ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހު މާމިގިއްޔަށް ދިޔައީ، އަމިއްލަ ބޭނުމަކު؟

ރައީސް ސޯލިހާ އަދި ޖޭޕީގެ ލީޑަރު ގާސިމް ބައްދަލުކުރައްވަނީ: ފޮޓޯ/ ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާމިގިއްޔަށް ކުރެއްވީ އަމިއްލަ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނުމަބުރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މާމިގިއްޔަށް ކުރެއްވި ނުރަސްމީ ދަތުރުފުޅާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިފަދައިން ވިދާޅުވެފައިވާއިރު، ޖުމުހޫރީ ޕާޓީގެ ޕޮލިޓިކަލް އެޑްވައިޒަރު، އިލްހާމް އަހުމަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގު، ޖޭޕީގެ އިސް ލީޑަރު ގާސިމާއި ގުޅޭ ގޮތުން ދައްކަވަނީ ހިޔާލީވާހަކަތަކެއް ކަމަށެވެ. އަދި އެކަމަކީ ކަނޑައެޅިގެން ދޮގެއްކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ސަންގުޓީވީއިން ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހާއި މިކަމާއި ގުޅިގެން ސުވާލުކުރުމުން އެނާ ވިދާޅުވީ، ރައީސް ސޯލިހު، މާމިގިއްޔަށް ވަޑައިގަތީ، ރައްޓެހިކަމުގެ ގުޅުމުގެ ދަށުންކަމަށެވެ. އަދި މި ބައްދަލުވުންތައް ބޭއްވުމަށް އިސްވެ އެދިވަޑައިގަތީ ކޮންފަރާތަކުންތޯ ސުވާލުކުރުމުން އަލީ ސޯލިހު ވިދާޅުވީ، އެއީ ރެލަވަންޓް ސުވާލެއް ނޫންކަމަށެވެ.

މީގެ އިތުރުން ޖޭޕީއިންވަނީ މި ބައްދަލުވުމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހާމަކުރަން ދެކޮޅުހަދާފައިއެވެ. އަލީ ސޯލިހު ވިދާޅުވީ، ހާމަކުރަން ޖެހޭ ވަގުތު އައުމުން އިތުރައް މައުލޫމާތު ހިއްސާ ކުރައްވާނެކަމަށެވެ.

ރައީސް ސޯލިހު 2023ގެ އިންތިހާބުގައި ކުރިމަތިލައްވާނެކަމަށް އިއުލާނުކުރެއްވުމަށް ފަހު، މާމިގިއްޔަށް ވަޑައިގެންފައިވަނިކޮށް، ތޯރިގު ކުރެއްވި ޓްވީޓްތަކުގައިވަނީ، ޖޭޕީގެ އިސް ލީޑަރު ގާސިމް އިބްރާހިމް، ރައީސް ސޯލިހުގެ ރަނިންގމޭޓްގެ މަގާމަށް ކަނޑައެޅިފައިކަމަށް ވިދާޅުވެފައިއެވެ. އަދި ޖޭޕީއިން ވަނީ އެވާހަކަތައް ދޮގުކޮށްފައިއެވެ.

ވެރިކަން ކުރާ ކޯލިޝަންގެ ބައްދަލުވުމެއް ރަސްމީ ސިފައިގައި ކުރިއަށްގެންގޮސްފައިނުވާތާ އެތަކެއް ދުވަހެއްވަނީ ވެފައިއެވެ. އަދި ރައީސް ސޯލިހު މިހާރު ޖޭޕީއާއެކީ ކުރިއަށް ގެންދާ ބައްދަލުވުންތަކަކީ، ކޯލިޝަންއެއް ހެއްދަވުމުގެ މަގުސަދުގައި ކުރައްވާ ކަމެއްކަމަށް އެކި ފަރާތްތަކުން ބުނަމުންދިއަނަމަވެސް، ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ، މިހާރު ހިންގަވަމުންދާ ބައްދަލުވުމަކީ ކޯލިޝަން ބައްދަލުވުންތަކެއް ކަމަށް ގަބޫލު ނުކުރެވޭކަމަށެވެ.

އެތަކެއް މަސްތަކަކަށްފަހު ނޫސްވެރިންނާއި ބައްދަލުކޮށް ރައީސް ސޯލިހުވަނީ، އެ މަނިކުފާނު ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެކަމަށް ވިދާޅުވެފައިއެވެ. އަދި އެމްޑީޕީއަށް އެކަނި ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަމަށާއި، އެހެންނަމަވެސް ކޯލިޝަނަކާއިއެކު، އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެކަން ޔަގީންވެލައްވާކަމަށްވެސް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ނޫސްވެރިންނާއި ބައްދަލުކޮށް ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ ވެރިކަމަށް ތިރީސް އިންސައްތައް ވޯޓުލިބިގެން ބޭފުޅަކު ހޮވިވަޑައިގަތުމަށް ތާއީދު ނެތްކަމަށެވެ.އަދި އެ މަނިކުފާނު ތާއީދު ކުރައްވަނީ، ރައްޔިތުންގެ 50 އިންސައްތަ ވޯޓާއިއެކު ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާގެ މަގާމަށް ބޭފުޅަކު އައްޔަނުވުމަށް ކަމަށެވެ.

ރައީސް ސޯލިހު ރިިޔާސީ އިންތިހާބުގައި ކުރިމަތި ލައްވާނެކަމަށް އިއުލާނުކުރުމުން، ރައީސް ނަޝީދު ވަނީ ފާޑު ވިދާޅުވެފައިއެވެ. ރައީސް ނަޝީދު ވިދާޅުވީ މިވަގުތަކީ، އަމިއްލަ އެދުން އިސްކޮށް، ވެރިކަމަށް ފައިނަގަންވީ ވަގުތު ނޫންކަމަށް، އަދި މިދަނޑިވަޅަކީ، ރައްޔިތުނާއި ގައުމުގެ މަސްލަހަތަށް ވިސްނައި އެކަމަށް މަސައްކަތްކުރަންވީ ވަގުތު ކަމަށްވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: