ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޔަކަށް ބާރުތަކެއް ދިން ނަމަވެސް ދޭން ވާނީ ނާޖާއިޒު ބޭނުން ނުހިފޭހެން : އަފީފް

ވިލުފުށި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޔަކާއި ބާރުތަކެއް މަތިކޮށް އަތްމައްޗަށް ދޫކޮށްލި ނަމަވެސް ދޭންވާނީ އޭގެ ނާޖާއިރު ބޭނުން ނުހިފޭ ގޮތަށްކަމަށާއި މި ނޫން ގޮތަކަށް ދެވުމުން ކަންތައް ވާ ގޮތް އެބޭފުޅުންނަށް ފެނިއްޖެކަމަށް ވިލިފުށީ ދާއިރާގެ މެންބަރު ހުސެއިން އަފީފް ވިދާޅުވެއްޖެއެވެ.

އަފީފް މިފަދައިން ވިދާޅުވީ މިއަދުގެ މަޖިލީހަށް ދައުލަތުގެ މާލިއްޔާތު ގާނޫނަށް އިސްލާހު ގެނައުމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް ހުށައެޅުއްވި ބިލަށް ބަހުސް ކުރައްވަމުންނެވެ.

އަފީފް ވިދާޅުވީ މި އިސްލާހަށްޓަަކައި މިއަދުގެ މަޖިލީހަށް ހުށައެޅިފައިވާ ހުށައެޅުންތަކުގެ ތެރެއިން، ދިވެހި ރާއްޖޭގެ މާލިއްޔަތު ގާނޫނަށް މި ގެންނަ ހުށައަޅާފައި މިވާ އިސްލާހަކީ ފިނޭންސް މިނިސްޓާ އިބްރާހީމް އަމީރު ދައުލަތް ދަރުވާލަން ކުރާ މަސައްކަތެއްގެ ގޮތަށް ސިފަކުރެވޭކަމަށެވެ. އަދި އޮތް ގޮތަށް ދައުލަތް ދަރުވާލަން ބޭނުންވަނީނަމަ މި ބިލް ފާސްކުރަންވީކަމަށް އަފީފް ވިދާޅުވިއެވެ.

އަފީފް ފާހަގަ ކުރެއްވީ މިޙާރު ފިނޭންސް މިނިސްޓަރަަކަށް ހުންނެވި ބޭފުޅާއަކީ މީގެ ކުރީގައި ރައީސް ޔާމީންގެ ސަރުކާރުގައި އެމްޑީޕީގެ މާލިއްޔަތުކޮމިޓީގެ މުގައްރިރުކަމަށެވެ. އަދި އިއްޔެގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދެއްކެވީ އޭރު ދެއްކެވި ވާހަކަތަކާއި މުޅިން ހިލާފް ވާހަކަތަކެއްކަމަށް ވިދާޅުވިއެވެ.

އަފީފް ދެންނެވީ މަގާމު ލިބުނެއްކަމަކު ހަގީގަތް ބަދަލު ނުވާނެކަމަށާއި ދައުލަތުގެ މަސައްކަތްތަށް ގެންދަން ޖެހޭނީ އެހެނެއްކަމަކު އެއްގޮތަކަށްކަމުގައެވެ. އަދި ވިދާޅުވީ ވެރިކަމުގަ ތިބިއަސް ނުވަތަނެތްކަމުގައި ވީނަމަވެސް މިކަން އޮންނަ ޖެހޭނީ މިފަދައިންކަމަށެވެ.

އަފީފް މިފަދައިން ވާހަކަ ދައްކަވާފައި މިވަނީ މީގެ ކުރީގައި ފިނޭންސް މިނިސްޓާ އިބްރާހީމް އަމީރު ދައްކަވާފައި ހުރި ވާހަކަތަކާއި އިއްޔެގެ ކޮމިޓީގައި ދެއްކެވި އެބޭފުޅާ ދެއްކެވި ވާހަކަތަކާއި ދިމާ އިދިކޮޅުވީމައެވެ.

ލޯނުތަށް ނުދެއްކުމުގެ ސަބަބުން ރާއްޖެ ދަރަނިވެރިވެ ބަނގުރޫޓު ވެދާނެކަމުގެ އިންޒާރު ދުނިޔޭގެ އެންމެ އިސް އިންވެސްޓްމެންޓް ބޭންކްކަމަށްވާ ޖޭޕީ މޯގަންއިން ދީފައިޥާ މި ދަނޑިވަޅުގައި އަފީފްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ އޭނާ ދެކޭގޮތުގައި ދިވެހި ދައުލަތަށް އެއްވެސް ދަރަންޏެއް ރައްޔިތުންގެ މަޖިލީހުން ފާސްނުކޮށް ނެގިގެން ނުވާނެކަމަށެވެ. އަދި އެބޭފުޅުން އެތިބީ ރައްޔިތުންގެ ޓެކްސް ފައިސާ ހައްލުކުރާނެ ގޮތެއް ކަނޑައަޅާކަމަށާއި އެހެންކަމުން ރައްޔިތުންގެ އަތުން ޓެކްސް ނަގާ ވަޒީރު ބޭނުންވެލައްވާހާ ގޮތަކަށް އެފައިސާ ހަރަދު ކުރަން ދޫކޮށްނުލެވޭނެކަމަށް އަފީފް ވިދާޅުވިއެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާއި އެހެން ގައުމުތަކުގައިވެސް ރައްޔިތުންގެ މަޖިލީހުގެ ލަފާ އާއި ހުއްދަ ލިބިގެން ނޫނީ ލޯނުތައް ނުނަންގަވާކަމަށް ފާހަގަކުރައްވާ އަފީފް ވިދާޅުވީ ކުރަން ޖެހޭ ހަރަދުތައްވެސް ކުރަނީ ރައްޔިތުންގެ މަޖިލީހުން ނެރޭ ގާނޫނެއްގެ ގޮތަށް ފާސްކޮށްގެންކަމަށެވެ.

ދައުލަތުގެ މާލިއްޔާތު ގާނޫނަށް ހުށައެޅުނު އިސްލާހުގައިވާ ގޮތުންނަމަ ދައުލަތުގެ ދަރަނި ނަގަން ޖެހެނީ ބަޖެޓުގައި ކަނޑައަޅާފައި އޮންނަ ގޮތަކަށްކަމަށް އަފީފް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ބަޖެޓުގައި ކޮންމެ ގޮތަކަށްވެސް ކަނޑައެޅިދާނެކަމަށާއި އެގޮތުން ޖީޑީޕީއަށްވުރެ އެތައް ގުނައެއް މަތިންވެސް ކަނޑައެޅުމުގެ ފުރުސަތު އޮންނާނެކަމަށެވެ. ނަމަވެސް އެގޮތަށް އެއްބަސް ވެވެން ނެތްކަމަށް އަފީފް ވިދާޅުވިއެވެ.

ރަނގަޅު އޮގްތިސާދީ މަސައްކަތްތަށް ހިންގޭނީ ޖީޕީޑީގެ ނިސްބަތުން ރާއްޖެއަށް ނެގެން އޮތް އެންމެ މަތީ މިންވަރުކަމުގައިވާ 69 އިންސަތައަށް ނަގައިގެންކަމުގައި ފާހަގަކުރައްވާ އަފީފް ވިދާޅުވީ އެއަށްވުރެ މައްޗަށް ގޮސްފިނަމަ ރަނގަޅު އިގްތިސާދެއް ނުހިންގޭނެކަމަށެވެ. އަދި ދަރަނިވެރިވެގެން ދާނީ މިހެންކަމަށް ވިދާޅުވިއެވެ.

ދަރަނި ރިސްޓްރަކްޗާގެ ވާހަކަ ދައްކަވަނީ އެބޭފުޅުންނަށް އެތައް ބައިވަރު ފަރާތަކުން ދައުލަތް ގޮވައިގެން ކޯޓަށް ނުވަތަ ޓްރިބިއުނަލް ދާތަން ފެންނާތީކަމަށާއި އަދި މީގެތެރެއިން ކޮންމެ ފަހަރަކު ދައުލަތުން އެތައް ފައިސާއެއް ދައްކަންޖެހޭތީކަމަށް އަފީފް ފާހަގަކުރެއްވިއެވެ.

ބަޔަކަށް ބާރުތަކެއް ދިން ނަމަވެސް އެބާރުތަށް ދޭންވާނީ އޭގެ ބޭނުން ނާޖާއިޒު ގޮތުގައި ނުހިފޭ ގޮތަކަމަށް ވިދާޅުވިއެވެ. އަދި މިފަދައިން ބާރުތައް ދައުލަތް ނުވަތަ ސަރުކާރު ހިންގަން ތިބޭ ފަރާތްތަކުގެ އަތްމައްޗަށް ބާރުތައް ދޫކޮށްލުމުން ކަން ހިގާ ގޮތް އެބޭފުޅުންނަށް ފެންނަކަމުގައި ވިދާޅުވެ އަފީފް ފާހަގަކުރެއްވީ މިއަދުގެ ރާއްޖޭގެ ހާލަތް އޮތް ގޮތަށެވެ. ގައުމު ދަރަނިވެރިވެއްޖެކަމަށާއި އެތައް ދަރަންޏެއް ބޮލުގައި އެޅިއްޖެކަމުގައި ވިދާޅުވިއެވެ.

” މިކަންތައްތައް މިހެން ދޫ ކޮށްލާކަށް އަޅުގަނޑަކަށް ނުފެނޭ، މިހާރު މި އޮތް ގޮތަށް ފާސް ކޮށްފިއްޔާ އަޅުގަނޑުމެންނަށް އަނެއްކާވެސް ދެވޭނީ އެތައް ބައިވަރު ދަރަނިތަކެއް ބޮލުގައި އެޅެވިގެން، މިކަންތައް މިގޮތަށް ކުރުމުން ދަރަނިވެސް އޮންނަނީ ނަގާފަ ދައުލަތްވެސް ބެދިފަ، އެހެންވީކަ މިކަންތައް މިގޮތަކަށް ކުޜާަކަން އަޅުގަނޑު ތާއީދެއް ނުކުރަން، މިއީ މަޖިލީހުން ފާސް ކުރެވިގެން ވާން ޖެހޭނެ ކަންތަައްތައް”

އިސްލާހުގައި އޮތީ ވަޒީރު ބޭނުންވާހާ ގޮތަކަށް ސޮވަރެއިން ގެރެންޓީ ދޫކުރުމަށްކަމަށާއި ވަޒީރު ބޭނުންވާ ކަންތައްތައް ކުރުމަށްފަހު 5 އަހަރުގެ ދައުރު ނިންމަވާ ވަޑައިގަތުމުން އޭގެ ތަކުލީފު އުފުލަން ޖެހެނީ ރައްޔިތުންކަމަށް އަފީފް ދޭހަކޮށްދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: