ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރްޓީއެލް ނިޒާމަކީ، ރާއްޖެއަށް އެދޭ ލާމަރުކަޒީ ތަރައްގީގެ މައިބަދަ: ރައީސް ސޯލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިގްތިސޯދު ތަނަވަސްވެގެންދާނީ ގާއިމުކުރެވިފައިވާ ހައި ސްޕީޑް ފެރީގެ ނިޒާމުންކަމަށާއި، އެކަމަކީ ދިވެހި ރައްޖޭގައި ގާއިމު ކުރުމަށް އެދޭ ލާމަރުކަޒީ ތަރައްގީގެ މައިބަދަކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މުޅި ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅުވާލުމަށް ސަރުކާރުން ފަރުމާކޮށްފައިވާ “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫއާއިމެދު ޓްވީޓް ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، އާރްޓީއެލް ފެރީ ނިޒާމާގު ސަބަބުން، ހުރިހާ ރަށެއް ގުޅިގެންދާނެކަމަށެވެ. އަދި އެކަމުގެ ސަބަބުން އިޖްތިމާއީ އެކަހެރިކަމާއި، އިގްތިސޯދީ އެކަހެރިކަން ފިލައިގެންދާނެކަމަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ އިގްތިސޯދާއި، ގައުމީ އިގްތިސޯދު ލާމެހި ތަނަވަސްވެގެންދާނީ، އާރްޓީއެލް ފެރީ ނިޒާމުގެ ސަބަބުން ކަމަށެވެ.

އާރްޓީއެލް ފެރީ ނެޓްވޯކަކީ ދިވެހި ރާއްޖޭގެ އިގްތިސޯދަށް އަދި އިޖްތިމާއީ ހަމަޖެހުމަށް އިންތިހާއަށް މުހިންމު ކަމެއް ކަމަށް ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، މި ބަދަލަކީ އެ މަނިކުފާނު އެދެމުންދާ، ލާމަރުކަޒީ ތަރައްގީގެ މައިބަދަކަމަށެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައިވާއިރު،“އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ހިދުމަތް ރަސްމީކޮށް ފެށިއްޖެއެވެ. މި ހިދުމަތުގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގައި ހިމެނޭ ހއ ށ އަދި ހަދ އަތޮޅުގެ ތެރެއިން ހދ. އަތޮޅުގެ ރަށްތަކަށް މިމަހުގެ ދެވަނަ ދުވަހުން ފެށިގެން އެމްޓީސީސީން ހިދުމަތް ދެމުން އައިސްފައިވަނީ އަގަކާއި ނުލައި ހިލޭ ކަމަށްވާއިރު މިހާރު ހދ. އަތޮޅުގެ ރަށްތަކަށް ހިދުމަތް ރަސްމީކޮށް ފެށުމުން ދެން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކަނޑާއަޅާފައިވާ އަގުތަކުގައި ޓިކެޓް ނަގައިގެންނެވެ. އެހެންނަމަވެސް ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި އެންސްޕާގައި ރެޖިސްޓްރީވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މި ފެރީތަކުން އަބަދުވެސް ހިލޭ ދަތުރު ކުރެވޭނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: