ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ފަރުވާދޭ މަރުކަޒުތައް ހިންގަން އަމިއްލަ ފަރާތްތަކަށް ހުޅުވާލައިފި

މަސްތުވާތަކެތި އަތުލައިގަންނަމުންދާ މިންވަރު ވަނީ އިތުރުވެފައި
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދޭ މަރުކަޒުތައް ހިންގަން އަމިއްލަ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލީ 14 ޖެނުއަރީގައެވެ. އެކަމަށް އެދި ހުށަހެޅުމަށް ފުރުސަތު 21 ޖެނުއަރީގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މިއީ ހޯމް ލޭންޑް މިނިސްޓްރީން ހުށަހެޅި ހުށައެޅުމެކެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ “ނޭޝަނަލް ޑްރަގް އެޖެންސީގެ މަސްއޫލިއްޔަތު” ގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާދީ، އެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން ހިމެނޭ ކަމަށެވެ. އަދި އިއުލާންގައި ވަނީ އަދި މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް އުފައްދައި ހިންގުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ އިޚްތިޔާރު ނޭޝަނަލް ޑްރަގް އެޖެންސީއަށް ލިބިގެންވާ ކަަމަށެވެ.

ހެބިލިޓޭޝަން ސެންޓަރުތައް އަޅަން ނިންމި ސަރަހައްދުތައް

  1. ނ. ވެލިދޫ
  2. ކ. ކާށިދޫ
  3. ލ. އަތޮޅު

މިހާރުވެސް ރާއްޖޭގައި ހިންގަމުންދަނީ ތިން ރިހެބިލިޓޭޝަން ސެންޓަރެކެވެ. އެއީ ކ. ހިންމަފުށީގައި އާއި ހުޅުމާލޭގެ ހާފްވޭ ހައުސް އަދި ވެރި ރަށް މާލޭގައި ހިންގާ ސެންޓަރެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: