ބެންކޮކް އެއާވޭސްގެ ދަތުރުތައް އަލުން، ދިވެހިރާއްޖެއަށް ކުރަން ފެށުމަށް ނިންމައިފިއެވެ.
ދިވެހިން އަންމުކޮށް ދަތުރުކުރާ ގައުމެއް ކަމަށްވާ ތައިލޭންޑްގެ ބެންކޮކް އެެއަރވޭސްއިން މީގެކުރިން ހަފްތާ އަކު ހަތަރު ދަތުރު، އެ ގައުމުގެ ވެރި ރަށް ބެންކޮކުން ރާއްޖެއަށް ކުރަމުން ދިޔަނަމަވެސް، ކޮވިޑް 19ގެ ބަލިމަޑުކަމުގެ ސަބަބުން 2020ވަނަ އަހަރު މާޗް މަހުގައި އެ ދަތުރުތައް ވަނީ ހުއްޓާލެވިފައިއެވެ.
ބެންކޮކްގެ ސުވަރނަބޫމީ ސުވަނަބަމީ އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާއިރު، ކޮންމެ ހަފްތާއަކު ހަތަރު ދަތުރެއް ކުރަންވަނީ ނިންމާފައިއެވެ. ދަތުރުތައް ކުރެވިގެންދާނީ އާއްދިއްތަ، ހޯމަ، ބުދަ، އަދި ހުކުރު ދުވަހުއެވެ. އާއްމު ނިސްބަތަކުން ބެންކޮކް އެއާވޭސްގެ ރާއްޖެ- ބެންކޮކް ޓިކެޓެއްގެ އަގު 500 ޑޮލަރަށް ވުރެ މައްޗަށް އަރާކަން ފާހަގަކޮށްލެވެއެވެ.
ބެންކޮކް އެއަރވޭސް އިން ކުރަންފަށަން ނިންމާފައިވާ ދަތުރުތަކުގެ އިތުރުން، މަލޭޝިއާގެ އޭޝިއާ އިން ވެސް ގެންދަނީ ރާއްޖެއާއި ބެންކޮކާ ދޭތެރޭގައި ދަތުރުތައް ކުރަމުންނެވެ. 2021ވަނަ އަހަރު ޑިސެމްބަރު 22 ވަނަ ދުވަހު ފެށިފައިވާ މި ދަތުރުތައް ކުރަމުންދަނީ ހަފްތާއަކު ދެ ދުވަހުކަން ފާހަގަކޮށްލެވެއެވެ.
ކޮވިޑަށް 19 ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކުން ތައިލެންޑްގައި ކަރަންޓީން ވާން ނުޖެހޭނެ އިންތިޒާމުވަނީ ކަނޑައެޅިފައިއެވެ.

