ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ަމަގުތައް މަރާމާތުކޮށް ބަލަހައްޓާކައް ނުޖެހޭ: އަސްލަމް

ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގުތުރަތީ ގޮތުން މަގުތައް ދެއްވާފައި ވާތީ މަގުތައް މަރާމާތުކޮށް ބަލަހައްޓައް ނުޖެހޭކަމަށް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންްރާސްޓަރްކްޗަރ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވެފައިވަނީ ގައުމީ ފެރީ ނިޒާމު ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ރަސްމީކޮށް ފެށުމުގެ ގޮތުން ރޭ ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ ދިވެހިރާއްޖޭގައި މި ފަށާ ދަތުރުފަތުރުގެ ނިޒާމަކީ އެބޭފުޅުން ދެކޭގޮތުގައި ދިވެހިރާއްޖެ މުޅިން އެހެން ގޮތަކަށް ބަދަލުކޮށްލާނެ ނިޒާމެއްކަމަށެވެ. އަދި އެބޭފުޅުން އަބަދުވެސް ދެކެމުންއައި ގޮތުގައި ގައުމެއް ނުވަތަ މުޖުތަމައުއެއް ތަރައްގީވުމުގައި މޮބިލިޓީއަކީ އެއް ތަނުން އަނެއް ތަނަށް ދެވޭނެ ފަސޭހަ ގޮތެއް ހޯދުންކަމަށް ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ މިއީ ލާޒިމްކަމެއްކަމެއްކަމަށެވެ. އަސްލަމް އިތުރަށް ފާހަގަކުރެއްވީ މޮބިލިޓީއަކާއި ނުލައި ޒަމާނީ ތަރައްގީ އެއްވެސް ގައުމަކަށް އައިސްފައިނުވާކަމަށާއި ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ލިބޭނީ އިގްތިސާދީ ތަރައްގީ އާއި އިޖްތިމާއީ ދުޅަހެޔޮކަމާއި އަދި މިއަދު މި ތަސައްވަރުކޮށް ހިންގަމުން ގެންދަން ބޭނުންވާ ލާމަރުކަޒީ ނިޒާމުކަމަށެވެ.

ގުދުރަތުން ދިވެހި ރާއްޖެ އުފެދިފައިވާ ގޮތުން ރާއްޖޭގެ ރަށްތަކަކީ ވަކި ވަކި ޖަޒީރާ ރަށްތަކެއްގެ ކަމަށްވާތީ މިކަމާއިމެދު ދެކެވެމުން އައީ ވަރަށް އެކަހެރިކޮށް ދިރިއުޅެވެނީކަމަށާއި ރަށު ބަންދުގައި ތިބި ބައެއްގެ ގޮތުގައިކަމަށް އަސްލަމް ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މި ފަށާ ދަތުރުފަތުރުގެ ނިޒާމަކީ ރަށު ބަންދުން ފިލުވުމަށްޓަކައި ކޮންމެހެން ލާޒިމްކަމެއްގެ ގޮތުގައި އަސްލަމް ސިފަކުރެއްވިއެވެ. މިއީ ޒަމާނީ އަދި އޭގައި ފެންވަރު ހުރި ބާރު ސްޕީޑުގައި ދަތުރުކުރާ އަދި ފަސޭހަކަމާއިއެކު ދަތުރު ކުރެވޭނެ ނިޒާމެއްކަމަށާއި މި ނިޒާމާއި ނުލައި ރާއްޖެ މިއަދު މިއޮތް ހިސާބަށްވުރެ ކުރިއަށް ގެންގޮސް އިތުރު ތަރައްގީ ގެނައުމަށްޓަކައި އުދަގޫވާނެކަމުގައި އެބޭފުޅުން ދެކިލައްވާކަމަށް އަސްލަމް ވިދާޅުވިއެވެ.

މި ނިޒާމު ގާއިމް ކުރުމުގައި ރާއްޖެ ގުތުރަތީ ގޮތުން އުފެދިފައިވާ ގޮތް އެބޭފުޅުން ބެލިންކަމަށާއި އަދި ގުދުރަތީ ގޮތުން ރާއްޖޭގައި ކަނޑު ލައްވާފައިވާތީ މި ގައުމުގައި އެއް ރަށުން އަނެއް ރަށަށް ދިއުމަށްޓަކައި މަގު ހަދަން ޖެހޭކަމުގައި ގަބޫލު ނުކުރެވޭކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި މިހެންކަމުން މަގުތައް މަރާމާތުކޮށް ބަލަހައްޓަން ނުޖެހޭކަމަށާއި ގުދުރަތީ ގޮތުން މަގު ދެއްވާފައިވާކަމުގައި ވިދާޅުވިއެވެ. އަދި މިއާއި ހިލަފަށް މަގުތަކަށް ބޭނުންވަނީ އެއްތަނުން އަނެއް ތަނަށް ދާނެ ސަވާރީކަމަށާއި މިއަދު މި ގެންނަނީ އެ ތަރައްގީކަމުގަިއ އަސްލަމް ފާހަގަކުރެއްވިއެވެ.

މި ނިޒާމު ފުރިހަމަ ގޮތުގައި ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި އެބޭފުޅުން އަބަދުވެސް ތަސައްވަރުކުރި ހަމައަކީ މިފަދައިން ދަތުރުފަތުރުގެ ނިޒާމުން ދިވެހި ރާއްޖެ ގުޅުވާލާ ރާއްޖޭގެ ރައްޔިތުން ރަށު ބަންދު ވީއްލުންކަމުގައި ވާހަކަ ނިންމަވާލައްވަމުން އަސްލަމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. ނަހްލާ ވިދާޅުވީ ރާއްޖެ ތަރައްގީކުރަން އެދޭނަމަ އަދި ލާމަރުކަޒީ ނިޒާމުގައި ހަގީގީ ކުލަ ޖެއްސުމަށްޓަކައި ވަރުގަދަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުވެފައި އޮންނަން ޖެހޭ ކަމަށެވެ. ދުވެލި ބާރު ފެރީތަކެއް ބޭނުންކޮށްގެން ދަތުރުފަތުރުގެ ނިޒާމު ސަރުކާރުން ފެށީ އެ ބޭނުމުގައި ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓާ އަސްލަމްވެސް ވިދާޅުވި ފަދައިން ގައުމެއްގައި ބޮޑެތި ޕްރޮޖެކްތައް ހިންގި ނަމަވެސް އެގައުމެއްގައި ދަތުރުފަތުރުގެ ނިޒާމު ވަރުގަދަ ނުވާނަމަ އެގައުމެއް ކުރިއަކަށް ނުދާނެކަމަށް މިނިސްޓާ ނަހުލާވެސް ފާހަގަކުރެއްވިއެވެ.

“ގައުމެއްގައި ބޮޑެތި ޕްރޮޖެކްޓުތަކެއް ހިންގިޔަސް އެގައުމެއްގައި ދަތުރުފަތުރުގެ ނިޒާމު ވަރުގަދަ ނުވާނަމަ އެގައުމެއް ކުރިއަކަށް ނުދާނެ. މިއަދު މި ފެއްޓޭ މިވަރުގަދަ ނިޒާމުގެ ތެރެއިން ރާއްޖެއަށް ހަމަގައިމުވެސް ތަރައްގީ ގެނުވާނެ. މި ސަރުކާރުގެ އަބަދުވެސް ވިސްނުމަކީ ތަރައްގީ އާއި ތަމައްދުން ރާއްޖެއަށް ގެނައުން،” މިނިސްޓަރު ވިދާޅުވި އެވެ.

ނަހްލާ ވިދާޅުވީ ފެރީ ނިޒާމުން ރާއްޖޭގެ ހުރިހާ ރަށެއް ގުޅާލާއިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ސަލާމަތާއި ރައްކާތެރިކަމަށާއި އަދި އަވަހަށް އެމީހެއްގެ ރަށަށް ފަސޭހަކަމާ އެކު ދެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ކަމަށެވެ. ސަރުކާރުން މިފެށި ފެރީ ނިޒާމަކީ އެކަންކަން ހާސިލްކުރަން އެޅޭ މުހިއްމު ފިޔަވަޅަކަށް ވާނެ ކަމުގައި މިނިސްޓަ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: