ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޮވްރިން ޑިވެލޮޕްމެންޓް ފަންޑް ސަރުކާރު ބަދަލުވީމަ ބަދަލުވާ އެއްޗަަކަށް ވެގެން ނުވާނެ: އިލްޔާސް

މެމްބަރު އިލްޔާސް ލަބީބް
ޝެއާރކޮށްލާ ކަހަލަދޯ؟

ސޮވްރިން ޑިވެލޮޕްމެންޓް ފަންޑު ވާން ޖެހޭނީ ޕްރޮފެޝަނަލް އެއްޗަކަށްކަމަށާއި މިއީ ސަރުކާރު ބަދަލުވީމައި ބަދަލު ވާ އެއްޗަކަށް ވެގެން ނުވާނެކަމުގައި ހުޅުދޫ ދާއިރާގެ މަޖިލީސް މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހަށް ހުށައެޅިފައިވާ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމަށް ހުށައެޅިފައިވާ ބިލަށް ވާހަކަދައްކަވަމުން އިލްޔާސް ފާހަގަކުރެއްވީ މި ބިލަކީ ދައުލަތުގެ މާލިއްޔަތު ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ހުށައެޅިފައިވާ ބިލެއްކަމަށެވެ. ނަމަވެސް މީގެ ތެރެއިން ބައެއް އިސްލާހުތަކަށް އޭނާއަށް ތާއިދު ނުކުރެވޭކަމަށް ވިދާޅުވިއެވެ.

މިކަމުގެ ސަބަބެއްކަމުގައި ފާހަގަކުރެއްވީ މި ގާނޫނުގައި ބުނާ ސޮވްރިން ޑިވެލޮޕްމެންޓް ފަންޑެއް އެކުލަވާލާ ހަރުދަނާ ކުރުމަށްޓަކައި އެކަމަށް ބޯޑެއް ހަދާ މި ބޯޑުގެ ޗެއާއަކަށް މިނިސްޓާގެ ލަފަޔާއިއެކު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އައްޔަންކުރެއްވުމެވެ.

މި ފަންޑަކީ މޯލްޑިވްސް މިނިތަރީ އޮތޯރިތީ (އެމްއެމްއޭ) ގެ ބެލުމުގެ ދަށުގައި އިންނަ ފަނޑެއްކަމަށާއި އެ ފަންޑުން އިންޓަނޭޝަނަލް މާކެޓްގައި އިންވެސްޓް ކުރާނެ ގޮތާއި އަދި ދައުލަތަށް އެންމެ ފައިދާ ވާނެ ގޮތް ބަލައި އިންޓަނޭޝަނަލް މާކެޓް ސްޓަޑީކޮށް އަންނާނެ ޝޮކްތައް އޮބްޒޯވް ކުރެވޭނެ ގޮތް އެންމެ ރަނގަޅަށް ދަންނާނީ އެމްއެމްއޭކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އެ ބޯޑު އުފައްދަން ޖެހޭނީ އެމްއެމްއޭގެ ގަވަރުނަރު ނުވަތަ އެބޭފުޅާގެ ލަފާގެ ދަށުންކަމުގައި އިލްޔާސް ވިދާޅުވިއެެވެ. އަދި އެއީ ސިޔާސީ ގޮތުން ހުންނަވާ ބޭފުޅެއްގެ ލަފާގެ މަތިން އައްޔަން ކުރާ ބޯޑަކަންވުރެ މިކަންތައް ޕްރޮފެޝަނަލް ވާން ޖެހޭނެކަމަށާއި މިއީ ސަރުކާރު ބަދަލު ވެގެން ބަދަލުވާ އެއްޗަކަށް ވެގެން ނުވާނެކަމަށް އިލްޔާސް ވިދާޅުވިއެވެ.

ހަރުދަނާ ގޮތެއްގައި މުޅި ދައުލަތަށް ފައިދާ ވާނެ ބޯޑެއްކަމުގައި ވާން ޖެހޭނެކަމަށާއި އެހެންކަމުން އޭނާ ގަބޫލު ކުރައްވާ ގޮތުގައި މި ބޯޑު އެކުލަވާލުން މުހިންމުކަމުގައި ގަބޫލު ކުރައްވަންކަމަށް ވިދަޅުވިއެވެ.

މިސާލު ދެއްކެވުމަށް އޭނާ އިޝާރާތް ކުރެއްވީ މިހާރު ހެދިފައިވާ ސޮވްރިން ޑިވެލޮޕްމެންޓް ފަންޑަށެވެ. މި ފަންޑަށް ފައިސާ ލިބެެނީ ޔޫއެސް ޑޮލަރުންކަމަށާއި އަދި މިހާރު ސަރުކާރުން ޑޮލަރު ބޭނުންވުމުން ހަދާ ގޮތަކީ އެ ފަންޑުގައި ހުންނަ ޑޮލަރު ނަގާ ރިޒާވްއަށް ލުމަށްފަހު އޭގެ ބަދަލުގައި ފަންޑަށް ދިވެހި ރުފިޔާ ލުންކަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި އެއީ ސިޠާސީ ގޮތުން އެކަންތައް ކުރަން ބޭނުންވާތީކަމަށާއި އެއިރަކު ސިޔާސީ ގޮތުން މާލީ ވަޒީރުކަމުގައި ހުންނަވާ ފަރާތަކަށް އެ އޮޕަރޭޓް ކުރުމަށް ފަސޭހަވާނެ ގޮތަށް އެކަން ކުރާ ކަމުގައި އިލްޔާސް ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް މާދަމާ އިންފްލޭޝަނެއް އައިސްގެން ޑްލަރުގެ އަގު ވެއްޓިގެން ހިގައްޖެ ހާލަތެއްގައި ސޮވްރިން ޑިވެލޮޕްމެންޓް ފަންޑުގައި މިއަދު އިން ދެ ބިލިއަން ރުފިޔާ އެއްވެސް އެއްޗަކަށް ނުވާނެކަމުގައި ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: