ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭހައެއް، މައްސަލަ ބަލާ ގާޒީންގެ ފޮޓޯ އާންމު ނުކުރަން އެދިއްޖެ!

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

2021ވަނަ އަހަރު މޭ މަހު ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު، ބޮމުގެ ހަމަލާގެ ދައުވާ އުފުލިފައިވާ މީހުންގެ މައްސަލަ ބައްލަވާ ގާޒީންގެ ފޮޓޯތައް ނޫސްތަކުގައި ޝާއިއު ނުކުރުމަށް ކްރިމިނަލް ކޯޓުން އެދިއްޖެއެވެ.

މޭ ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާގެ މައްސަލަ ބައްލަވާ ބެންޗުގައި ތިން ގާޒީން ހިމެނިވަޑައިގެންނެވި އިރު، މައްސަލައިގެ އަޑުއެހުންތައް ނިންމައި، ޝަރީއަތް ފެށުމަށް ހުލާސާ ބަޔާން އިއްވުމާއި ހިސާބުން، ރިޔާސަތުގައި އިންނެވި ގާޒީ އާދަމް މުހައްމަދު، މައްސަލައިން ތަނާޒުލްވުމުން، މިހާރު ބެންޗުގައި ތިއްބެވީ ގާޒީ ޞަފްވަތު ހަބީބާއި ގާޒީ މުޙައްމަދު މިސްބާހުއެވެ.

ގާޒީ އާދަމް ތަނާޒުލްވީ، އެމައްސަލައިގައި އެ ބޭފުޅާގެ މަސްލަހަތު ހިމެނޭކަމަށް ފާހަގަކުރުމަށް ފަހުއެވެ. އަދި ގާޒީ އާދަމް ތަނާޒުލްވި ހަބަރު، އެބޭފުލާގެ ފޮޓޯއާއި އެކު ބައެއް ނޫސްތަކުގައި ޝާއިއުކޮށްފައިވުމުން، ކްރިމިނަލް ކޯޓުންވަނީ އެކަމާއި ގުޅުވާ ބަޔާނެއް ނެރިފައިއެވެ. ކްރިމިނަލް ކޯޓުން ނެރިފައިވާ ބަޔާނުގައި ބުނެފައިވަނީ، މައްސަލައިގެ ޒާތާއި، ބާވަތުގެ ސަބަބުން އަދި، ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބަލައި، މައްސަލަ ބައްލަވާ ގާޒީންގެ ސަލާމަތާއި، ރައްކައުތެރިކަމަށްޓަކައި، އެ ބޭފުޅުންގެ ފޮޓޯތައް ނޫސްތަކުގައި ޝާއިއު ނުކުރަން އިލްތިމާޒް ކުރާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުވި ބޮމުގެ ހަމަލާގެ މައްސަލަ ބައްލަވަމުން ދިއަ ކްރިމިނަލް ކޯޓުގެ ގާޒީ، އާދަމް މުހައްމަދު މި މައްސަލައިން ތަނާޒުލްވެވަޑައިގަތީ، މ ކުދެހިގެ، އިސްހާގު ގެ ފަރާތުން ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. އެ ސިޓީގައި ފާހަގަކޮށްފައިވާގޮތުން، ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލާއާ ގުޅިގެން އިޝްހާގުގެ ދަރިއަކުވަނީ ގާޒީ އާދަމަށް އިންޒާރު ދީފައިކަމަށެވެ. އަދި މައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރޭގައި ދަރީގެ ބޮޑުބެއެއް ކަމުގައިވާ މ. ކުދެހިގޭ ހަސަން ޝިފާޒް ހިމެނޭކަމަށްވުމުން ގާޒީ އާދަމްވަނީ، މި މައްސަލައިން ތަނާޒުލްވެފައިއެވެ.

މޭ ހައެއް މައްސަލައިގައި، ކުރިޔަށް އޮތީ އިފްތިތާހީ ބަޔާން އިއްވާ ޝަރީއަތް ފެށުމުގެ މަރުހަލާ ކަމަށް ފާހަގަކޮށްލެވެއެވެ. އަދި މި މައްސަލައިގައި ރިމޯޓެއް މެދުވެރިކޮށް ބޮން ގޮއްވައިލި އަހުމަދު އަދުހަމް ކުށަށް އިއުތިރާފްވެފައިވާތީ އެނާގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާކަމަށްވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: