ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަކެތީގެ އަގު ހެޔޮ ކުރަން ގޮވާލާ މަޖިލީހަށް ހުށައެޅި މައްސަލަ ބޭރުކޮށްލައިފި!

ޕީއެންސީ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މުދަލުގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ތަކެތީގެ އަގު ހެޔޮ ކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅުގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ހުށައަޅުއްވި މައްސަލަަ ތަޅުމުން ބޭރުކޮށްލައިފިއެވެ

މިއަދުގެ މަޖިލީހަށް އާދަމް ޝަރީފް ހުށައެޅި މައްސަލައިގައި ވަނީ ރާއްޖޭގައި މުދަލުގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކާއި ގޮންްޖެހުންތަށް ކުޑަކޮށް ތަކެތީގެ އަގުތައް ތިރިކުރުމަށް ސަރުކާރަށް ގޮވާލާކަމަށެވެ. އަދި މި މައްސަލާގައި ވަނީ ރާއްޖޭގައި ދިވެހިން އާންމުކޮށް ކޮންމެހެން ދިރިއުޅުމަށް ބޭނުންކުރާ މުދަލުގެ އަގުތައް ބޮޑުވެއްޖެކަމަށާއި ރައްޔިތުންގެ އަތް ނުފޮރާ ހިސާބަށް އަގުތައް މަތިވެ ރާއްޖޭގެ އިންފްލޭޝަން އުފުލިގެން ހިންގައްޖެކަމަށް ފާހަގަކޮށްފައެެވެ.

މީގެ ތެރެއިން އަގުތައް އުފުލިގެންދާ ހިދު ހާއްސަކޮށް ދިވެހިން އެންމެ ގިނައިން ބޭނުންކުރަމުންދާ ރާއްޖޭގެ އުފެއްދުމެއްކަމަށްވާ މިފްކޯގެ މަސްދަޅު އަގު ބޮޑުކުރުުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެއްޖެކަމަށް އާދަމް ޝަރީފް ހުށައެޅި މައްސަލައިގައިވެއެވެ.

ސަރުކާރުގެ ކުންފުނިތަކުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޓިކެޓާއި ކާގޯ ހިދުމަތްތަކުގެ އަގު މަތިކުރުމުގެ އިތުރުން އިމާރާތް ކުރުމުގެ ދާއިރާގައި ބޭނުންކުރާ ސިމެންތި އާއި ދަނގަޑުގެ ބާވަތްތަކުގެ އަގުމަތިވުމާއި އަދި އާންމުކޮށް ރައްޔިތުން ބޭނުން ކުރާ ބައެއް ކާނާ އާއި ބުއިމުގެ ބާވަތްތަކުގެވެސް އަގު ބޮޑުވެފައިވުމާއިއެކު، ތަކެތީގެ އަގުތައް ބޮޑުވެ އަތް ނުފޯރާ ފަށަށް ދާއިރު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް އާމްދަނީ ހޯދޭނެ ގޮތެއް ނެތްކަމަށް ފާހަގަކޮށް މައްސަލާގައި ބުނެފައިވަނީ ދިވެހި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދިވެހިން އާންމުކޮށް ދިރިއުޅުމަށް ބޭނުންކުރާ މުދަލުގެ އަގު ހެޔޮކޮށް ރައްޔިތުންގެ އަތް ނުފޯރާ ހިސާބުގައި ހުރި ހިދުމަތްތަކުގެ އަގު ކޮންޓްރޯލްކޮށް ރައްޔިތުންގެ އަތްފޯރާ ފަށަށް ބާޒާރުގެ އަގުތައް ހިފެހެއްޓުމަށްޓަކައި ސަރުކާރުގެ ކުންފުނިތަކުން ކުރަންޖެހޭ މަސައްކަތްތަށް ކުރުމަށް ސަރުކާރަށް ގޮޥާލާކަމަށެވެ.

ރާއްޖޭގައި ތަކެތީގެ އަގު އިންތިހާއަށް އުފުލެން ފަށައިފައިވާ މި ދަނޑިވަޅުގައި މަޖިލީހަށް ހުށައެޅި މި މައްސަލަ ވަނީ 29 މެންބަރުންގެ ވޯޓާއިއެކު ތަޅުމުން ބޭރުކޮށްލާފައެވެ.

ފައިސާ ޗާޕު ކުރުމުގެ ސަބަބުން އަދި މިނިމަމް ވޭޖާއި، ރިސޯޓު ކުލިއަށް މައާފު ދިނުމުން އިންފްލޭޝަނަށް ކުރި އަސަރުތަކުން 2023 ވަނަ އަހަރުގެ ތެރޭގައި ރާއްޖެ ބަނގުރޫޓުވެދާނެކަމުގެ އިންޒާރު ބައިނަލްއަގުވާމީ މާލީ އިދާރާތްތަކުން ވަނީ ދީފައެވެ. އަދި އެފަދަ ހާލަތެއް އުފެދިދާނެކަން މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަނަރު ވެސް ވިދާޅުވިއެވެ. މި ފަނޑިވަޅުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލިގެން ދިޔުމުގެ ސަބަބެއްކަމުގައި ގިނަ ބަޔަކު ދެކެނީ ހަރަދުތަށް ދެކޮޅު ނުޖެހުމުގެ ސަބަބުން އެކަމަށް ހައްލު ހޯދުމަށްޓަކައި ދައުލަތަށް އެތެރެވާ ފައިސާ އިތުރު ކުރާނެ އެ ނޫން ގޮތެއް ސަރުކާރަށް ނުފެނުމެވެ. ނަމަވެސް ސަރުކާރާއި ކަމާއި ބެހޭ އިދާރާތްތަކުން ބުނަމުން އަންނަނީ މިފަދަ ޙާލަތެއް ރާއްޖެއަށް ކުރިމަތި ނުވާނެކަމަށާއި މާލީ ރިޒާވް އެބަހުރިކަމަށެވެ.

ތަކެތީގެ އަގު މައްޗަށް ދިއުމުގެ ސަބަބުން، ކަރަންޓާއި ތެލުގެ ސަބްސިޑީ އިތުރުވެފައިވާއިރު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ރިޒާވް އިމްޕެކްޓް ކުޑަކުރުމަށް އައިޓީއެފްސީގެ ޓްރޭޑް ފައިނޭންސް ފެސިލިޓީގެ ލިމިޓް 175 މިލިއަން ރުފިޔާއަށް އިތުރުކޮށްފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: