ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ރޭހުގައި، މާރިޔާގެ ތާއީދު ރައީސް ސާލިޙްއަށް!

އެމްއެންޑީއެފްއިން ބޭއްވި ހަފްލާއެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި އެމްއެންޑީއެފްގެ އިސް ފަރާތްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

2023ގެ ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގަތުމަށް ރައިސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމި ނިންމުމަށް ފުރިހަމައަށް ތާއީދު ކުރައްވާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ރިޔާސީ އިންތިހާބުގައި ބައިވެރިވެލައްވާނެކަމަށް ނިންމާފައިވާ ނިންމުމަށް އަލިއަޅުވާލައި ޓްވީޓެއް ކުރައްވައި މާރިޔާ ވިދާޅުވީ، އެ ކަމަނާއަށްވަނީ، ރައީސް ސޯލިހުއާއި އެކުގައި މަސައްކަތްތަކެއް ކުރެއްވިފައިކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ތެރެއިން ރައީސް ސޯލިހަކީ، ކެތްތެރި، އޯގާތެރި ޓީމު ލީޑަރެއްގެ ގޮތަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެ މަނިކުފާނަކީ، ކަންކަން ދަސްކޮށް، އަޑުއެއްސަވާ ފުޅާވިސްނުމެއް ގެންގުޅުއްވާ ބޭފުޅެއްކަމަށް އިޝާރާތް ކުރައްވާ މާރިޔާ ވިދާޅުވީ ރައީސް ސޯލިހު 2023 ގައި ރިޔާސީ ރޭހުގައި ބައިވެރިވެލެއްވުމަށް ފުރިހަމައަށް ތާއީދު ކުރައްވާކަމަށެވެ.

ރައީސް ސޯލިހުގެ ރިޔާސީ ކެނޑިޑެސީއަށް ފުރިހަމައަށް ތާއީދު ކުރައްވާކަމަށް މާރިޔާ ވިދާޅުވެފައިވާއިރު، އެ މަނިކުފާނުވަނީ ނޫސްވެރިންނާއި ބައްދަލުކުރައްވާ، ރިޔާސީ ކެންޑިޑެސީ އިއުލާނުކުރައްވާފައިއެވެ. ރައީސް ސޯލިހުގެ ނިންމަމަށް ރައީސް ނަޝީދު ފާޑުވިދާޅުވެފައިވާއިރު، އެ މަނިކުފާނުވަނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމާއި ބައްދަލު ކުރެއްވުމަށް މާމިގިއްޔަށް ވަޑައިގެންފައިކަންވެސް ފާހަގަކޮށްލެވެއެވެ. ރައީސް ސޯލިހު ގާސިމް އިބްރާހިމް އާއި ބައްދަލު ކުރެއްވުމުން ފާޑުވިދާޅުވެ ރައީސް ނަޝީދު ފާހަގަކުރެއްވީ، ރައީސް ސޯލިހު ރިޔާސީ އުންމީދުތައް ބަރޯސާވެފައިވަނީ، ޖޭޕީގެ ނިންމުމަށް ކަމަށެވެ. އަދި ޖޭޕީއިން ގޮތެއް ނިންމާފައިވާތަން ނުފެންނަކަމަށްވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: