ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އަނެއްކާވެސް ކޮވިޑް19ގެ ކޭސްތައް ގިނަވަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑް19 ގެ ކޭސްތައް މަދުވެފައި އޮތުމަށްފަހު، އަނެއްކާވެސް ގިނަވަމުންދާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ދިވެހި ރާއްޖޭގައި ކޮވިޑް19 ގެ ކޭސްތައް އަނެއްކާވެސް އިތުރުވަމުންދާކަމަށް ފާހަގަކޮށް އެޗްޕީއޭއިން ނެރިފައިވާ ބަޔާނުގައި ބުނެފައިވާގޮތުން، ވޭތުވެދިޔަަ ހަފްތާތަކުގައި 142 ކޭސް ފެނިފައިވެއެވެ. މި އަދަދަކީ އޭގެ ކުރީ ހަފްތާއަށްވުރެ، 69 އިންސައްތަ އިތުރުވުމެއްކަމަށް އިޝާރާތްކޮށް އެޗްޕީއޭއިން ބުނެފައިވަނީ، ސާމްޕަލް ތަކުން ޕޮސިޓިވްވާ އަދަދުގެ އިތުރުން، އެނދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާކަމަށް ފާހަގަކުރެވިފައިވާކަމަށެވެ.

އެޗްޕީއޭއިން ބުނެފައިވާގޮތުން، ފާއިތުވެދިޔަ މޭމަހު، ކޮވިޑް19 ޖެހިގެން ދިވެހި ރާއްޖޭގައި އެޑްމިޓްކޮށްފައިވަނީ، ޖުމުލަކޮށް 15 މީހުން ކަމަށެވެ. ނަމަވެސް މި ޖޫން މަހުގެ ބާރަ ވަނަ ދުވަހާއި ހިސާބަށް 11 މީހުންނަށް އެޑްމިޓުކޮށްގެން ފަރުވާދޭން ޖެހިފައިވާކަމަށެވެ.

އެޗްޕީއޭއިންވަނީ ދިވެހި ރާއްޖޭގައި އަނެއްކާވެސް ކޮވިޑްގެ ބަލިމަޑުކަން ފެތުރި ނުދިނުމަށްޓަކައި ސަމާލުވާންވީ ކަންކަންވެސް މި ބަޔާނުގައި ބުނެފައިއެވެ.

– ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވީހާ އަވަހަކަށް އެހެން މީހުންނާ އެކަހެރިވެ، ޓެސްޓް ކުރުން.
– މާސްކް އެޅުން: ޚާއްސަކޮށް ބަލީގެ އަލާމާތްތައް ހުރި ފަރާތްތަކުން އަދި ބަލީގެ ސަބަބުން ނުރައްކާވެދާނެ ފަރާތްތަކާއި، އެފަދަ ފަރާތްތަކާއެކު ދިރިއުޅޭ ނުވަތަ އެފަދަ މީހުން ބަލަހައްޓާ މީހުންނާއި ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގައާއި އެތަންތަނަށް ޒިޔާރަތްކުރާއިރު.
– ކޮވިޑަށް ޕޮސިޓިވް ވެއްޖެ ނަމަ އެކަހެރިވުމާއި ކޮންޓެކްޓުންގެ މައުލޫމާތު ފޯރުކޮށްދިނުން.
– ވެކްސިންގެ ޑޯޒުތައް ފުރިހަމަ ނުވާ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުން.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ 12 އަހަރުން މަތީގެ ފަރާތްތަކަށް ވެކްސިންގެ ދެ ޑޯޒު ދިނުމަށާއި 18 އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން ދެޑޯޒު ފުރިހަމަ ކޮށް 6 މަސްވެފައިވާ ފަރާތްތަކަށް ބޫސްޓަރ ޖެހުމުގެ އިންތިޒާމުތައް މިހާރުވެސް ވާނީ ހަމަޖެހިފައިކަށެވެ. އަދި މާލެ ސަރަހައްދުގައި ވެކްސިން ޖަހާ ސެންޓަރުތަކާއި ގަޑިތައް ކޮވިޑް-19 ވެބްސައިޓްއިން ފެންނަން ހުންނާނެކަމަށްވެސް ފާހަގަކޮށް އެޗްޕީއޭއިން ބުނެފައިވަނީ، ދުނިޔޭގައި އަދިވެސް ޕެންޑެމިކްގެ ހާލަތު ދެމިއޮތުމާއެކު ބައެއް ޤައުމުތަކުގައި މިހާރުވެސް ކޮވިޑްގެ ހާލަތު ދަނީ ގޯސްވަމުންކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި އަދި ބަލީގެ ނުރައްކާ ބޮޑު ފަރާތްތައް ބަލިން ރައްކާތެރި ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް އިލްތިމާސްކުރާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: