ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުކޫލު ކުދިން ހަރުކަށި ފިކުރަށް ގޮސްފައިވާކަމަށް ޕްރޮފައިލް ކުރަން ބަލާ ގޮތުގެ ލިސްޓެއް އާންމުވެއްޖެ

ސުކޫލު ކުދިން ހަރުކަށި ފިކުރު ކަމަށް ޕްރޮފައިލް ކުރަން ބަލާނެ ކަނަކަން އެކުލެވޭ ލިސްޓު: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، ސުކޫލު ކުދިން ހަރުކަށި ފިކުރަށް ގޮސްފައިވާކަމަށް ނުވަތަ ގޮސްދާނެކަމަށް، ޕްރޮފައިލް ކުރުމަށް ބޭނުންކުރާ ސިފަތައް ދައްކުވައިދޭ ފޮޓޯއެއް އާންމުންގެ ސަމާލުކަމަށް އައުމުން ޑިލީޓު ކޮށްފިއެވެ.

ހަރުކަށި ފިކުރުކަމަށް ސުކޫލު ކުދިން ޕްރޮފައިލްކޮށްފައިވާ ފޮޓޯއެއް އާންމުވެފައިވަނީ، ރ. އުނގޫފާރުގައި ކުރިއަށްގެންދިޔަ “ހަފްތާރެސް”ގައި އަމާން ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށް ތައުލީމީ ދާއިރާއާއެކު މި ޝިއާރުގެ ދަށުން ބޭއްވި ސެޝަނުގައިއެވެ. މި ސެޝަންގައި ކުދިން ހަރުކަށި ފިކުރާ ދިމާލަށް ދާކަން ދެނެގަންނާނެ ގޮތްތަކެއް ކިޔައިދީފައިވެއެވެ. އަދި ކުރީ ކޮޅުގައި ހަރުކަށި ވިސްނުމަށް ކުއްޖަކު ދާކަން ދެނެގަންނަ އަލާމާތްތައް ކަމަށް ފާހަގަކޮށް މި ސެޝަނަށް ތައްޔާރުކޮށްފައިވާ ލިސްޓެއް މެދުވެރިކޮށް އެ މައުލޫމާތު ސެޝަންގެ ބައިވެރިންނަށް ދީފައިވެއެވެ.

ރ. އުނގޫފާރުގައި ކުރިއަށްގެންދިޔަ “ހަފްތާރެސް” ސެޝަންގައި، ހަރުކަށި ވިސްނުމަށް ކުއްޖަކު ދާކަން ދެނެގަންނަ އަލާމާތްތައް ބަޔާންކޮށްފައިވާ ލިސްޓުގައިވާގޮތުން، ސުކޫލު ވަގުތުގައި ނަމާދުގެ ވަގުތަށް އިސްކަންދިނުމާއި، ފުރާވަރުގެ ކުދިން ތުނބުޅި ބެހެއްޓުމާއި، އެސެމްބްލީގެ ލަވާގައި މިއުޒިކު ހިމެނޭތީ ލަވަ ނުކިޔުން ފަދަ ކަންކަމަކީ، އެފަދަ އަލާމާތްތަކެކެވެ.

 

ރ އުނގޫފާރުގައި ހަރުކަށި ވިސްނުމަށް ކުއްޖަކު ދާކަން ދެނެގަންނަން ކިޔައިދިނުމަށް ބޭނުންކުރި ޕްރޮފައިލް ލިސްޓެއް ސޯޝަލް މީޑިއާގައި އާންމުވުމުން، ދިވެހި ރައްޔިތުންގެ ފަރާތުން އެކަމަށް އެތައް ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ކުރީގެ އިސްލާމިކް މިނިސްޓަރގެ މަގާމުގައި ހުންނެވި، ޑރ ޝަހީމް އަލީ ސައީދުވެސްވަނީ އެކަމަށް، އަމާޒުކޮށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައިއެވެ. ޝަހީމު ވިދާޅުވީ، ނަމާދު ވަގުތުގައި، އަޅުކަން ގާއުމު ކުރުމަކީ، ހަރުކަށިގަމުގެ އަލާމާތެއްކަމަށް ވިސްނައިދޭން މަސަައްކަތް ކުރުމަކީ، އެހެނިހެން ފިކުރުތައް ކުރިއަރުވައި، މުސްލިމުންގެ ހަޔާތުން، ދީން ދުރުކުރުމަށް ހިންގޭ ފިކުރީ ހަނގުރާމައިގެ އަލާމާތެއް ކަމަށެވެ. އަދި ވަގުތައް ނަމާދު ގާއިމު ކުރުމަކީ، ހަރުކަށިކަމާއި ގުޅުމެއް ހުރި ކަމެއް ނޫން ކަމަށްވެސް ޑރ ޝަހީމް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: