ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަނަދޫ ހޮސްޕިޓަލްގެ މަސައްކަތް މިމަހު ބީލަމަށް ލާނެ: ނަސީމް

ހެލްތް މިނިސްޓަރ އަހުމަދު ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

މަނަދޫ ހޮސްޕިޓަލްގެ މަސައްކަތް މިމަހު ބީލަމަށް ލާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫން މަނަދޫ ހޮސްޕިޓަލާ ގުޅޭގޮތުން ކުރެއްވި ސުވާލުގެ ޖަވާބުގައި ނަސީމް ވިދާޅުވީ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2020 ވަނަ އަހަރު ޓެންޑާ ކުރެއްވި ކަމަށެވެ.

ނަމަވެސް އެކަން ކުރުމަށް ހުށައަޅާފައިވާ އަގުތައް ބޮޑުވުމުން މަސައްކަތް ކުރިއަށް ގެންދެވިފައިނުވާ ކަމުގައި ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ  އެ މަޝްރޫއަށް ބޭނުންވާ ފައިސާ ބޭންކް އޮފް މޯލްޑިވްސްގެ ފައިނޭންސްގެ ދަށުން މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި ޖޫން މަސް ނިމުމުގެ ކުރިން މަނަދޫ ހޮސްޕިޓަލްގެ މަސައްކަތް ބިޑަށް ލުމަށް ފިނޭންސް މިނިސްޓްރީ އަށް ފޮނުވާނެ ކަމުގައި ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން މަނަދޫ ހޮސްޕިޓަލްގެ ޖާގައިގެ ދަތިކަމަށް ހައްލު ކުރުމުގެ ގޮތުން ހޮސްޕިޓަލުގައި ހަ އޯޕީޑީ ރޫމާއި ލެބޯޓްރީގެ މަސައްކަތް ކުރުމަށް 2020 ގައި އިއުލާން ކޮށް ކޮންޓްރެކްޓަރަކާއި ހަވާލު ކުރެވުނު ކަމަށާއި އެ މަސައްކަތް ނިމިފައިވާ ކަމުގައި ނަސީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: