ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަގުތަށް ނަމާދު ގާއިމު ކުރުމާއި، ހަރުކަށިކަމާއި ގުޅުމެއްނެތް: ޑރ ޝަހީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ނަމާދު ވަގުތުގައި، އަޅުކަން ގާއުމު ކުރުމަކީ، ހަރުކަށިގަމުގެ އަލާމާތެއްކަމަށް ވިސްނައިދޭން މަސަައްކަތް ކުރުމަކީ، އެހެނިހެން ފިކުރުތައް ކުރިއަރުވައި، މުސްލިމުންގެ ހަޔާތުން، ދީން ދުރުކުރުމަށް ހިންގޭ ފިކުރީ ހަނގުރާމައިގެ އަލާމާތެއް ކަމަށް ރައީސް ޔާމިން ދައުރުގައި އިސްލާމިކް މިނިސްޓަރގެ މަގާމުގައި ހުންނެވި، މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރ. އުނގޫފާރުގައި ކުރިއަށްގެންދިޔަ “ހަފްތާރެސް”ގައި އަމާން ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށް ތައުލީމީ ދާއިރާއާއެކު މި ޝިއާރުގެ ދަށުން ބޭއްވި ސެޝަނުގައި ކުދިން ހަރުކަށި ފިކުރާ ދިމާލަށް ދާކަން ދެނެގަންނާނެ ގޮތްތަކެއް ކިޔައިދީފައިވެއެވެ. ކުރީ ކޮޅުގައި ހަރުކަށި ވިސްނުމަށް ކުއްޖަކު ދާކަން ދެނެގަންނަ އަލާމާތްތައް ކަމަށް ފާހަގަކޮށް މި ސެޝަނަށް ތައްޔާރުކޮށްފައިވާ ލިސްޓުގައި ބަޔާންކޮށްފައިވާގޮތުން ސުކޫލު ވަގުތުގައި ނަމާދުގެ ވަގުތަށް އިސްކަންދިނުމާއި، ފުރާވަރުގެ ކުދިން ތުނބުޅި ބެހެއްޓުމާއި، އެސެމްބްލީގެ ލަވާގައި މިއުޒިކު ހިމެނޭތީ ލަވަ ނުކިޔުން ފަދަ ކަންކަމަކީ، އެފަދަ އަލާމާތްތަކެކެވެ.

ސުކޫލު ޓީޗަރުންނަށް ޚާއްޞަކޮށްގެން ބޭއްވި ޕްރޮގުރާމެއްގައި ނަމާދު ގަނޑިއަށް ސަމާލުވުމަކީ ހަރުކަށި ފިކުރުގެ އަލާމާތެއްކަމަށް ބުނާ ޕްރެޒެންޓޭޝަނަށް އަމާޒުކޮށް ޓްވީޓެއް ކުރައްވާ ޝަހީމް ވިދާޅުވީ، ނަމަވާދަކީ ކޮންމެ މުސްލިމެއްވެސް އަދާ ކުރަން ޖެހޭ، އިސްލާމް ދީނުގެ އެންމެ މަތީ ރުކުން ކަމަށެވެ. އަދި ވަގުތުގައި ނަމާދު ގާއިމު ކުރުމަކީ، ހަރުކަށިކަމުގެ އަލާމާތެއްކަމަށް ވިސްނައިދޭން މަސައްކަތް ކުރުމަކީ، އެހެނިހެން ފިކުރުތައް ކުރިއަރުވައި، މުސްލިމުންގެ ހަޔާތުން، ދީން ދުރުކުރުމަށް ހިންގޭ ފިކުރީ ހަނގުރާމައިގެ އަލާމާތެއް ކަމަށެވެ.

ނަމާދު ގަނޑިއަށް ސަމާލުވުމަކީ ހަރުކަށި ފިކުރުގެ އަލާމާތެއްކަމަށް ބުނާ ޕްރެޒެންޓޭޝަނަށް އަމާޒުކޮށް ޝަހީމްވަނީ އިތުރު ޓްވީޓެއްވެސް ކުރައްވާފައިއެވެ. ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހި ތައުލީމީ ނިޒާމު އޮންނަން ޖެހެނީ އިސްލާމް ދީނަށް ލޯބި ޖެއްސުމުގެ މައްޗަށް ބިނާވެފައިއެވެ. އެހެންކަމުން ނަމާދު ގާއިމު ކުރުމަށް ބާރު އެޅުމަކީ، ދިވެހި ތައުލީމީ ނިޒާމުގެ ތެރޭގައި ޒަމާނުއްސުރެ ވާރުތަވަމުން އަންނަކަމެއް ކަމަށް އިޝާރާތް ކުރައްވާ، އެނާ ވިދާޅުވީ، ވަގުތައް ނަމާދު ގާއިމު ކުރުމަކީ، ހަރުކަށިކަމާއި ގުޅުމެއް ހުރި ކަމެއް ނޫން ކަމަށެވެ.

ޝަހީމް މިފަދައިން ވިދާޅުވެފައިވާއިރު، އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ އިސްފަރާތްތަކެއް މާތް ނަބިއްޔާއަށް ފުރައްސާރަ ކުރި މައްސަލައިގައި، ދިވެހި ޒުވާނުންވަނީ ސުލްހަވެރި ސައިކަލު ބުރެއް ރާވައި، އެކަމާއި ދެކޮޅަށް ނުރުހުން ފާޅުކޮށް އަޑުއުފުލާފައިއެވެ. މި ސައިކަލު ބުރުގައި އެކި އުމުރު ފުރައިގެ މީހުން ބައިވެރި ވެފައިވާއިރު، ރަސޫލާ ﷺ ގެ ދިފާއުގައި ބޭއްވި ސައިކަލު ބުރުގައި ބައިވެރިވި ޒުވާނުން ފާހަގަކޮށް ހަރުކަށި ފިކުރުގެ މީހުންގެ ލިސްޓަށް އިތުރުކުރުމުގެ މަސައްކަތް ދިވެހި ފުލުހުންގެ މުއައްސަސާއިން ކުރަމުންދާކަމަށްވަނީ ތުހުމަތު ކުރެވިފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: