ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

10 މިލިއަން ރުފިޔާގެ ކޮކެއިން އެތެރެ ކުރި މީހަގެ ބަންދަށް އިތުރު 15 ދުވަސް!

އަތުލައިގެންފައިވާ މަސްތުވާތަކެތި/ ފޮޓޯ- ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިހަ މިލިއަން ރުފިޔާގެ ކޮކެއިން އެތެރެކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ބައްދަށް ދުވަސްޖަހާފައިވަނީ ބްރެޒިލް މަގުން ރާއްޖެ އަށް އެތެރެވި އެމެރިކާ ރައްޔިތަކަށެވެ. އުމުރުން 55 އަހަރުގެ ލިއިލާ ލެއިން ކްލާކް ނަމަކަށް ކިޔާ އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ އިތުރު 15 ދުވަސް ޖަހައިފައެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ބުނީ އެމީހާގެ އަތުން ދެ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެމީހާ އަކީ މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު ރާއްޖެ އައި މީހެކެވެ. އެމީހާއާ މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުނު ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އަދި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން އެތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ކަސްޓަމްސްއ3ިން ބުނެފައިވެއެވެ.

ޖުމްލަ ބަރުދަނުގައި 2.064 ކިލޯގުރާމް ހުރި އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 10 ރުފިޔާއަށް އަރާ ކަަމަށް ކަސްޓަމްސް އިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: