ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ޕީޖީ މުއިއްޒު ބުނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ ސަބަބެއް ނުފެންނަކަމަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ދިނުމަށް ފެނިވަޑައިނުގަންނަވާ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހުގެ ރިޔާސީ ކެނޑިޑެސީއަށް ތާއީދު ކުރައްވާކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓެއް ޝެއަރ ކުރައްވާ އެއަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ، ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ދޭން އެނާއަށް ނުފެންނަކަމަށެވެ.

Ahmed Muizzu on Twitter: “Verikamuge dhevana dhaureh dheykah nufene.” / Twitter

މީގެ އިތުރުންވެސް ކުރީގެ ޕީޖީގެ މަގާމު ފުރުއްވާފައިވާ އަހުމަދު މުއިއްޒުވަނީ ރައީސް ސޯލިހަށް އަމާޒު ކުރައްވާ ޓްވީޓެއް ކުރައްވާފައިއެވެ. މުއިއްޒު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ދޭން ޖެހޭ ސަބެބެއް އެނާއަށް ނުފެންނަކަމަށެވެ.

Ahmed Muizzu on Twitter: “Nufene dheyn jehey sababeh.” / Twitter

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދާދި ފަހުން ނޫސްވެރިންނާއި ބައްދަލުކުރައްވާ އެ މަނިކުފާނު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބައިވެރިވެލައްވާނެ ކަމަށް އިއުލާނު ކުރެއްވިއެވެ. ރައީސް ސޯލިހުގެ މި ނިންމުމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީވަނީ ތާއީދު ކުރައްވާފައިއެވެ. އަދި ރައީސް ސޯލިހަށް ތައުރީފް ކުރައްވައި ކުރިއަށް އޮތް އިންތިހާބުގައި އެ މަނިކުފާނަށް ތާއީދުކޮށް އެއްބާރުލުން ދެއްވާނެކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

ރައީސް ސޯލިހަށް އަމާޒުކޮށް، ވެރިކަމުގެ ދެވަނަ ދައުރެއް ދޭން ފެނިވަޑައިނުގަންނަކަމަށް ކުރީގެ ޕީޖީ މުއިއްޒު ވިދާޅުވެފައިވާއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސްވަނީ ރައީސް ސޯލިހުގެ ނިންމުމަށް ފާޑު ވިދާޅުވެފައިއެވެ. ރައީސް ނަޝީދު ވިދާޅުވީ، މިގުތަކީ އަންމިލައް އުންމީދު އިސްކޮށް ވެރިކަމަށް ފައި ނަގަންވީ ދަނޑިވަޅު ނުންކަމަށެވެ. އަދި ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށަށް ގޮސްފައިވާކަމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، މި ވަގުތަކީ، ދިވެހި ރައްޖެއާއި ރައްޔިތުންގެ މަސްލަހަތަށް ވިސްނައި މަސައްކަތް ކުރަންވީ ވަގުތުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: