ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރަށު މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބަލައި ނުގަތް

ކުރީގެ ރައީސް ޔާމިން - ---- ގޫގުލް އިމޭޖެސް
ޝެއާރކޮށްލާ ކަހަލަދޯ؟

އާރަށު މައްސަލައިގައި ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތާ ގުޅިގެން އެ މަނިކުފާނުގެ ފަރާއްފުޅުހުން ހައިކޯޓަށް ހުށައެޅިގެންދިއަ އިސްތިއުނާފު ބަލައިނުގަތުމަށް ނިންމައިފިއެވެ.

ވ އާރަށު މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ، އެ ރަށް ކުއްޔަށް ދިނުމަށް އެއް މިލިއަން ރުފިޔާ ރިޝްވަތުގެ ގޮތަށް ގަބޫލު ކުރުމާއި، އެ ފައިސާތައް ލޯންޑަރ ކުރެއްވި ކަމުގެ ތުހުމަތެވެ.

އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވި ކަމަށާއި، އެ ފައިސާތައް ލޯނޑަރ ކުރެއްވިކަމަށް ބުނެ، ކްރިމިނަލް ކޯޓުން، ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވާ ދައުވާތަކާއި ގުޅިގެން އެ މަނިކުފާނުގެ ފަރާތްފުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރީ، ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ބަލައި ނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމެވެ. ރައީސް ޔާމިންގެ ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމީ، އެކަމަށް ދީފައިވާ މުއްދަތު ހަމަވީ އިރުވެސް ހުށައެޅިފައި ނުވާތީއެވެ. އަދި ދައުލަތު ހެކިތައްވެސް އެ ސަބަބާއި ގުޅިގެން ކްރިމިނަލް ކޯޓުންވަނީ ބަލައިނުގަތެވެެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމިން ހުށައެޅި ހުށައެޅުންތައް، ބަލައި ނުގަތުމަށް ނިންމި ނިންމުން އިސްތިއުނާފުކުރުމަށް ރައީސް ޔާމިންގެ ފަރާތްފުޅުން ހުށައަޅާފައިވަނީ، މިދިޔަ ހަފުތާގައި ކަމަަށްވާއިރު، އެ މައްސަލަ ބަލައި ނުގަތުމަށް ހައި ކޯޓުން ނިންމާފައިވަނީ މިއަދުއެވެ.

އިސްތިއުނާފުގެ މައްސަލަ ހައިކޯޓުގައި އޮތްކަމަށްވުމުން، އާރަށުގެ މައްސަލައިގެ ޝަރީއަތްތައް މަޑުޖައްސާލުމަށް ރައީސް ޔާމިންގެ ފަރާތުން އެ މަނިކުފާނުގެ ވަކީލުން އެދިވަޑައިގެންނެވި ނަމަވެސް، ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، މަޑުޖައްސާލުމަށް ހައި ކޯޓުގެ އަމުރެއް ނެތި އެކަން ނުކުރެވޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: