް އަބްދްﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމް އޮފީހުގައި “މަވެސް ޕީޕީއެމް” ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ އިގްތިސާދީ ގޮތުން ރާއްޖެ އައިސްފައިވާ ހީނަރުކަަމަށް އަލިއަޅުއްވާލައްވައި އެކަމަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުކޮށްފައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގައި މިހާރު ހުންނެވި ބޭފުޅާ އެއް މައްސަލައަކާއި ގުޅިގެން ދައްކަވާ ވާހަކަ އުޑާ ބިމާހާ ތަފާތުކަމަށާއި އެކަމާއި ގުޅިގެން ބައެއް ރައްޔިތުންނަށް އެތައް އޮޅުންތަކެއް އަރާކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ބައެއް ފަހަރު ރައީސް ޞާލިހް ދުނިޔެ ބޮޑު ތަދަކާ ދިމާލަށް ދާ ވާހަކަ ވިދާޅުވާކަމަށާއި އެހެންކަމުން ދިވެހިރާއްޖެވެސް ބޮޑު ތަދަކާ ދިމާލަށް ދާތީ ހުރިހާ ފަރާތްތަކުންވެސް ހަރަދު ކުޑަކުރަން ވިދާޅުވާކަމަށާއި ނަމަވެސ ދެން އެއާ ޖެހިގެން ވިދާޅުވެފައިވަނީ ” ހޯހޯއޭ އެކަމު ދިވެހި ރައްޔިތުން ހާސް ނުވާށޭ” ކަމަށެވެ.

އެހެންކަމުން މިހާ ހިސާބަށް ކަންތައް ދިޔުމުން ބްރައިން ޓިއުމާ ހުރީ ކިހާ ހިސާބެއްގައިތޯ ސުވާލުއުފެދޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މި ސުވާލު އެމަނިކުފާނާއި ކުރެއްވިކަމަށާއި އެހެންވެ އެމަނިކުފާނުވެސް ދެކިވަޑައިގަންނަވަނީ މި ސުވާލު ރައީސް ސާލިޙާއި ކުރުން ޖާއިޒްކަމަށްކަމުގައި ވިދާޅުވިއެވެ. އަދި ސަބަބަކީ ދައްކަވާ ވާހަކައިންނާއި މަސައްކަތްޕުޅުން އެމްނީޒިއާގެ ސިމްޓޮމްސް ފެންނާތީކަމުގައި ފާހަގަކުރައްވާ ވިދާޅުވީ ވާހަކައިގެ ރާގު ބަދަލުވާތަން ފެންނާތީ މިހެން ހީފުޅުވާކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ހިދުމަތްކުރެއްވުމުގައި އެކި މީހުންގެ ހުންނާނީ އެކި ވައްޓަފާޅިކަމަށާއި އެއީ އެއްގޮތަކަށްވެސް އެމަނިކުފާނު ފާޑު ވިދާޅުވާނެކަމެއްނޫންކަމަށެވެ. ނަމަވެސް އޮޅުޥާލުމާއި ދޮގު ހެދުމާއި މިފަދަ ކަންތައްތައް ކުރައްވާކަމުގައި ވަނީނަމަ މިއަށް ޖަވާބުދާރީވާން ޖެހޭނެކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ފާހަގަކުރެއްވީ ވަލީއުލްއަމްރަކަށް ހުންނަވާ ބޭފުޅަކު ވަޑައިގެން ބޮޑެތި “ގްލޭމަރިން” ކަންތައްތަކުގައި ދޮގު ހެދީމައި ކަމު ނުދާކަމުގައެވެ. ރައީސުލްޖުމްހުރިއްޔާއަށް ހުންނަވާ ބޭފުޅަކަށް ދޮގު ހެދުމުގެ ހައްގު ލިބިދީފައި ނޯންނާނެކަމަށާއި ރައްޔިތުންނަށް ސާފު ބަހުން ކަންތައްތައް އޮޅުންފިލުވައި ދޭންޖެހޭނެކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ. އެއީ މިފަދަ ދޮގުތައް ހެއްދެވުމުން ސަބަބުން އޭގެ ހުރިހާކަމެއް އިހްސާސް ކުރަންޖެހެނީ ރައްޔިތުންކަމުގައިވީތީކަމަށް ވިދާޅުވި

ރައީސް ޔަމީން މިފަދައިން ވާހަކަދައްކަވާފައި މިވަނީ ނުވަ މަސް ދުވަހަށް ފަހު ރައީސް ސޯލިހް ބޭއްވި ނޫސްވެރިންރާއްޖޭގެ އެކިއެކި ކަންކަމާޢި ގުޅިގެން ކުރެއްވި ސުވާލުތަކުގައި އިތުރުފުޅު ހެއްދެވުމާއި އޭގެ އިތުރުންވެސް ރާއްޖެ ދަރަނީގެ ސަބަބުން ބަގުރޫޓު ވެދާނެކަމަށް ބުނެ ބައިނަލްއަގުވާމީ މާލީ އިދާރާތްތަކުން ރާއްޖެއަށް ދީފައިވާ އިންޒާރާއި ގުޅިގެން ރައީސް ސާލިހާއި މިކަމާއިބެހޭ އިދާރާތްތަކުގައި ތިއްބެވި އިސް ބޭފުޅުން ދައްކަވަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.

ރާއްޖޭގެ މަލީ ރިޒާވް ދަށަށް ގޮސް އިގްތިސާދު ވެއްޓިދާނެކަމުގެ އިންޒާރުދީފައިވީނަމަވެސް ސަރުކާރާއި އިގްތިސާދާއި ބެހޭ ވަޒީރުން ވިދާޅުވަމުން އަންނަނީ މިފަދަ ހާލަތެއް ރާއްޖެއަށް ކުރިމަތި ނުވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: