ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލްތަކުގައި ގަޑިއަށް ނަމާދު ކުރުމާއި ހަރުކަށި ފިކުރާ ގުޅުވިކަން އެންގިފައެއް ނެތް: އައިޝަތު އަލީ

އެޑިއުކޭޝަން މިނިސްޓަރ ޑރ ޢައުޝަތު އަލީ މަޖިލީހުގެ ތަޅުމުގައި ސުވާލުތަކަށް ޖަވާބް ދެއްވަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގަޑިއަށް ނަމާދު ކުރުމަކީ ހަރުކަށި ފިކުރަށް ކުއްޖަކު ތަބާވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށް ދިވެހި ސަރުކާރުން ހިންގި ވޯކްޝޮޕެއްގައި ކިޔައިދިން ކަމަށް އެނގިވަޑައިނުގަންނަވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރ. އުނގޫފާރުގައި ކުރިއަށް ގެންދިޔަ ހަފްތާ ރެސް ޕްރޮގްރާމުގެ ދިވެހި ޝެޝަނެއްގައި ދަރިވަރުން ހަރުކަށި ފިކުރަށް ދާ ކަމުގެ އަލާމާތްތަކުގެ ގޮތުގައި ސްކޫލް ގަޑީގައި ނަމާދުކުރުން ހިމެނޭ ކަމަށް ބުނެ މައުލޫމާތު ދީފައިވާތީ އެކަމާއި ގުޚޭ ގޮތުން މަޖިލީހުގައި މިނިސްޓަރާއި ސުވާލު ކުރުމުން  ވިދާޅުވީ ރާއްޖޭގެ ގައުމީ މަންހަޖުގައިވެސް އެންމެ މައިގަނޑު އެއް އަސާސަކީ އިސްލާމްދީނުގެ ރިވެތި އުސޫލުތަކާއި އާދަތައް ދަރިވަރުންނަށް އުގަންނައިދިނުން ކަމުގައެވެ.

އަދު ކޮންމެ ސްކޫލެއްގައިވެސް ސްކޫލް ތެރޭގައި ދަރިވަރުންނަށް ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމުގައެވެ.

“ ސްކޫލް ތެރޭގައި ނަމާދުކުރުން އެއީ ހަރުކަށި ފިކުރު ކަމުގައި ނުބަލަން. އެއީ އިސްލާމް ދީނުގެ ރުކުނެއް. އެހެންވީމަ ނަމާދުކުރަން ސްކޫލްތަކުން އެންކަރޭޖް ކުރާނެ.“ ޑރ އައިޝަތު އަލީ

ފަހަކަށް އައިސް ސިޔާސީ ބޭނުމަށް ދީނީ މިނިވަން ކަމާއި ދީނީ ކާޑު ކުޅުން ރާއްޖޭގައި މިހާރު މިވަނީ ހައްދުފަހަނައަޅައިގޮސްފައި ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: