ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެލުގެ ސަބްސިޑީ އަށް ހޭދަކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރަށް ގޮވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ތެލުގެ ސަބްސިޑީއަށް ހޭދަކުރާ އަދަދު އިތުރު ކުރުމަށް ބޮޑު ކަންނެލި ޔޫނިއަން (ބީކޭއެމްޔޫ) އިން ގޮވާލައިފިއެވެ.

ބީކޭއެމްުޔީއިން ބުނީ ތެލަށް ކުރާ ހަރަދު ބޮޑުވުމުގެ ސަބަބުން މަސްވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.

އެޔޫނިއަނުން ކޮށްފައިވާ ޓްވީޓެއްގައިވާ ގޮތުން މަހަށް ފުރަން ބިރު ބޮޑުވެެއްޖެ ކަމަށާއި މަސްވެރިންނަކީ ސިޔާސީ އައްޑަނަ އަކަށް ނުހަދާ މަސްވެރިންނަށް އަޅާލުން މުހިއްމު ކަމުގައި ފާހަގަކޮށްފައިވެއެވެ.

 

ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ ހުސައިން ރަޝީދު ޓެގްކޮށްފައިވާ އެޓްވީޓް ނިންމާލާފައިވަނީ ސަބްސިޑީ އިތުރުކުރުމަށް ގޮވާލަމުންނެވެ.

ދުނިޔޭގެ ބާޒާރުގައި މިއަހަރުގެ ކުރީކޮޅު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 70 ޑޮލަރުގައި ނަމަވެސް މިހާރު އެއަގު ވަނީ 121 ޑޮލަރަށް މަތިވެފައެެވެ.

އެހެންކަމުން ރާއްޖޭގައި ވިއްކާ ތެލުގެ އަގުވެސް ވަނީ އުފުލިފައެވެ. އަދި މަސްވެރިން ނާއި އާންމުން ގެންދަނީ އެކަމާ ނުރުހުން ފާޅު ކުރަމުންނެވެ. އަދި އެކަމުގެ ފާޑު ކިއުންތައް ދަނީ ސަރުކާރަށް އަމާޒުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: