ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ނުވެވެނީ ސަރުކާރުގެ ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުން: ހަސަން ލަތީފް

އެމްޑީޕީގެ ޗެއަރޕަރސަން އަދިި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ނުވެވެނީ ސަރުކާރުގެ ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުންކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް ވިދާޅުވީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބެނެ ގޮތަށް ނިޒާމު ބަދަލުކުރުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް ހުށައެޅީ މައިގަނޑު ތިން ބޭނުމަކަށްކަމަށެވެ. އެގޮތުން އެއް ބޭނުމަކީ ސަރުކާރުގެ ސިޔާސަތު ހިންގާ ހިންގުން ނުވަތަ ނިޒާމު ބަދަލުކުރުންކަމަށެވެ. ސަރުކާރުން މިހާރުވެސް އެކަމަށްޓަކައި ކަންކަން ކުރައްވަމުން އަންނަކަމަށް ފާހަގަކޮށް، ނިޒާމު ބަދަލުކުރަންޖެހެނީ ކީއްވެގެންތޯ ބައެއް ބޭފުޅުން ސުވާލުއުފައްދާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދުދެއްވާ ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީ އިން މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ވެފައިވާ ވައުދުތައް ވެފައިވަނީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިންކަމަށެވެ. ގަރާރުގައި ގޮވާލަނީ އެމްޑީޕީގެ މެނިފެސްޓޯގައި ވާގޮތުގެ މަތިން މަސްތުވާތަކެތިން ސަލާމަތްވުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށްކަމަށް ފާހަގަކޮށް، ހަސަން ލަތީފް ވިދާޅުވީ އޭނާ އެ މައްސަލަ ހުށައެޅުމުން އެއީ ކީއްކުރަން ހުށައެޅުއްވި ގަރާރެއްތޯ ސުވާލުއުފެއްދިކަމަށާއި، އަދި ސަރުކާރުން އެ މަސައްކަތްކުރަމުން އަންނަކަމަށް ބައެއް ފަރާތްތަކުން ބުނިކަމަށެވެ. ސަރުކާރެއް އޮތިއްޔާ މަސައްކަތްކުރާނެކަމަށާއި، ނަމަވެސް ބައެއް ކަންކަމަކީ ވަކި ގޮތަކަށް ކުރަންޖެހޭ ކަންތައްތަކެއްކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ސަރުކާރުން މިގޮތަށް ކަންކަން ނުކުރާނަމަ މަޖިލީހަށް ގަރާރުތައް ހުށައަޅައިގެން އެކަންކުރުމަށް ސަރުކާރަށް ގޮވާލުމުގެ ފުރުސަތު އޮންނަކަމަށާއި، ގަރާރު މެދުވެރިކޮށް އެކަންކަންކުރުމަށް ބާރުވެސް އެޅޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ފަރުވާ ދިނުމުގެ ނިޒާމު ދޯދިޔާކަމުން އެތައް ޒުވާނުންނަކަށް ފަރުވާ ނުލިބި އެބަތިބި. އެކަން ނުކުރެވިގެން. އެކަމަށް ހައްލެއް ހޯދުމަށް ގަރާރެއް ލައިގެން މިއުޅޭނީ. އާކަމެއް ކުރަ ވާހަކައެއް ނޫން، އެމްޑީޕީގެ މެނިފެސްޓޯގައި އޮތް ވާހަކަތަކެއް މިހުރީ.

ހަސަން ލަތީފް ވިދާޅުވީ ގަރާރު ހުށައެޅުއްވީ ރާއްޖޭގައި ރަނގަޅު ފެންވަރެއްގައި ރިހިބިލިޓޭޝަން ދެވޭނެ ސެންޓަރުތަކެއް ނެތިގެންކަމަށާއި، މިކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް އެއްބަސްވާކަމަށެވެ. އެގޮތުން ރާއްޖޭގައި އެ ވަސީލަތްތައް ނެތްކަމަށް މިނިސްޓަރު ވިދާޅުވެފައިވާކަމަށާއި، އަދި މިކަންކަމުގެ މައުލޫމާތު ލިބިފައި ތިބި މީހުން އިންތިހާއަށް މަދުކަންވެސް މިނިސްޓަރު ފާހަގަކުރައްވާފައިވާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ކޮންސަލްޓެންޓް އައިސް ކޮންސަލްޓެންސީ ދިނީމައި އެކަންކުރާނެ މީހުން ރާއްޖޭގައި ނެތްކަމަށާއި، ސަރުކާރަށް މިކަން ނުވުމުގެ ސަބަބުން މަސްތުވާތަކެތީގެ ވަބާއިން އެތައް ޒުވާނުންނަކަށް ސަލާމަތްނުވެވި އެބަތިބިކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މި ކަންކަމަށް ހައްލު ހޯދުމަށް ގަރާރެއް ހުށައެޅުމުންވެސް ކިޔަނީ ފާޑުކަމަށް ފާހަގަކޮށް، ހަސަން ލަތީފް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

ގަރާރު ހުށައެޅުއްވި އަނެއް ބޭނުމަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ފަރުވާ ހޯދަމުންދާ ޒުވާނުންނަށް އެ ބޭނުންވާ ބޭސް ފަސޭހައިން ލިބެން ނެތުމުން އެކަމަށް މަގުފަހިކުރުމަށްކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ބޭސް ލިބޭ ތަންތަން އެބަހުރިކަމަށާއި، ނަމަވެސް އެ ނިޒާމު ވަރުގަދަކޮށް ރާއްޖޭގެ ހުރިހާ ހިސަބަކުން ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: