ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުން ފިޔަވަޅު ނޭޅޭ 8 ބާވަތެއްގެ ޑުރަގު ވަނީ އަތުލައިގަނެވިފައި!

ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު.
ޝެއާރކޮށްލާ ކަހަލަދޯ؟

އާ ބާވަތެއްގެ 8 ޑްރަގެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށާއި، ނަމަވެސް މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގައި އެ ބާވަތުގެ ޑްރަގު ބަޔާންކޮށްފައި ނެތުމުން ފިޔަވަޅު އަޅަން ދަތިވެފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ހޯމް ޓީމްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ ފުލުހުން މަސްތުވާތަކެތިކަމަށް ބަލަނީ ގާނޫނުގެ ޖަދުވަލުގައި ބަޔާންކުރާ ބާވަތުގެ މަސްތުވާތަކެއްޗަށްކަމަށެވެ. ނަމަވެސް، މިފަހުން އަށް ބާވަތެއްގެ އާ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ބޭނުން ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެން މި ދަންނަވާ ބާވަތްތަކަކީ ޔޫއެންއޯޑީސީގެ ގައިޑްލައިންތަކުން އަދި ބެސްޓް ޕްރެޓިކްސްގައި ވެސް މަސްތުވާތަކެތި ކަމަށް ހުރިހާ ހާލަތެއްގައި ވެސް ބަލާ މަސްތުވާތަކެތީގެ ބާވަތްތައް.
ޝާކިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޝަކިރު ވިދާޅުވީ މި އޮޕަރޭޝަން އިން ކްލިއަރެންސް އިދާރާތަކުގެ ނަހަމަ ބޭނުން ހިފަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އޭނާ ވަނީ މުދާ ކްލިއާކޮށްދޭ އިދާރާތަކުން އެކަމަށް ސަމާލުވެ، ކްލިއާކޮށް ދެނީ ކޮން ކަހަލަ މުދަލެއްކަން ބެލުން މުހިންމު ކަމަށް ފާހަގަކުރައްވާފައެވެ.

އަލަށް އިމާރާތްކުރާ ތަންތަން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާކަމަށާއި، އެ ތަންތަން ލިބިފައިވާ ފަރާތްތައް އެކަމަށް ސަމާލުކަން ދިނުމަށް ޝާކިރު އެދިލެއްވިއެވެ. ސަމާލުކަން ނުދީފިނަމަ އެ ތަންތަނުގައި ޑްރަގު ކެފޭތައް ހެދުމުގެ ބިރު އެބަ އޮތް ކަމަށް ވިދާޅުވިއެވެ.

މިކަންކަމަށް އެކަށީގެންވާ ހައްލު ހޯދުމަށް ގާނޫނުގައި ހުރަސްތައް އެބަހުރިކަމަށް ތަކުރާރުކޮށް ޝާކިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން އެކަން ކުރަނީ މި ހުރިހާކަމެއް ދެނެގަތުމަށް ފަހުގައެވެ. ހައްލު ހޯދުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށްފައިވާކަމަށާއި، މި އިސްލާހުތައް ގެނައުމުގެ މަސައްކަތް 2021 ވަނަ އަހަރުން ފަށައިގެން ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

2011 ވަނަ އަހަރު އެކުލަވާލި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި، މަނާކުރެވިފައިވާ މަސްތުވާތަކެތިކަމަށް ބަޔާންކޮށްފައިވަނީ 139 ވައްތަރެއްގެ ޑްރަގެވެ.

ޝާކިރު ވިދާޅުވީ މިހާތަނަށް ހިންގި އޮޕަރޭޝަންތަކުގައި 39 ސަފާރީއެއް ބަލައިފާސްކޮށްފައިވާކަމަށާއި އެއީ ހުޅުމާލެ ފަޅުތެރޭގައި އަޅާފައި ހުންނަ ސަފާރީތަކާއި ކ. މާފުށީ ކައިރީގައި އަޅާފައި ހުންނަ ސަފާރީތައްކަމަށެވެ. މި އޮޕަރޭޝަނުގައި ފަސް އުޅަނދެއް ވަނީ ޓޯކޮށްފައިވާއިރު، 907 މީހަކު ބަލައި ފާސްކޮށްފައިވެއެވެ. އޭގެ ތެރެއިން 34 ދިވެއްސަކު ހައްޔަރުކުރިއިރު މަސްތުގެ ހާލަތުގައި ތިއްބާ ހައްޔަރުކުރި 30 ބިދޭސީއަކު ޑީޕޯޓްކޮށްލަން އިމިގްރޭޝަނާ އިހަވާލުކޮށްފައިވާ ކަމަށް ވެސް ޝާކިރު ވިދާޅުވިއެވެ.

ޝާކިރު ހާމަކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އޮޕަރޭޝަންތަކުގައި އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ އަގު، 13 މިލިއަން ރުފިޔާއަށް އަރާއެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: